އެއްގަމު އުޅަނދު ލައިސަންސް ޓްރެކެއް އެޅުމަށް އައިލެންޑް ޑިވެލޮޕްމަންޓް ކޮމެޓީން ތާއިދު ކޮށްފި

ނ. ވެލިދޫގައި އެއްގަމު އުޅަނދު ލައިސަންސް ޓްރެކެއް އެޅުމަށް އައިލެންޑް ޑިވެލޮޕްމަންޓް ކޮމެޓީން ތާއިދު ކޮށްފި އެވެ.

ވެލިދޫ ކައުންސިލްގައި ރޭ ބޭއްވި އައިލެންޑް ޑިވެލޮޕްމަންޓް ކޮމެޓީގެ ބައްދަލުވުމުގައި ލައިސަސަންސް ޓްރެކް އެޅުމަށް ފެންނަ ކަމަށް ފާސްކޮށްފައިވާ ވަނީ ބައްްދަލުވުމަށް ހާޒިރުވި މެމްބަރުންގެ އަގުލަބިއްޔަތުންނެވެ.

މިއީ ވެލިދޫ ރައްޔިތުން އެހެން ރަށްރަށަށް ގޮސް ލައިސަންސް ނަގަން ކުރަންޖެހޭ ހަރަދު ހުއްޓުމަކަށް ގެނައުމަށް ކުރާ ކަމެެއް ކަމަށް ވެސް ވެލިދޫ ކައުންސިލުން ބުންޏެވެ. އަދި ލައިސަންސް ނެތި ވެހިކަލް ދުއްވާ ފަރާތްތަކަަށް ސީދާ ރަށުން ގާނުނޫގެ ތެރެއަށް ވަދުމަށް ފުރުސަތު ލިބުމަކީ މުހިއްމު ކަމެއް ކަމަށް އައިލަންޑް ޑިވެލޮޕްމަންޓް ކޮމެޓީގެ މެމްބަރުން ވަނީ ފާހަގަކޮށްފަ އެވެ.

ލައިސަންސް ޓްރެކެއް އެޅުމަށް ނިންމާފައި ވަނީ ވެލިދޫ ބޮޑުމަގުކޮޅާ ދިމާލުން ކުރީގެ ކުނިކޮށި ހިމެނޭ ސަރަހައްދުގަ އެވެ. ކައުންސިލުން ވަނީ އެ ސަރަހައްދު ސާފު ކުރުމުގެ މަސައްކަތް ފަށާފަ އެވެ.

ވެލިދޫގައި ލައިސަންސް ޓެރެކެއް އަޅަން ނިންމާފައި ވަނީ ހަތަރު ފުރޮޅުލީ ވެހިކަލްގެ ލައިސަންސް ވެސް ނެގޭ ގޮތަށެވެ. އަދި މި ޓްރެކް އެޅުމަށް މާލިއްޔަތުން ހަރަދު ކުރުމަށް ވެލިދޫ ކައުންސިލުން ވަނީ ނިންމާފަ އެވެ.

ކިޔުންތެރިންގެ ކޮމެންޓް

މި ލިޔުމަށް ކޮމެންޓްކުރަށްވާ

TEST