ވެލިދޫގައި ހޮސްޕިޓަލް އަޅަން ބޭނުންވާ ބިމުގެ ބޮޑުމިން ހެލްތް މިނިސްޓްރީން ބަލައިފި

ނ. ވެލިދޫގައި ހޮސްޕިޓަލް އަޅަން ކައުންސިލުން ބޭނުންވާ ސަރަހައްދުގެ ބިމުގެ ބޮޑުމިން ހެލްތް މިނިސްޓްރީން މިއަދު ބަލައިފި އެވެ.

އެންޑީ އަށް މައުލޫމާތު ދެއްވަމުން ވެލިދޫ ކައުންސިލްގެ ރައީސް އަސްމާ ހުސެއިން ވިދާޅުވީ ހޮސްޕިޓަލް އެޅުމަށް ވިސްނާ ބިމުގެ ބޮޑުމިން ހެލްތް މިނިސްޓްރީއާ މިއަދު ހިއްސާކޮށްފައިވާނެ ކަމަށެވެ.

"އަޅުގަނޑުމެން ބިމުގެ ބޮޑުމިން ފޮނުވީމަ ހެލްތް މިނިސްޓްރީން ނިންމާނީ އެއީ ހޮސްޕިޓަލްއެއް އެޅޭވަރުގެ ބިމެއްތޯ. އޭރުން ކައުންސިލުން އަޅުގަނޑުމެން ނިންމާނަން އެ ބިން ހޮސްޕިޓަލެއް  ބިނާކުރުމަށް  ދޭން. " އަސްމާ ވިދާޅުވި އެވެ.

ވެލިދޫ ކައުންސިލްގެ އުތުރު ފަރާތުން ހޮސްޕިޓަލް އެޅުމަށް ޕްރޮޕޯސްކުރި ބިމުގެ ބޮޑުމިން 25،000 އަކަފޫޓަށް ވުރެ ބޮޑެވެ.

މި ހިނގާ 2019 ވަނަ އަހަރު ބަޖެޓްގައި ވެލިދޫގެ ސިއްހީ ދާއިރާ އަށް ހިމަނާފައިވާ 10 މިލިޔަން ރުފިޔާގެ ބަޖެޓުން އާ ހޮސްޕިޓަލެއް އެޅުމުގެ މަސައްކަތް ކުރުމަށް އެދުމަށް ވެލިދޫ އައިލެންޑް ޑިވެލޮޕްމަންޓް ކޮމެޓީން ވަނީ ނިންމާފަ އެވެ. އަދި މި ނިންމި ނިންމުން ވެލިދޫ ކައުންސިލުން ވަނީ ހެލްތް މިނިސްޓްރީއާ ހިއްސާ ކޮށްފަ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ވެލިދޫގައި ހޮސްޕިޓަލެއް އެޅުމަށް ވައުދުވެ ވަޑައިގަންނަވާފަ އެވެ.

ކިޔުންތެރިންގެ ކޮމެންޓް

  • އަލީ Sunday 3rd March 2019

    މަޑުމަޑުން ނަމަވެސް ހިނގާތީ ވަރަށް އުފާކުރަން

  • ރިސާންSunday 3rd March 2019

    ސަޅ.

މި ލިޔުމަށް ކޮމެންޓްކުރަށްވާ

TEST