ފޮއްދޫ ސްކޫލް ފުޓްބޯޅަ މުބާރާތް 2019: ޝަހީދު އަލީ ކަޓުވާލައި، ހުރަވީ ހައުސް ފައިނަލަށް!

ނ. ފޮއްދޫ ސްކޫލްގެ 2019 ވަނަ އަހަރުގެ ފުޓްސަލް މުބާރާތުގައި އިއްޔެ ހުރަވީ ހައުސް އަދި ޝަހީދު އަލީ ހައުސް ބައްދަލުކުރި މެޗުން 1-1 އިން އެއްވަރުވެ، ޝަހީދު އަލީ ޓީމް މުބާރާތުން ވަކިވެ، ހުރަވީ ހައުސް ފައިނަލަށް ގޮސްފި އެވެ.

ފޮއްދޫ ދަނޑުގައި ކުރިޔަށްދިޔަ މި މެޗުގައި ހުރަވީ ޓީމުން ވަނީ ގިނަ ހަމަލާތަކެއް ޝަހީދު އަލީ ޓީމްގެ ގޯލަށް އަމާޒު ކޮށްފަ އެވެ. ގިނަވަގުތު ބޯޅަ ހިފަހައްޓައިން ކުޅެފައި ވަނީ ހުރަވީ ޓީމް އެވެ. މި މެޗުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ޝަހީދު އަލީ ހައުސްގެ އިބްރާހިމް އައްސަދު އެވެ.

މެޗު ނިމުމަށް ފަހު އެންޑީ އަށް ދިން އިންޓަވިއުއެއްގައި ޝަހީދު އަލީ ޓީމްގެ އެސިސްޓެންޓް ކޯޗް އަބްދު ﷲ ޝާމީ ވިދާޅުވީ މި މެޗާ ދޭތެރޭ ވަރަށް ހިތްހަމަ ޖެހޭ ކަމަށެވެ. އަދި މި މުބާރާތުގައި ރަނގަޅު ހިސާބަކަށް ނުދެވުން ނަމަވެސް އަންނަ އަހަރަށް ޓީމް ވަރުގަދަ ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ހުރަވީ ޓީމްގެ އެސިސްޓެންޓް ކޯޗް ހަސަން އިލްހާމް ވިދާޅުވީ އިއްޔެގެ ކުޅުން އުންމީދުކުރި ވަރަށް ވުރެން ވެސް ފުރިހަމަ ކަމަށެވެ.  އަދި މި މުބާރާތުގައި ބޭނުންވީ ފައިނަލް އަށް ދަތުރު ކުރަންކަމަށާ އެކަން ހާސިލް ވެއްޖެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ހުރަވީ ޓީމްގެ ކެޕްޓަން މުހައްމަދު މަފާޒު ބުނީ މުބާރާތުގެ ތަށި ލިބުން އެއީ އެންމެ ބޭނުންވާ ކަންތައް ކަމަށާ އިރާދަކުރެއްވީޔާ އެކަން ހާސިލްލުރާނެ ކަމަށް އޭނާ ބުންޏެވެ.

މު މުބާރަތުގައި ހުރަވީ ހައުސް އާ ފައިނަލްގައި ބައްދަލުކުރާނީ ގާޒީ ހައުސް އެވެ. މިއަދު ކުޅޭ މި މެޗް ފޯރިގަދަ މެޗަކަށްވާނެ އެވެ.

Advertisement

ކިޔުންތެރިންގެ ކޮމެންޓް

މި ލިޔުމަށް ކޮމެންޓްކުރަށްވާ