މުޅި ރާއްޖެއިން އެންމެ ފުލަށްދިޔަ މައްސަލަގައި އިދާރީ ސްޓާފަކަށާއި ޒެޑްވީ އަށް ފިޔަވަޅު އަޅާނަން: އާދަމް ފާއިޒް

އެލްޖީއޭ އިން ކައުންސިލްތައް ދަރަޖަކޮށް ނެރޭ ރިޕޯޓްގައި ނ. އަތޮޅު ކައުންސިލް މުޅި ރާއްޖެއިން އެންމެ ފުލަށްދިޔަ މައްސަލައެއްގައި އިދާރީ ސްޓާފަކަށާއި ޒިންމާދާރުވެރިޔާ (ޒެޑްވީ) އަށް ފިޔަވަޅު އަޅާނެ ކަމަށް އަތޮޅު ކައުންސިލްގެ ނައިބު ރައީސް އާދަމް ފާއިޒް މިއަދު ވިދާޅުވެއްޖެ އެވެ.

އެންޑީ އަށް މައުލޫމާތު ދެއްވަމުން އާދަމް ފާއިޒު ވިދާޅުވީ އަތޮޅު ކައުންސިލް މުޅި ރާއްޖެއިން އެންމެ ފުލަށްދާންޖެހުނީ އިދާރީ ސްޓާފަކު ޒިންމާ ނުނެގުމުގެ ސަބަބުން ކަމަށެވެ.

މި މައްސަލައިގައި ކިތާބީ ހެކި ހުށަނާޅަކަން ނ. އަތޮޅު ކައުންސިލަށް އެނގުނީ ވެސް އެލްޖީއޭއިން ކައުންސިލްތަކުގެ ދަރަޖަ ރިޕޯޓް ނެރުމުން ކަމަށް ވެސް އާދަމް ފާއިޒް މައުލޫމާތު ދެއްވި އެވެ.

"އަޅުގަނޑުމެން ރިޕޯޓް ތައްޔާރުކޮށް ފޮނުވަން ބުނުމުން އެ ރިޕޯޓް އޮތީ އިދާރީ ސްޓާފް މޭޒު ވަތްގަނޑުތެރޭގައި ބާއްވާފައި. އެ މައްސަގައި ޒެޑްވީ ވެސް ޒިންމާ ނަގަންޖެހޭނެ. އިދާރީ ސްޓާފުންގެ ކަންކަން ބަލަންޖެހޭނީ ޒެޑްވީ" އާދަމް ފާއިޒް ވިދާޅުވި އެވެ.

އެލްޖީއޭއިން ކައުންސިލްތައް ދަރަޖަ ކުރަނީ ހުށަހަޅާ ކިތާބީ ހެތްކަށް ބަލައިގެންނެވެ. އާދަމް ފާއިޒް ވިދާޅުވީ އެ މައްސަލައިގައި މާލެ ގޮސް ޒެޑްވީ އަދި އިދާރީ ސްޓާފް އަށް ފިޔަވަޅު އެޅުމަށް ސިވިލްސާވިސް ކޮމިޝަނަށް ހުށަހަޅާނެ ކަމަށެވެ. އަދި އެމީހުންނަށް އަޅާނެ ފިޔަވަޅެއް ނިންމާނީ ސިވިލްސާވިސް އިން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

