ޅޮހީ ކައުންސިލްގެ ގުރުއާން މުބާރާތް މާދަމާ ފަށަނީ

ނ. ޅޮހީ ގުރުއާން މުބާރާތް މާދަމާ ބާއްވާނެ ކަމަށް އެ ރަށު ކައުންސިލުން މިރޭ ބުނެފި އެވެ.

އެންޑީ އަށް މައުލޫމާތު ދެމުން ރަށު ކައުންސިލްގެ ރައީސް އަބްދު ﷲ ސާލިމް ވިދާޅުވީ މި މުބާރާތުގައި 85 މީހުން ބައިވެރިވާ ކަމަށެވެ. އަދި މި މުބާރާތް ކުރިޔަށް ގެންދަނީ 35 އަހަރުން ދަށުގެ މީހުންނަށް އަމާޒުކޮށްގެން ކަމަށް އޭނާ ވިދާޅުވި އެވެ.

ސާލިމް ވިދާޅުވީ ސްކޫލްގައި ކުރިޔަށް ގެންދާ މި މުބާރާތުގައި ސްކޫލްގެ ފަރާތުން ވަރަށް ބޮޑު އެއްބާރުލުމެއް ލިބެމުން އަންނަ ކަމަށެވެ.

ދެ ދުވަހަށް ބަހާލައިން ކުރިޔަށް ގެންދާ މި މުބާރާތުގައި ބަލައިން ކިޔާ ބައިންނާއި ނުބަލާ ކިޔާބައިން އެއްވަނަ އަށްދާ ފަރާތަކަށް އުމްރާ ދަތުރެެއް ދިނުމަށް ވަނީ ނިންމާފަ އެވެ. އަދި ވަނަތަކަށް އަންނަ ފަރާތްތަކަށް ތައްޓާއި އިނާމު ދިނުމަށް ވަނީ ނިންމާފަ އެވެ.

ޅޮހީ ގުރުއާން މުބާރަތް ސްޕޮންސަ ކޮށްފައި ވަނީ އިބްރާހިމް ހަލީމް އަލީ (އެމްއެޗް) އެވެ.

ކިޔުންތެރިންގެ ކޮމެންޓް

މި ލިޔުމަށް ކޮމެންޓްކުރަށްވާ