• ނ.ވެލިދޫ ކައުންސިލްގެ އިދާރާ

ވެލިދޫ ކައުންސިލްގެ ވެބްސައިޓެއް ހަދަނީ

ނ. ވެލިދޫ ކައުންސިލުންދޭ ހިދުމަތްތައް ޒަމާނީ ވަސީލަތްތައް މެދުވެރިކޮށް ދިނުމަށްޓަކައި އެކައުންސިލްގެ ރަސްމީ ވެބްސައިޓެއް ގާއިމުކުރުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށް ވެލިދޫ ކައުންސިލުން ބުނެފި އެވެ.

އެންޑީ އަށް މައުލޫމާތު ލިބުން ގޮތުން ބިޑް އުސޫލުން ބަޔަކާ ހަވާލުކޮށް ވެބްސައިޓްގެ ޑިޒައިން މަސައްކަތްތައް ވެސް މިހާރު ވަނީ ފަށާފަ އެވެ. އަދި ވަރަށް އަވަހަށް އެ ވެބްސައިޓް މެދުވެރިކޮށް، ރައްޔިތުންނަށް ހިދުމަތް ލިބޭނެ ކަމަށް ބެލެވެ އެވެ.

މި ވެބްސައިޓްގައި ކައުންސިލުން ހިންގާ ގުރުއާން ކުލާހުގެ މައުލޫމާތުތަކާއި، ވެލިދޫގެ މައުލޫމާތުގެ އިތުރުން ކައުންސިލުންކުރާ އިއުލާންތަކާއި، މުހިއްމު ފޯމުތައް ޑައުންލޯޑްކުރެވޭނެ ކަމަށް ވެސް މައުލޫމާތު ލިބެ އެވެ.

 

ކިޔުންތެރިންގެ ކޮމެންޓް

މި ލިޔުމަށް ކޮމެންޓްކުރަށްވާ