Advertisement

ކިޔުންތެރިންގެ ކޮމެންޓް

  • އަތޮޅުވެރިޔާMonday 4th March 2019

    ކީއްކުރާނީ ވެރިކަމަށް ކުފޫ ހަމަނުވާ އލތނ އައީމަ ވާނީ އެހެން. އެނގޭކަމެއްވެސް ނޭނގޭކަމެއްވެސް ނޯންނާނެ. ނ. އަތޮޅު ކައުންސިލްގައި މިހާރު އިންތިހާބުވެފަ ތިބި ޕަޕެޓުން. އެތާ އޮންނަނީ ޕަޕެޓްޝޯވ. ކުރާ ކަމެއްކުރަނީ ޒެޑްވީ އާ އިދާރީ މުވައްޒަފުން. ފެއިލްވެފަ އޮތް ކައުންސިލެއް އޭ މާކުރިން، މިހާތަނަށް އަތޮޅަށް އައި އެންމެ ވަޅޯ ކައުންސިލް އެންމެ ނަގާބިލް ކައުންސިލް. އިއްޔެ މިއަދަކު ނޫން ހޫނު ފެނަށްވެއްޓެންވީ ވެއްޓި އަރައިނުގަނެވޭހާ ދަރަޖައިގަ ތިބި 04 ޕަޕެޓް އޭ. ރައީސްއަކީ ނައިބްރައީސްގެ ޕަޕެޓް. ހޮޅުދޫ ރައުޝަމް އަކީ ރައީސްގެ ޕަޕެޓް. ތަނެއް ދޮރެއް އެނގޭ ސޮރެއްނޫން އޭ. އެކަމުކު ވަރަށް މަތިހަށި ފުޅާވެގަނެގެން އުޅޭނީ. ހޫނުފެނަށް ވެއްޓުނީ އޭ ކިޔައިގެން ތެޅި އަރުވައި ގަތީމަ ޕަޕެޓުން އޮރިޔާންވާނީ

  • ZVMonday 4th March 2019

    Naibu Hamatha ?

  • ޒައީމްSaturday 2nd March 2019

    ބަލަ އާދަނާ އެއީ ކަލޭ ތިޔަކިޔާ ކަހަލަ ރިޕޯރޓް ހަދާފަ ފޮނުވަން ޖެހޭ އެއްޗެއް ނޫނޭ ފޯމްއެއް ފިލްކޮށްފަ ކަންކަން ކުރި ލިޔުންތައް ( ކިތާބީ ހެކި ) ފޮނުވަންޖެހޭ ކަމެކޭ އެވަރުވެސް ތިމާއަށް ނޭގެ އެކަމަކު ނޫސް ތަކަށް މައުލޫމާތު ދޭން އުޅެންވާނެ ހަމަ ތަނެއް ދޮރެއްވެސް ނުދަންނަނީދޯ މިއާދަނު

  • ސިޔާމްSaturday 2nd March 2019

    ނ. އަތޮޅު ގޭގެ ކޮޓަރިއެއްގެ ކުއްޔަކީ ދުވާލަކު 16.67 ރުފިޔާ ލިވިންގ އެލަވަންސް މަހަކު 4000.00 މުސާރަ މަހަކު 22000.00 އޮފީހުގެ ރަސްމީގަޑި 10.30 ން 12.00 އަށް މިއީ ފިޔަވަޅު އަޅަން ވިދާޅުވާ ނައިބް ރައީސް އާދަމް ފާއިޒުގެ ޑިއުޓީއޮންނަ ގޮތް ރައީސަށް ބިރުދައްކައިގެން ރައީސްކަން ކުރަނީ ނައިބް ރައީސް އާދަމް ފާއިޒް އިސްތިއުފާ ހުރިހާ ކައުންސިލަރުން އިސްތިއުފާ

  • ހުސައިންSaturday 2nd March 2019

    ފުރަތަމަ ފިޔަވަޅު އަޅަންވީ ބޭފުޅާ އެހެން ތިޔަ ވިދާޅުވީ ވަރަށް ސަޅި މިދައުރުގަ އަދި 10.30 ން 12.00 އަށް އޮފީސްގަޑި ހަމަޖައްސައިގެން ދައުރު ެނިންމަނީ ތާހިރުދަޯ އަތޮޅުގެއިން މަހަކަށް 500 ރުފިޔާ އަށް ކޮޓަރި ނަގައިގެން ލާމަރުކަޒީ ޤާނޫނުގެ ދަށުން ހަދާފަ އޮންނަ ޤަވާޢިދުގަ އިދާރީ ހިންގުމުގެ ހުރިހާ ޒިންމާއެއް ނަގަން ޖެހޭ މީހަކީ ނައިބް ރައީސް އެކަމަކު ނައިބު ރައީސަށް އޭ ފޮނުވަންޖެހޭ އެއްޗެއްކަންވެސް އެގިގެން އެއުޅެނީ އެލް ޖީ އޭ އިން ތިޔަ ރިޕޯޓް ނެރުނީމަ 22000 ރުފިޔާ މަހަކު ނަންގަވާ މާތްﷲ ގަންދީ ހުވާކޮށްގެން އެހުންނެވީ އެކަންކަން ކުރާނެކަމަށް

މި ލިޔުމަށް ކޮމެންޓްކުރަށްވާ