ފޮއްދޫ ސްކޫލް ފުޓްބޯޅަ މުބާރާތުގެ ތަށި ހުރަވީ ހައުސް އުފުލާލައިފި

ނ. ފޮއްދޫ ސްކޫލްގެ 2019 ވަނަ އަހަރުގެ ފުޓްސަލް މުބާރާތުގެ އިއްޔެ ހުރަވީ ހައުސް އަދި ގާޒީ ހައުސް ބައްދަލުކުރި މެޗު ކާމިޔާބުކޮށް ތަށި އުފުލާލައިފި އެވެ.

ފުރަތަމަ ލަނޑު ހުރަވީ ހައުސް ކާމިޔާބު ކުރީ މެޗު އެއްވަނަ މިނެޓްގައި ކެޕްޓަން މަފާޒު ޖެހި ލަނޑަކުންނެވެ. ވާދަވެރި ކުޅުމެއް ދެއްކި މި މެޗުގައި ފުރަތަމަ ހާފް ނިމެންދަނިކޮށް އިތުރު ލަނޑެއް ޖަހައި ހުރަވީ ހައުސް ވަނީ ލީޑް ފުޅާކޮށްފަ އެވެ.

  ދެވަނަ ހާފް ނިމެންދަނިކޮށް ގާޒީ ހައުސް ވަނީ ކައިރި ކައިރީ ދެ ލަނޑުޖަހައި އެއްވަރު ކޮށްފަ އެވެ. މި ދެ ލަނޑު ވެސް ޖެހީ ނިޔާޒް އެވެ. ނަމަވެސް ހުރަވީ ހައުސް ކެޕްޓަން މާފާޒު ވަނީ މެޗް ނިމެން ދަނިކޮށް ހިތް ވަރުކޮށް އިތުރު ލަނޑެއް ޖަހައި ހުރަވީ ހައުސް އަށް ޗެމްޕިއަންކަން ހޯދައިދީފަ އެވެ.

މި މުބާރާތުގެ ރަނަރަޕް ޓީމް އަށް ގާޒީ ހައުސްދިޔަ އިރު ފެއާޕްލޭ ޓީމަކަށް ހޮވުނީ ޝަހީދު އަލީ ހައުސް އެވެ. ސްކޫލް ކުދިން ކުޅިވަރަށް ލޯބި ޖެއްސުމަށް ބާއްވާ މި މުބާރާތް އިތުރަށް ފުރިހަމަކޮށް އަންނަ އަހަރު ބޭއްވުމަށް ވަނީ ނިންމާފަ އެވެ.

ކިޔުންތެރިންގެ ކޮމެންޓް

މި ލިޔުމަށް ކޮމެންޓްކުރަށްވާ