ނ. މިލަދޫ "ވުޑް ގޭޓް"ގެ މާހައުލު ވަރަށް ހިތްގައިމެވެ. ތަން ފަރުމާ ކޮށްފައި ވަނީ ވަކަރާއި ލަކުޑި ބޭނުންކޮށްގެން ރީތި މާހައުލެއް އެކުލެވިގެންވާ ގޮތަކަށެވެ.

ބަގީޗާ މާހުލެއް ހިމެނޭ މި ކެފޭ އަދި ހުޅުވާލާފައި ވަނީ ހަމައެކަނި ކޮފީ އާއި ބުއިންތަކަށް އަމާޒު ކޮށްގެނެވެ. ރަށުގެ މެދުތެރެއަށްވާ ގޮތަށް ހުންނަ މި ކެފޭ ހިންގާ މުހައްމަދު އަނީސް ވިދާޅުވީ "ފުޑް މެނޫ" ވަރަށް އަވަހަށް ތައްޔާރުކުރާނެ ކަމަށެވެ.

"ބޭނުން ވަނީ ރަނގަޅު ހިދުމަތެއްދީ މިލަދޫގައި ކެފޭ ހިންގާ ވައްޓަފާޅި އަށް އިންގިލާބެއް ގެންނަން" އަނީސް ވިދާޅުވި އެވެ.

މި ކެފޭ އަކީ ޒުވާނުންނަށް އަމާޒުކޮށްގެން ހިންގާ ކެފޭ އެއް ނަމަވެސް ހުރިހާ އުމުރު ފުރައެއްގެ މީހުނަށް ވެސް ހިދުމަތް ލިބޭނެ ކަމަށް އަނީސް މައުލޫމާތު ދެއްވި އެވެ.

ޒުވާނުންގެ މެދުގައި މަގުބޫލް މިކެފޭއާ މެދު އެމީހުންގެ އުންމީދުތައް ވެސް ވަރަށް ގިނަ އެވެ. އަދި މިއީ އެމީހުންނަށް ރަނގަޅު ހިދުމަތެއް ލިބޭނެ ތަނެއް ކަމަށް އެމީހުންދެކެ އެވެ.

"ވަރަށް ގިނަ ދުވަސް ވަންދެން ބަންދުކޮށްފަ ހުރެފައި މިހާރު އެ ހިދުމަތްދޭން ފެށީ. ކުރީގެ މެނޭޖްމަންޓާ ބަލާއިރު މިހާރު މެނޭޖްމަންޓްގެ ހިންގުން ވަރަށް ރަނގަޅު. އަދި ކުރިޔަށް އޮތްތާ ރަނގަޅުވާނެ ކަމަށް މިބަލަނީ،" މިލަދޫ ޒުވާނަކު ބުންޏެވެ.

މިލަދޫގައި "ވުޑް ގޭޓް" ފިޔަވާ ދެން ހިންގަނީ އެންމެ ކެފޭ އެކެވެ. އަދި ޒުވާން އާބާދީ އަށް ބަލާއިރު ބޮޑު ތަރުހީބެއް ލިބޭ މި ކެފޭ މުސްތަގުބަލު ހިދުމަތުގައި ދެމި ތިބެއްޖެނަމަ ވަރަށް އުޖާލާވާނެ ކަމަށް މިލަދޫ ޒުވާނުން ފާހަގަ ކުރެ އެވެ.

Advertisement

ކިޔުންތެރިންގެ ކޮމެންޓް

  • ަައާލިމްTuesday 5th March 2019

    ސަޅި އިނގޭ......

  • ChoataMonday 4th March 2019

    Anees bro keyun dheyn vaan3 ne wood gate inn

މި ލިޔުމަށް ކޮމެންޓްކުރަށްވާ