ފޮއްދޫ ސްކޫލް ފުޓްބޯޅަ މުބާރާތް 2019: މިއަދުގެ މެޗުން މޮޅުވީ 2-3 އިން ހުރަވީ ހައުސް!

ނ. ފޮއްދޫ ސްކޫލްގެ 2019 ވަނަ އަހަރުގެ ފުޓްސަލް މުބާރާތުގައި މިއަދު ގާޒީ ހައުސް އަދި ހުރަވީ ހައުސް ބައްދަލުކުރި މެޗުން 2-3 އިން ހުރަވީ ހައުސް މޮޅުވެއްޖެ އެވެ.

ފޮއްދޫ ދަނޑުގައި މިއަދު ބައްދަލުކުރި މެޗުގައި ދެޓީމުން ވެސް ވަނީ ރަނގަޅު ކުޅުމެއް ދައްކާފަ އެވެ. މި މެޗުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ހުރަވީ ހައުސްގެ މަފާޒް އެވެ.

މި މުބާރާތް ފެށުމުގެ ގޮތުން އިއްޔެ ބައްދަލުކޮށްފައި ވަނީ ގާޒީ ހައުސް އަދި ޝަހީދު އަލީ ހައުސް އެވެ. ގާޒީ ޓީމް ވަނީ 0-2 އިން މޮޅުވެފަ އެވެ.

ފޮއްދޫ ސްކޫލުން އިންތިޒާމުކޮށްގެން ބާއްވާ މުބާރާތުގައި މާދަމާ ބައްދަލުކުރާނީ ހުރަވީ ހައުސް އަދި ޝަހީދު އަލީ ހައުސް އެވެ.

Advertisement

ކިޔުންތެރިންގެ ކޮމެންޓް

މި ލިޔުމަށް ކޮމެންޓްކުރަށްވާ