ޅޮހީ ސްކޫލްގައި ތީމެޓިކު އެންޑު ޕުރޮޖެކްޓް  ބޭސްޑު ލާނިންގ ފެށުން

މުޅި ކިޔަވައިދިނުމުގައި ދަރިވަރުންގެ ހިއްސާބޮޑުކޮށް ބައިވެރިކުރުވާ ދަރިވަރުންނަށް ހަގީގީ ދިރިއުޅުމާ ފިލާވަޅާ ގުޅުވައިގެން އެކަންތައް ތަޖުރިބާ ކުރުވާ ހޯދުންތައްހޯދުވާ ކުއްޖާއަށް ގޮންޖެހުންތަކާ ކުރިމަތިކުރުވާ އެގޮންޖެހުންތަކުން ހައްލު ހޯދާނެގޮތް މިހާރަށް ވުރެ ބޮޑަށް އެގިގެންދާނެއެވެ. ކުއްޖާގެ ގައިގައިގާ ހުށައެޅުމާއި އުފެއްދުންތެރިކަމާ އާކަންތައް ތަޖުރިބާކުރުމުގެ ރޫހު އާލާކުރެވިގެންދާނެއެވެ. ހަގީގަތުގައި މީ ކުދިންގެ ބައިވެރިވުމާއި އަދި ކުދިންނަށް ސުވާލުކުރުމުގެ ފުރުސަތު އެންމެ ބޮޑަށް ތަނަވަސްވެގެންދާނެ އެއްގޮތެވެ. ކުރުގޮތަކަށް ބުނާކަމުގައި ވާނަމަ މީ އަމަލީ ތަޖުރިބާތަކުން ދަސްކުރުމަށް ކޮށާދެވޭ މަގެކެވެ.

 

މިހިނގާ 21 ވަނަ ގަރުނަށް ލޯހުޅުވިފައިވާ  ކުދިން އެއްގޮތަކަށްވެސް ފޮތުގައި އޮންނަ ކުޑަމިންވަރުން  އަދި މުދައްރިސް ކިޔާލަދޭ ކުޑަކުޑަ މައުލޫމާތު ކޮޅަކުން ފުއްދާލައިގެން ތިބޭކަށް ބޭނުމެއްނުވެއެވެ.  އެކުދިންބޭނުންވަނީ އެކުދިންގެ އަމިއްލަ އުފެއްދުންތަކެވެ. އަމިއްލަ ތަޖުރިބާތަކެވެ. މައްސަލަތައް އަމިއްލަޔަށް ހައްލުކުރުމަށެވެ. އާފުރުސަތުތަކެވެ. ވީމާ ތައުލީމީ ނިޒާމް މިގޮތަށް ބައްޓަންވާންޖެހެއެވެ. ކިޔަވައިދިނުމަށް ބަދަލްތަކެއް ގެންނަންޖެހެއެވެ. އަބަދު އެއްގޮތަކަށް ކުދިންކުލާސް ރޫމުތެރޭގައި ބައިތިއްބައިގެން ކިޔައިވައިދިނުމުގެ އެހީ އެއްގެ ގޮތުގައި ބޯޑާ ޗޯކު ބޭނުންކޮށްގެން ކިޔަވއިދިނުމުގެ އުސޫލު ބަދަލްކުރަންޖެއެވެ. ކުއްޖާ ކުލާސްރޫމުގެ ހަތަރުފާރުގެ ބޭރަށް ނެރެންޖެހެއެވެ. ކުލާސްރޫމުގައިވެސް ބިނާކުރަނިވި ކަންތައްތަކެއް ކުއްޖާލައްވާ ކުރުވަންއެބަޖެހެއެވެ.

