• ނ. ހޮޅުދޫ

ނ. އަތޮޅު ދާއިރާތަކުގެ ތެރެއިން އެންމެ ގިނަ މީހުން ވާދަކުރަނީ ހޮޅުދޫ ދާއިރާ އަށް!

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބީ ދާއިރާތަކަށް ވާދަކުރާ ކެންޑިޑޭޓުންގެ ނަންބަރު ތަރުތީބުކޮށް، އިލެކްޝަން ކޮމިޝަނުން އިއުލާންކުރިއިރު، ނ. އަތޮޅު ދާއިރާތަކުގެ ތެރެއިން އެންމެ ގިނަ މީހުން ވާދަކުރަނީ ހޮޅުދޫ ދާއިރާ ކަމަށް ދައްކައިފި އެވެ.

ރައްޔިތުން މަޖިލީހުގެ އިންތިޚާބުގައި، ނ. އަތޮޅުގެ އިންތިޚާބީ ދާއިރާތަކަށް ވާދަކުރާ ކެންޑިޑޭޓުންގެ ނަންތައް ތަރުތީބު ކުރިއިރު، ހޮޅުދޫ ދާއިރާގައި ވާދަކުރުމަށް ފަސް ފަރާތެއް ހިމެނެ އެވެ. ހޮޅުދޫ އަށް ވާދަކުރާ ފަސް ފަރާތުގެ ތެރެއިން ކެނޑިޑޭޓް ނަންބަރު 01 ލިބިފައި ވަނީ އެމްޑީޕީގެ ޔޫނުސް އަލީ، ލަކީސްޓަރ، ނ. މިލަދޫ އަށެވެ. ކެނޑިޑޭޓް ނަންބަރު 02 ލިބިފައި ވަނީ އެމްޓީޑީގެ މަރްޔަމް ސިޔާނާ، ހުދުވެލި، ނ. ހޮޅުދޫ އަށެވެ. ކެނޑިޑޭޓް ނަންބަރު 03 އެމްޑީއޭގެ ހުސެއިން ސާލިމް މުހައްމަދު (ދަފްތަރު 7483) އަށް ލިބިފައިވާއިރު ކެނޑިޑޭޓް ނަންބަރު 04 ލިބިފައި ވަނީ ޕީއެންސީގެ އަހުމަދު ހަމްދާން ނަސީރު، ބުލޫރެސްޓް، ނ. ހޮޅުދޫ އަށެވެ. މި ދާއިރާގައި ކެނޑިޑޭޓް ނަންބަރު 05 ލިބިފައި ވަނީ ޖުމްހޫރީ ޕާޓީގެ އަބްދުއްސައްތާރު މުހައްމަދު، ވީވަރު، ނ. މިލަދޫ އަށެވެ.

ނ. އަތޮޅުގައި ދެވަނަ އަށް އެންމެ ގިނަ ކެނޑިޑޭޓުން ވާދަކުރަނީ މަނަދޫ ދާއިރާ އަށެވެ. މަނަދޫ ދާއިރާ އަށް ހަތަރު ފަރާތަކުން ވާދަކުރެ އެވެ. ކެނޑިޑޭޓް ނަންބަރު 01 ލިބިފައި ވަނީ އެމްޑީޕީގެ އަހުމަދު ހާރޫން، ހުޅަނގުގެ، ނ. މަނަދޫ އަށެވެ. ކެނޑިޑޭޓް ނަންބަރު 02 ލިބިފައި ވަނީ އަމިއްލަ ގޮތުން ކުރިމަތިލާ މުހައްމަދު ހަލީމް، އެލްޕާސޯ، ނ. ވެލިދޫ އަށެވެ. ކެނޑިޑޭޓް ނަންބަރު 03 އެމްޑީއޭގެ އިބްރާހިމް އަސްލަމް، ނޫރުވާދީ، ނ. މަނަދޫ އަށް ލިބިފައިވާއިރު ކެނޑިޑޭޓް ނަންބަރު 04 ލިބިފައި ވަނީ ހުސްނީ މުބާރިކް، ގަސްކަރަ، ނ. މަނަދޫ އަށެވެ.

ނ. ވެލިދޫ ދާއިރާ އަށް ތިން މީހަކު ކުރިމަތިލާފައިވާއިރު، ކެނޑިޑޭޓް ނަންބަރު 01 ލިބިފައި ވަނީ އަމިއްލަ ގޮތުން ވާދަކުރާ މުސްތަފާ އާދަމް، ބީޗްހެވަން، ނ. ވެލިދޫ އަށެވެ. ކެނޑިޑޭޓް ނަންބަރު 02 ލިބިފައި ވަނީ އެމްޑީއޭގެ މުހައްމަދު އައްބާސް، ވެލާނާގެ، ނ. ވެލިދޫ އަށެވެ. ކެނޑިޑޭޓް ނަންބަރު 03 ލިބިފައި ވަނީ އެމްޑީޕީގެ ކެނޑިޑޭޓް މުހައްމަދު އަބްދު ﷲ ޝަފީގު، ދިރޭލާލްގެ ނ. ވެލިދޫ އަށެވެ.

ނ. އަތޮޅުގައި ހިމެނޭ ކެނދިކުޅުދޫ ދާއިރާ އަކީ ނ. އަތޮޅުގައި އެންމެ މަދުން މީހުން ކުރިމަތިލި ދާއިރާ އެވެ. މި ދާއިރާގެ ކެނޑިޑޭޓް ނަންބަރު 01 ލިބިފައި ވަނީ އެމްޑީޕީގެ އަހުމަދު އީސާ، ހިތްފަސޭހަގެ ކުޅުދޫ އަށެވެ. ކެނޑިޑޭޓް ނަންބަރު 02 ލިބިފައި ވަނީ އެމްޑީއޭގެ އަލީ މައުރޫފް (ދަފްތަރު 4892) އަށެވެ.

ރައްޔިތުން މަޖިލީހިގެ އިންތިހާބު ބޭއްވުމަށް ނިންމާފައި ވަނީ އެޕްރީލް 06 ވާ ހޮނިހިރު ދުވަހު އެވެ.

ކިޔުންތެރިންގެ ކޮމެންޓް

މި ލިޔުމަށް ކޮމެންޓްކުރަށްވާ