ވެލިދޫ ފުޓްބޯޅަ ދަނޑު ސްޓޭޑިއަމްއަކަށް ބަދަލުކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނަން: މިނިސްޓަރު

ނ. ވެލިދޫ ރަސްމީ ފުޓްބޯޅަ ދަނޑު ސްޓޭޑިއަމްްއަކަށް ބަދަަލު ކުރުމުގެ އަމަލީ މަސައްކަތް ވަރަށް އަވަހަށް ފައްޓަވައި ދެއްވާނެ ކަމަށް ޒުވާނުންގެ މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެ އެވެ.

ވެލިދޫ ދާއިރާ އަށް މިނިސްޓަރު ކުރެއްވި ދަތުރުފުޅުގައި ވެލިދޫ ސްޕޯޓްސް ކައުންސިލާ ބައްދަލު ކުރައްވާ ފުޓްބޯޅަ ދަނޑު ހެދުމުގެ މަސައްކަތާ ބެހޭ ގޮތުން ވަނީ މަޝްވަރާ ކުރައްވާފަ އެވެ. އަދި ޔޫތް ސެންޓަރު ޖިމްގައި އެރޮބިކް ކުލާސްތަކާއި ފެއްޓުމަށާއި މަލްޓިޕާޕަސް ކޯޓެއް އެޅުމަށް ބޭނުންވާ ހުއްދަތައް އަވަސްކުރުމާ ބެހޭ ގޮތުން ވެސް މަހުލޫފް ވަނީ ސްޕޯޓްސް ކައުންސިލާ މަޝްވަރާ ކުރައްވާފަ އެވެ.

ވެލިދޫގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ވެލިދޫ ޒުވާނުންނާއެކު ފުޓްސަލް ދަނޑަށްދިޔައީ އެތަނުގައި އޮންނާނީ ޓާފް އަޅާފައިކަމުގެ އުންމީދުގައި ކަމަށެވެ. ނަމަވެސް އެތަނުގައި އަޅާފައި އޮތީ ކާޕެޓެއް ކަމަށާއި އެއީ ވެލިދޫގައި އޮންނަން ޖެހޭނެ ގޮތް ނޫން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި ވެލިދޫ ރަސްމީ ދަނޑުގައި ވެސް ޓާފް ވެސް އެޅޭނެ ކަމަށް މަަހުލޫފް ވިދާޅުވި އެވެ.

ކިޔުންތެރިންގެ ކޮމެންޓް

މި ލިޔުމަށް ކޮމެންޓްކުރަށްވާ