ޅޮހީ ފެނާއި ހޮޅުދޫ ފެނުގެ ނިޒާމު ޑިޒައިންކޮށްދޭނެ ފަރާތެއް ހޯދަން އިއުލާން ކޮށްފި

ފިނޭންސް މިނިސްޓްރީން އިއްޔެ ގެޒެޓްކުރި އިއުލާނެއްގައި ނ. ޅޮހީ ފެނާއި ހޮޅުދޫ ފެނުގެ ނިޒާމު ޑިޒައިންކޮށްދޭނެ ފަރާތެއް ހޯދަން އިއުލާން ކޮށްފި އެވެ.

ހޮޅުދޫ އަކީ މިހާރު ނަރުދަމާ އަޅާފައިވާ ރަށެކެވެ. ނަމަވެސް ފެނުގެ ނިޒާމެއް އަދި އެރަށުގައި ނާޅަ އެވެ. ޅޮއްސަކީ އަދި އަލަށް ފެނާ ނަރުދަމާގެ ނިޒާމު އަޅަންޖެހޭ ރަށެކެވެ.

އެ އިއުލާނުގައި ވަނީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރގެ އެދިގެން ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލާ ކަމަށެވެ. ޅޮހީގެ ފެނާއި ނަރުދަމާ މިއަހަރު ފަށާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ ނ. ވެލިދޫގައި ބޭއްވި އެޖެންޑާ19 ނޫނު ޖަލްސާގައި އިއުލާން ކުރައްވާފަ އެވެ.

މިބީލަމުގައި ބައިވެރިވުމަށް 1،500/- (ފަނަރަ ސަތޭކަ) ދިވެހި ރުފިޔާ ނުވަތަ ޔޫ.އެސް.ޑީ 100.00ގެ ނަން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަންޖެހެ އެވެ . ފައިސާ ބަލައިގަންނާނީ 21 މާރިޗު 2019 އިން 17 އެޕްރީލު 2019 އަށް، ބަންދު ނޫން ކޮންމެ ދުވަހެއްގެ 8.30 އިން 12:00 އަށް މި މިނިސްޓްރީއިންނެވެ. ބީލަން ހުޅުވުން އޮންނާނީ 18 އެޕްރީލު 2019 ވާ ބުރާސްފަތި ދުވަހުގެ 10:00 ގައި މިމިނިސްޓްރީގެ ނެޝަނަލް ޓެންޑަރގެ ޖަލްސާކުރާ މާލަމުގައެވެ.

ކިޔުންތެރިންގެ ކޮމެންޓް

މި ލިޔުމަށް ކޮމެންޓްކުރަށްވާ