• އަހުމަދު ރީހާން ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ

އެމްޑީއޭ އިން ރީހާން އިސްތިއުފާ ދެއްވައިފި

އެމްޑީއޭގެ ޒުވާނުންގެ މަޖިލިސްގެ ރައީސް ކަމުންނާއި އެމްޑީއޭ ކައުންސިލް މެމްބްރު ކަމުން  އަހުމަދު ރީހަން އިސްތިއުފާ ދެއްވައިފި އެވެ.

ރިހާން އިސްތިއުފާ ދެއްވިކަން އިއުލާން ކުރައްވާފައި ވަނީ އޭނާގެ ފޭސްބުކްގަ އެވެ. ފޭސްބުކް ޕޯސްޓްގައި ރީހަން ވަނީ އޭނާ ރެއިން ފެށިގެން އެމްޑީއޭގެ މަގާމުތަކުގެ އިތުރުން އެމްޑީއޭގެ މެމްބަރުކަމުން ވެސް އިސްތިއުފާ ދެއްވި ކަމަށެވެ.

ރީހަން އަންނަނީ އުނގޫފާރު ދާއިރާ އަށް ކުރިމަތިލައްވާނެކަން އިއުލާންކޮށް ކެމްޕެއިން ވެސް ކުރަމުންނެވެ. ބެލެވޭ ގޮތުގައި ރީހާން ޕާޓީން ވަކިވެ ވަޑައިގެންނެވީ އުނގޫފާރު ދާއިރާގެ ޓިކެޓް ނުލިބުމުގެ ސަބުންނެވެ.

އިސްތިއުފާ ދެއްވިކަން އިއުލާން ކުރި ސްޓޭޓަސްގެ ކުރިން ރީހާން ވަނީ "ޖަސްޓިސް ފޯ ރީހަން" ޖެހުމަށް ފަހު ޕޯސްޓެއް ޝެއާ ކޮށްފަ އެވެ.

ކިޔުންތެރިންގެ ކޮމެންޓް

މި ލިޔުމަށް ކޮމެންޓްކުރަށްވާ