ވަކި ބަޔަކަށް ބެލުމެއްނެތި މި ސަރުކާރުން ހުރިހާ ރަށަކަށް ތަރައްގީ ގެންނާނަން: ނައިބު ރައީސް

ވަކި ބަޔަކަށް، އުމުރުފުރައަކަށް ބެލުމެއް ނެތި ހުރިހާ ރައްޔިތުންނާއި ރަށްތަކަށް މި ސަރުކާރުން ތަރައްގީ ގެންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.

ވެލިދޫ ދާއިރާގެ ރަށްތަކަށް ދަތުރުކުރައްވާ ނައިބު ރައީސް ނ. ފޮއްދޫގައި ވާހަކަދައްކަވަމުން އިއްޔެ ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ރައްޔިތުންނާ ވީހާ ވެސް ގާތުން މަސައްކަތް ކުރުން ކަމަށެވެ. އަދި މަޖިލީހަށް މީހުން ހޮވުމުގައި ނަޒާހަތްތެރި ކެނޑިޑޭޓުން ހޮވަންޖެހޭ ކަމަށް ވެސް ނައިބު ރައީސް ވިދާޅުވި އެވެ.

ނައިބު ރައީސް ފައިސަލް ނަސީމު ފޮއްދޫ އަށް ވަޑައިގަތުމުން އެރަށުން ވަނީ އެމަނިކުފާނަށް ހޫނު މަރުހަބާއެއް ކިޔާފަ އެވެ. އެމަނިކުފާނު ވަނީ ފޮއްދޫ ކައުންސިލާއި، ސްކޫލްގެ އިތުރުން ހެލްތްސެންޓަރުގެ ފަރާތްތަކާ ބައްދަލު ކުރައްވާ އެމީހުންގެ ކަންބޮޑުވުންތައް އައްސަވާފަ އެވެ.

ކިޔުންތެރިންގެ ކޮމެންޓް

މި ލިޔުމަށް ކޮމެންޓްކުރަށްވާ

TEST