ރައީސުލްޖުމްހޫރިއްޔާ ވެލިދޫ އަށް ވަޑައިގަތުން: ވެލިދޫ ދާއިރާގެ ތިން ރަށުގެ ރައްޔިތުން އުންމީދުން ހެއްވާލައިފި

ނ. ވެލިދޫގައި ރޭ ބޭއްވި "އެޖެންޑާ19 ނޫނު ޖަލްސާ" ގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ވެލިދޫ ދާއިރާގެ ތިން  ރަށުގެ ރައްޔިތުން އުންމީދުން ހެއްވާލައިފި އެވެ.

މިރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ޅޮހީ އަދި ފޮއްދޫގެ ނަރުދަމާގެ މަސައްކަތް މިއަހަރު ތެރޭގައި ފައްޓަވާނެ ކަމަށެވެ. އަދި ވެލިދޫގެ ހޮސްޕިޓަލްގެ މަސައްކަތަކާއި ފުޓުބޯޅަ ސްޓޭޑިއަމް އެއްގެ މަސައްކަތް މިއަހަރުތެރޭ ފައްޓަވާނެ ކަމަށާއި މީގެ އިތުރުން މިހާރު ހުރި އޭޓީއެމްގެ ހިދުމަތް އަޕްގްރޭޑް ކުރައްވައި ބޭންކެއްގެ ހިދުމަތް މިއަހަރު ވެލިދޫ އަށް ލިބިގެންދާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މި ސަރުކާރު ވެރިކަމަށް އައީ ގިނަ ވައުދުތަކާ އެކު ކަމަށާއި އެގޮތުން، އެ ވައުދުތައް ފުއްދުމަށްޓަކައި ގާނޫނީ ބާރު ލިބޭނެ ގޮތް ހަދައިދޭން ޖެހޭ ކަމަށެވެ.

"އެހެންކަމުން ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި މިކަންތައްތަކަށް ވިސްނާވަޑައިގެން ރައްޔިތުންގެ މަޖިލީހަށް، އަޅުގަނޑުމެން ވި ވައުދުތައް ފުއްދުމަށްޓަކައި އެއަށް ތާއީދުކޮށް އެކަން ގަބޫލުކުރާ މެމްބަރުން ހޮވުމަކީ ވަރަށް ވަރަށް މުހިއްމު، ބޭނުންތެރިކަމެއް،" ރައީސް ވިދާޅުވި އެވެ.

ކިޔުންތެރިންގެ ކޮމެންޓް

މި ލިޔުމަށް ކޮމެންޓްކުރަށްވާ