ޅޮހީ ސްކޫލް އެއްދަންފަޅިއަށް ބަދަލުކޮށް، އިތުރު 6 ކުލާސްރޫމް އަޅާނަން: ރައީސް

ނ. ޅޮހީ ސްކޫލް އެއްދަންފަޅިއަށް ބަދަލުކޮށް، ފެންވަރު ރަނގަޅު ކުރުމަށްޓަކައި އިތުރު 6 ކުލާސްރޫމް އަޅުއްވާނެ ކަމަށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ވިދާޅުވެއްޖެ އެވެ.

ނ. ވެލިދޫގައި ރޭ ބޭއްވި "އެޖެންޑާ19 ނޫނު ޖަލްސާ" ނިންމަވާ ލެއްވުމަށް ފަހު، ޅޮހީން ވެލިދޫއައި ޓީމާ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް، ބައްދަލުކުރައްވައި ތަޢުލީމީ ފެންވަރު ރަނގަޅު ކުރުމަށްޓަކައި 6 ކުލާސްރޫމުގެ މަސައްކަތް މިއަހަރުތެރޭ ފައްޓަވާނެކަމުގެ ޔަގީންކަން ޅޮހީ ރައްޔިތުންނަށް ވަނީ ދެއްވަވާފަ އެވެ.

ނ. އަތޮޅުގައި މިހާތަނަށް އެއްދަންފަޅި އަށް ބަދަލުނުކުރާ ހަމައެކަނި ސްކޫލަކީ ޅޮހީ ސްކޫލް އެވެ.

ނޫނު އެޖެންޑާ 19 ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޅޮހީގައި ފެނާއި ނަރުދަމާ އެޅުމުގެ އަމަލީ މަސައްކަތް މިއަހަރުތެރޭގައި ފެށިގެންދާނެކަމުގެ ޔަގީންކަން ވެސް ރައީސް ވަނީ ދެއްވާފަ އެވެ.

ކިޔުންތެރިންގެ ކޮމެންޓް

މި ލިޔުމަށް ކޮމެންޓްކުރަށްވާ