އަތޮޅު ތެރެއިން ނޫނު ޑެއިލީ ޓީމްގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލައިފި

ނ. އަތޮޅުގެ ލިޔުންތެރިންގެ ތެރެއިން ނޫނު ޑެއިލީ (އެންޑީ) އަށް ލިޔަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލައިފި އެވެ.

އެންޑީގެ މައްސޫލްވެރިޔާ އަދި އެޑިޓަރު އަހުމަދު ރިޝާން ވިދާޅުވީ އެންޑީގައި ނ. އަތޮޅު ހުރިހާ ރަށެއްގެ މައުލޫމާތާއި ހަބަރާއި އަދި އަތޮޅާ ގުޅުންހުރި ރިޕޯޓްތައް ގެނެސްދޭން އަބަދު ވެސް ބޭނުންވާ ކަމަށެވެ.

"ކަމެއް ހިނގައިގެން އެ މަންޒަރު ފެނި އަމިއްލަ އަށް ލިޔުނީމަ އެންމެ އެކަށީގެންވާ ގޮތުގައި އެކަމެއް ކިއުންތެރިންނާ ހިސާބަށް ފޯރުކޮށްދެވޭނީ. އެ ސަބަބާހުރެ އެ ރަށެއްގެ މައުލޫމާތު އެރަށުގައި ހުންނަ ލިޔުންތެރިއެއްގެ ކިބައިން ލިބުން ވަރަށް މުހިއްމު،" ރިޝާން ވިދާޅުވި އެވެ.

ލިޔަން ބޭނުންވާ ފަރާތްތަކުން އެންޑީގެ ފޭސްބުކް ޕޭޖަށް މެސެޖްކޮށް، އިތުރު މައުލޫމާތު ހޯދައިން އެންޑީގެ ޓީމްގައި ހިމެނުމުގެ ފުރުސަތު ވަނީ ކޮންމެ ފަރާތަކަށް ވެސް ހުޅުވާލާފަ އެވެ. މި ނޫހަކީ ހަމަހަމަ ކަމާއި ނޫސްވެރިކަމުގެ އެތިކްސް ހިފަހައްޓާ ނޫހަކަށްވާތީ އާޓިކަލް ލިޔުމުގައި އެކަން ކަމަށް ވިސްނުމަކީ އެންޑީއޭގެ މެނޭޖްމަންޓްގެ ވަރަށް ބޮޑު އެދުމެކެވެ.

Advertisement

ކިޔުންތެރިންގެ ކޮމެންޓް

މި ލިޔުމަށް ކޮމެންޓްކުރަށްވާ