ވެލިދޫ އަށް ނަރުދަމާގެ ހިދުމަތް ދޭން ފަށައިފި

ނ. ވެލިދޫ ގޭގެ އަށް ނަރުދަމާގެ ހިދުމަތްދޭން ފަށައިފި އެވެ.

އެންޑީ އަށް މައުލޫމާތު ލިބިފައިވާ ގޮތުން މިހާތަނަށް އަށް ގެއަކުން ވަނީ ނަރުދަމާ ނެޓްވޯކާ ގުޅާލައި ހިދުމަތް ހޯދަން ފަށާފަ އެެވެ. ފެނަކައިގެ ބެލުމުގެ ދަށުން ހިދުމަތްދޭން ފަށަފައިވާއިރު، ކޮންމެ ގެއެއްގައި ވެސް ނެޓްވޯކް ގުޅާލުމަށް އަމިއްލަ އަށް ކުޑަ ޖަންގްޝަނެއް ހަދަންޖެހެ އެވެ.

ނަރުދަމާގެ ނެޓްވޯކް ގާއިމްކޮށްނިމި، ހިދުމަތް ނުދީ ލަސްވަމުންދިއުމުގެ ސަބަބުން ރައްޔިތުންގެ ޝަކުވާ ވަނީ ވަރަށް ބޮޑުވެފަ އެވެ. އަދި ބައެއް ގޭގެއިން އަމިއްލަ އަށް ހަދާފައި ވަޅުތައް ފުރި އޭގެ ދަތި ވަނީ ފޯރާފަ އެވެ. ނަމަވެސް މިހާރު ހިދުމަތްދޭން ފެށުމުން ވަރަށް ގިނަ ގޭގެއިން ހިދުމަތަށް އެދި ވަނީ ސިޓީލާފަ އެވެ.

ހިދުމަތަށް އެދި ސިޓީ ލާފައިވާ ފަރާތްތަކަށް ފެނަކައިން އަންނަނީ ދާ ގަނޑެއް ދޫކުރަމުންނެވެ. މި ދާ ގަނޑުގެ ބޭނުމަކީ ގޭގައި ހަދައި ކުޑަ ޖަންގްޝަން އިން މައި ނެޓްވޯކަށް ފޮތި ފަދަ އެއްޗެހި ދިއަނުދީ ހިފެއްޓުން ކަމަށް ފެނައިކައިން މައުލޫމާތު ދެ އެވެ. އަދި ހިދުމަތަށް އެދޭ ގޭގެއިން މައި ނެޓްވޯކާ ގުޅާލުމުގެ މަސައްކަތް ކުރިޔަށްދާ ކަމަށް ވެސް ފެނަކައިން މައުލޫމާތު ދެ އެވެ.

ކިޔުންތެރިންގެ ކޮމެންޓް

މި ލިޔުމަށް ކޮމެންޓްކުރަށްވާ