 

ވީމާ ޅޮހީ ސުކޫލު  މި މިސްރާބުޖެހީ މި ބަދަލަށެވެ.  މިސުކޫލަކީ އަބަދުވެސް   ކުދިންނަށް އެންމެފައިދާ ބޮޑީ ކޮންގޮތެއްތޯ ބަލާ އެގޮތަކަށް ކިޔަވައިދިނުމަށް އިސްކަންދޭ ސުކޫލެކެވެ.  މިގޮތުން ސުކޫލުގެ މެނޭޖުމަންޓުން އަބަދުވެސް ވިސްނަނީ ކިޔަވައިދޭ އެއްޗެއް ކުދިންނަށް އެންމެ ފައިދާވާނެ ގޮތަކަށް ކިވައިދޭނެ ގޮތެއް ހޯދުމެވެ. އަދި މިކަމައްޓަކާ ތަފާތު ރައްރަށުގެ ކިޔަވައިދިނުންބަލާ ދިރާސާކުރުންތައް އބަދުވެސް  ކުރިޔަށް ގެންދެވެއެވެ.

މިބަދަލަކީވެސްމިގޮތުން ގެނެވުނުބަދަލެކެވެ.  ހަމަ މިގޮތަށް މިކަން އެންމެ ރަގަޅަށް ކުރަމުންދާ ރަށަކަށް  ސުކޫލުގެ އިސްވެރިންނާ ޓީޗަރުން ޒިޔާރަތް ކުރުމަށްފަހު ގެނެވުނު ވަރަށް މުހިއްމު ބަދަލެކެވެ.  އަދި ޓީޗަރުން ވަރަށް ރަގަޅަށް ތައްޔާރުވެ މީގެ ސަބަބުން ކުދިންނަށް ވާނެ ފައިދާތައް އެގިތިބެ ގެނެވުނު ބަދަލެކެވެ. ބެލެނިވެރިންނަށް ފުރިހަމަ މައުލޫމާތުދެވި މުޅިސުކޫލުވެސް މިފަދަ ބަދަލަކަށް ބޭނުންވެފައިވާ ބަދަލެކެވެ.

މި އެޕުރޯޗުގައި ކިވައިމިދެވެނީ 8 ތީމަކަށެވެ. ކޮންމެ ތީމެއްގައި 3 ހަފުތާ ހޭދަވާއިރު ހުރިހާ ޓީޗަރުންވެސް  ކިޔަވއިދޭ މާއްދާ  ގުޅުވިފައި ހުންނާނީ އެއްތީމަކަށެވެ. މީގެ ސަބަބުން ކުދިންގެ ވިސްނުން އެއްދާއިރާއަކަށް އަމާޒުވެފައި ހުރުމުން ކުދިންނަށް އެގޭމިންވަރު ބޮޑުވެގެންދެއެވެ. އަދި އެދަސްވާ އެއްޗެއް ޕުރޮޖެކުޓުމަސައްކަތްތަކެއްގެ ގޮތުގައި ފެންނަންހުރުމުން އަމިއްލަނަފުސަށް އޮންނައިތުބާރު ބޮޑުވެ ކުއްޖާ އެކަމަށް ފަޚުރުވެރިވެއެވެ. ތިމަންނަޔަށް އެބަ އެއްޗެއް ދަސްވާކަމުގެ އިހުސާސްކުރެވެއެވެ. ފީލްޑުޓުރިޕުތަކުންނާ ތަފާތު މީހުންނާ އިންޓަވިއު ކުރުމަށް ލިބޭ ފުރުސަތުތަކުން ކުއްޖާއަށް މުޖުތަމައުގައި ހުރިމައްސަލަތަކާ ހައްލުކުރަން ކުރަންޖެހޭ ކަންތައްތަކާ އަދި މީހުންނާ މުއާމަލާތު ކުރުމުގެ ހުނަރު ތަރައްގީކުރެވެއެވެ. ވީމާ މި އެޕުރޯޗުގެ ދަށުން ނިކުންނަ ކުއްޖާގެ ފަރާތުން އާއިލާޔާގައުމު ބިނާ ކުރުމުގެ ފުރިހަމަ ޤާބިލްކަން ހުންނާނެއެވެ  މިކަމުގެ ސަބަބުން ބެލެނިވެރިންނާ ޓިޗަރުންގެ މެދުގައި އޮންނަގުޅުން ވަރުގަދަވެގެންދާނެއެވެ.

 

ކިޔުންތެރިންގެ ކޮމެންޓް

މި ލިޔުމަށް ކޮމެންޓްކުރަށްވާ