• ވެލިދޫ އަންހެނުންގެ ޓީމާއި ހިންނަވަރު އަންހެނުންގެ ޓީމް ބައްދަލުކުރި ވޮލީމެޗް .--ފޮޓޯ/ލަކީ އައިމަން

އަންހެނުންގެ ދުވަހުގެ ވޮލީމެޗް: ހިންނަވަރު އަތުން ވެލިދޫ މޮޅުވެއްޖެ

އަންހެނުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ނ.ވެލިދޫ އަންހެނުންގެ ވޮލީޓީމާއި ޅ. ހިންނަރުވަރު އަންހެނުންގެ ޓީމާއެކު ކުރިޔަށް ގެންދިޔަ އެކުވެރިކަމުގެ މެޗުން ވެލިދޫ ޓީމް މޮޅުވެއްޖެ އެވެ.

ވެލިދޫ ވޮލީ ކޯޓްގައި އިއްޔެ ހަވީރު 4:30 ހާއިރު، ކުރިޔަށް ގެންދިޔަ މި މެޗު ހިންނަވަރު ޓީމް އަތުން ވެލިދޫ ޓީމް މޮޅުވީ ތިން ސެޓް އެއްސެޓުންނެވެ.

މި މެޗަކީ ބައިނަލް އަގުވާމީ އަންހެނުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ވެލިދޫ އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމެޓީން އިންތިޒާމުކޮށްގެން ބޭއްވި ވޮލީ މެޗެކެވެ.

އަންހެނުންގެ ކޮމެޓީން ބުނީ ހިންނަވަރު ޓީމަށް ދައުވަތުދީގެން ވެލިދޫގައި ކުރިޔަށް ގެންދިޔަ މިމެޗުގެ ސަބަބުން އަންހެނުންނަށް ކުޅިވަރުގައި އިތުރު ހިތްވަރެއްލައިން ކުރިޔަށް ދިއުމުގެ ހިތްވަރު ލިބުނު ކަމަށެވެ.

ކިޔުންތެރިންގެ ކޮމެންޓް

މި ލިޔުމަށް ކޮމެންޓްކުރަށްވާ