ޅޮހި އިންޓަހައުސް ފުޓްބޯޅަ މުބާރާތް: ސީނިއަ ބައިން ހިލާލީ އަދި ޖޫނިއަ ބައިން ގާޒީ ހައުސް ޗެމްޕިއަންކަން ހޯދައިފި

ނ. ޅޮހި ސްކޫލްގެ އިންޓަހައުސް މުބާރާތްތަކުގެ ސީނިއަބައިން ހިލާލީ އަދި ޖޫނިއަ ބައިން ގާޒީ ހައުސް ޗެމްޕިއަންކަން އިއްޔެ ހޯދައިފި އެވެ. އެންޑީ އަށް މައުލޫމާތު ދެމުން އެރަށު ސްކޫލުން ބުނީ ސްކޫލްގެ 25 ވަނަ އިންޓަހައުސް ފުޓްބޯޅަ މުބާރާތުގައި ސީނިއަ ބައިގައި ހިލާލީ ހައުސް ގާޒީ ހައުސްއާ ބައްދަލުކޮށް، ޗެމްޕިއަންކަން ހޯދާފައި ވަނީ 4 ލަނޑު އެއް ލަނޑުގެ ނަތިޖާ އަކުން މޮޅުވެގެން ކަމަށެވެ. މި މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ ހިލާލީ ހައުސްގެ އަބްދުލާ ރިމާހު އެވެ. ސީނިއަބައިގެ އެންމެ ގިނަ ގޯލް ޖަހާ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ވެސް ހޮވިފައި ވަނީ އަބްދުލް ރިމާހު އެވެ.

ސްކޫލްގެ 25 ވަނަ އިންޓަހައުސް ފުޓްބޯޅަ މުބާރާތުގައި ޖޫނިއަ ބައިގައި ގާޒީ ހައުސް އަދި ހިލާލީ ހައުސް ބައްދަލުކުރި މެޗުން މޮޅުވެ، ޗެމްޕިއަންކަން ނަގާފައި ވަނީ ގާޒީ ހައުސް އެވެ. ވާދަވެރި ކުޅުމެއް ފެނުން މި މެޗުން ގާޒީ ހަައުސް މޮޅުވެފައި ވަނީ 1 އިން 0 އެވެ.

ޖޫނިއަ ބައިގައި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މަގާމު ލިބިފައި ވަނީ ހަސަން ނަދީހު އަށެވެ. ސްކޫލްގެ 25 ވަނަ އިންޓަހައުސް ފުޓްބޯޅަ މުބާރާތް އިއްޔެ ނިމުންއިރު، ނެޓްބޯޅަ މުބާރާތުގެ ދެބައިގެ ފައިނަލް މެޗުތައް މާދަމަ އަށް ވަނީ ތާވަލު ކޮށްފަ އެވެ.

ކިޔުންތެރިންގެ ކޮމެންޓް

މި ލިޔުމަށް ކޮމެންޓްކުރަށްވާ