ފޮއްދޫގެ ގިރާ ސަރަހައްދު ހިމާޔަތް ކުރަން ޖީއޯބޭގް ޖަހަން ނިންމައިފި

ނ. ފޮއްދޫގެ ޖެޓީ ސަރަހައްދު ގިރަމުންދާތީ އެ ސަރަހައްދު ހިމާޔަތް ކުރުމަށް އެމްޓީސީސީން އެރަށު ކައުންސިލާ މަޝްވަރާ ކޮށްފި އެވެ.

އެންޑީ އަށް މައުލޫމާތު ދެމުން އެރަށު ކައުންސިލުން ބުނީ އެމްޓީސީސީއާ އެކު ބިނާ ކުރަނިވި މަޝްވަރާތަކެއް ކުރި ކަމަށެވެ. އެގޮތުން ގިރާ ސަރަހައްދު ހިމާޔަތް ކުރުމަށް ހިލަ ނުނީ ޖީއޯބޭގް ޖެހުމަށް މަޝްވަރާކުރި ކަމަށާއި ނަމަވެސް ކައުންސިލުން ބުރަވީ ޖީއޯބޭގް ޖެހުމަށް ކަމަށް ފޮއްދޫ ކައުންސިލުން މައުލީމާތުދިނެވެ.

އެމްޓީސީސީން ވަނީ ކައުންސިލުން އެދުނު ގޮތަށް ޖީއޯބޭގް ޖެހުމަށް ބުރަވެފަ އެވެ. އަދި މާލެގޮސް ހެޑް އޮފީހާ މަޝްވަރާ ކުރުމަށް ފަހު ޖީއޯބޭގް ޖެހުމުގެ މަސައްކަތްތައް ކުރިޔަށް ގެންދަން އެމްޓީސީސީން ބުނި ކަމަށް ވެސް ކައުންސިލުން މައުލޫމާތު ދިނެވެ.

ފޮއްދޫ ޖެޓީ ސަރަހައްދު ގިރުމުގެ ސަބަބުން ރަށުގެ ފަސްގަނޑާ ޖެޓީވަކިވާ ވަރަށް ވަނީ ގިރާފަ އެވެ.

ކިޔުންތެރިންގެ ކޮމެންޓް

މި ލިޔުމަށް ކޮމެންޓްކުރަށްވާ