ފޮއްދޫ އަންހެން ދަރިވަރުންގެ މެދުގައި ނެޓްބޯލް މެޗެއް ކުޅެފި

ނ. ފޮއްދޫ ސްކޫލުގް އަންހެން ދަރިވަރުން، ނެޓްބޯޅަށް އަށް ލޯބި ޖެއްސުމުގެ ގޮތުން ނެޓްބޯލް މެޗެއް އިއްޔެ ކުޅެފި އެވެ.

ނެޓްބޯލް މެޗު ކުރިޔަށް ގެންގޮސްފައި ވަނީ ދަރިވަރުންގެ މެދުގައި ދެޓީމަކަށް ބަހާލައިގެންނެވެ. ތުލިޕް އަދި މޭރީ ގޯލްޑް ނަމުގައި ކުޅުނު މި މެޗު ކާމިޔާބު ކޮށްފައި ވަނީ ތުލިޕް ޓީމެވެ.

މި މެޗުގެ ކުއިން އޮފްދަ މެޗަކަށް ހޮވުނީ ތުލިޕް ޓީމްގެ ޝާއިބާ އެވެ. މި މެޗް ޝަރަފްވެރި ކޮށްދެއްވާފައި ވަނީ ރަށު ކައުންސިލްގެ ރައީސް އަބްދު ﷲ ސާމީ އެވެ.

މި މެޗަކީ ފޮއްދޫ ސްކޫލް އިން ދަރިވަރުން ކުޅިވަރަށް ލޯބި ޖެއްސުމަށް ފާހަގަ ކުރާ ހަފްތާގެ ތެރެއިން ކުޅުނު މެޗެކެވެ. މި ހަފާތާގެ ތެރޭގައި ފިރިހެން ދަރިވަރުންނަށް އަމާޒުކޮށް ވަނީ ފުޓްސަލް މުބާރާތެއް ވެސް ބާއްވާފަ އެވެ.

ކިޔުންތެރިންގެ ކޮމެންޓް

މި ލިޔުމަށް ކޮމެންޓްކުރަށްވާ