• ވެލިދޫ ކައުންސިލް އިދާރާ

ވެލިދޫގައި އެއްގަމު އުޅަނދު ލައިސަންސް ޓްރެކެއް އެޅުމަށް ނިންމައިފި

ނ. ވެލިދޫގައި އެއްގަމު އުޅަނދު ލައިސަންސް ޓްރެކެއް އެޅުމަށް ރަށު ކައުންސިލުން ނިންމައިފި އެވެ.

މި ގޮތަށް ނިންމާފައި ވަނީ ވެލިދޫ ކައުންސިލްގެ ތިން ވަނަ ދައުރުގެ 84 ވަނަ ބައްދަލުވުމުގަ އެވެ. ވެލިދޫ ކައުންސިލްގެ ރައީސް އަސްމާ ހުސެއިން އަދި ނައިބް ރައީސް އަހުމަދު ޖައުފަރު ބައިވެރިވި މި ބައްދަލުވުމުގައި ޓްރެކެއް އެޅުމަށް ހުށަހަޅާފައި ވަނީ އަސްމާ އެވެ. އަސްމާ ހުށަހެޅުމުން ޖައުފަރު ވަނީ މިކަމަށް ތާއިދުކޮށްފަ އެވެ. އެ ހުށަހެޅުމުގައި ވަނީ ބިން ސާފުކޮށް ޓްރެކެއް އެޅުމަށް ހަރަދުކުރުމަށް ނިންމާ އިއުލާންކުރާ ގޮތަށެވެ.

އެންޑީ އަށް މައުލޫމާތު ލިބޭ ގޮތުން ލައިސަންސް ޓްރެކެއް އެޅުމަށް ނިންމާފައި ވަނީ ވެލިދޫ ބޮޑުމަގުކޮޅާ ދިމާލުން ކުރީގެ ކުނިކޮށި ހިމެނޭ ސަރަހައްދުގަ އެވެ.

ކިޔުންތެރިންގެ ކޮމެންޓް

މި ލިޔުމަށް ކޮމެންޓްކުރަށްވާ