ފޮއްދޫ، ހެނބަދޫ އަދި މަގޫދޫގައި ފުޓްސަލް ދަނޑު އަޅަން ނިންމައިފި

ނ. އަތޮޅު ފޮއްދޫ، ހެނބަދޫ އަދި މަގޫދޫގައި ފުޓްސަލްދަނޑު އަޅަން ނިންމާފައިވާ ކަމަށް ސަރުކާރުން އިއުލާން ކޮށްފި އެވެ.

ޗައިނާ ސަރުކާރުން ދިން އެހީއެއްގެ ދަށުން 21 ރަށެއްގައި ޓާފް ފުޓްސަލް ދަނޑު އަޅަން ސްޕޯޓްސް މިނިސްޓްރީން އިއުލާންކުރިއިރު، ނ. އަތޮޅުން އެ ލިސްޓްގައި ހިމެނެނީ ފޮއްދޫ އާއި ހެނބަދޫ އަދި މަގޫދޫ އެވެ. މިނިސްޓްރީން  ބުނީ އަމަލީ މަސައްކަތްތައް ވަރަށް އަވަހަށް ފަށާނެ ކަމަށެވެ. ފޮއްދޫގައި ފުޓްސަލް ދަނޑެއް އަޅައި ދެއްވާނެ ކަމަށް ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފް ވަނީ އެރަށަށް މިހަފްތާ ވަޑައިގަންނަވާ ވައުދުވެ ވަޑައިގަންނަވާފަ އެވެ.

މިނިސްޓްރީން ބުނީ ދަނޑު އަޅަން ޓާފާއި އެނޫން ސާމާނުތައް ޗައިނާ ސަރުކާރުން މިހާރު ދީފައިވާ ކަމަށެވެ. އަދި އެތަކެތި ހަރުކުރުމުގެ މަސައްކަތް ކުރަނީ ސަރުކާރުން ކަމަށް ވެސް ޔޫތު މިނިސްޓްރީން މައުލޫމާތުދެ އެވެ.

އަލަށް ފުޓްސަލްދަނޑު އަޅަން ނިންމާފައިވާ އިތުރު ރަށްރަށަކީ ހދ. ފިނޭ، ހދ. ހިރިމަރަދޫ، ށ. ނޫމަރރ. އަނގޮޅިތީމު، ރ. ފައިނު، ބ. ދޮންފަނު، ބ. ކިހާދޫ، ބ. ފުޅަދޫ، ބ. ފެހެންދޫ، އދ. މަންދޫ، މ. ރަތްމަންދޫ، މ. ވޭވަށް، ތ. ބުރުނި، ތ. ވަންދޫ، ލ. މުންޑޫ، ވ. ތިނަދޫ، ދ. ރިނބުދޫ  އެވެ.

ކިޔުންތެރިންގެ ކޮމެންޓް

މި ލިޔުމަށް ކޮމެންޓްކުރަށްވާ