ޅޮހި ސްކޫލްގެ އިންޓަހައުސް މުބާރާތްތަކުގެ ފައިނަލް މެޗުތައް ހުކުރު ދުވަށް ތާވަލު ކޮށްފި

ނ. ޅޮހި ސްކޫލްގެ އިންޓަހައުސް މުބާރާތްތަކުގެ ފައިނަލް މެޗުތައް އަންނަ ހުކުރު ދުވަހަށް އެ ރަށު ސްކޫލުން ތާވަލު ކޮށްފި އެވެ.

އެންޑީ އަށް މައުލޫމާތު ދެމުން އެރަށު ސްކޫލުން ބުނީ ސްކޫލްގެ 25 ވަނަ އިންޓަހައުސް ފުޓްބޯޅަ އާއި ތިންވަނަ ނެޓްބޯޅަ މުބާރާތް ފެއްޓީ މިދިޔަ އާދިއްތަ ދުވަހު ކަމަށެވެ. އަދި މިމުބާރާތުގެ މަގުސަދަކީ ދަރިވަރުންގެ މެދުގައި ކުޅިވަރު ލޯބި ޖެއްސުން ކަމަށް ވެސް އެރަށު ސްކޫލުން މައުލޫމާތުދެ އެވެ. މި މުބާރާތުގައި ކުދިން ނަގާފައި ވަނީ ތިން ބަޔަަށް ބަހާލައިގެންނެވެ. އެއީ ހިލާލީ ހައުސް، ގާޒީ ހައުސް އަދި ހުރަވީ ހައުސް އެވެ.

އިންޓަހައުސް ފުޓްބޯޅަ އަދި ނެޓްބޯޅަގެ ފައިނަލުން ޖާގަ ފުރަތަމަ ކަށަވަރުކޮށްފައި ވަނީ ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ، ހިލާލީ ހައުސް އެވެ. އިންޓަހައުސް ފުޓްބޯޅަ ޖޫނިއަ އަދި ސީނިއާގައި ވެސް ދެވަނަ ޖާގަ ކަށަވަރުކޮށްފައި ވަނީ ގާޒީ ހައުސް އެވެ. ގާޒީ ހައުސް އަށް ދެވަނަ ޖާގަ ލިބުނީ އެއްމެޗުން ބަލިވެ، އެއްމެޗުން މޮޅުވެގެންނެވެ.

ނެޓްބޯޅައިގެ ޖޫނިއަ އަދި ސީނިއާގައި ވެސް ފައިނަލަށް ދަތުރުކޮށްފައި ވަނީ ހިލާލީ ހައުސް އަދި ގާޒީ ހައުސް އެވެ. މި ދެ ޓީމް ބައްދަލުކުރާ ފައިނަލް މެޗު އޮންނާނީ އަންނަ ހުކުރު ދުވަހު ހެނދުނު އެވެ. ފުޓްބޯޅަ ޖޫނިއާ އަދި ސީނިއަބައިގެ ފައިނަލް މެޗުތައް ތާވަލްކޮށްފައި ވަނީ ހުކުރު ދުވަހު ހަވީރަށެވެ.

ކިޔުންތެރިންގެ ކޮމެންޓް

މި ލިޔުމަށް ކޮމެންޓްކުރަށްވާ