ވެލިދޫ ހޮސްޕިޓަލް ކުރަހަން ހެލްތް މިނިސްޓްރީން ގެޒެޓް ކޮށްފި

ނ.ވެލިދޫގައި ހޮސްޕިޓަލް އިމާރާތެއް ހެދުމަށްޓަކައި އެ އިމާރާތުގެ ކުރެހުންތަކާއި ބީ.އޯ.ކިޔު ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް ހެލްތް މިނިސްޓްރީން މިއަދު ގެޒެޓް ކޮށްފި އެވެ.

ހެލްތް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނެފައި ވަނީ މިކަމަށް ޝައުޤުވެރިވާ ފަރާތްތައް 20 މާރިޗު 2019 ވާ ބުދަ ދުވަހުގެ ހެނދުނު 11:15 އަށް މިނިސްޓްރީން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 28 މާރިޗު 2019 ވާ ބުރާސްފަތި ދުވަހު ހެނދުނު 10:00 އަށް މި މިނިސްޓްރީ އަށް އަންދާސީ ހިސާބު ހުށަހެޅުމަށް ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

ވެލިދޫގައި ހޮސްޕިޓަލް އެޅުމަށް 110،557.66 އަކަ ފޫޓް ބިމެއް ދިނުމަށް އެރަށު އައިލެންޑް ޑިވޮލަޕްމަންޓް ކޮމެޓީން ނިންމާފައި ވަނީ އިއްޔެ އެވެ. މި ބިމަކީ ވެލިދޫ ސްކޫލްގެ ދަނޑު ހިމެނޭ ސަރަހައްދެވެ.

ވެލިދޫ ކައުންސިލުން ފުރަތަމަ ނިންމީ ކައުންސިލްގެ އުތުރު ސަރަހައްދުން 25،000 އަކަ ފޫޓްގެ ބިމެއް ދިނުމަށެވެ. ނަމަވެސް ހެލްތް މިނިސްޓްރީ އަށް އެ ބިން ކުޑަވާތީ ހޮސްޕިޓަލް އެޅުމަށް ބޮޑުބިމެއްދޭން ނިންމީ އެވެ.

Advertisement

ކިޔުންތެރިންގެ ކޮމެންޓް

މި ލިޔުމަށް ކޮމެންޓްކުރަށްވާ