މަޝްހޫރު ފިލްމު ޕުރޮޑިއުސަރ ފާތިމަތް ނަހުލާގެ "ބޮސް" ވެލިދޫގައި އަޅުވަނީ.

މަޝްހޫރު ފިލްމު ޕުރޮޑިއުސާރ  ފާތިމަތް ނަހުލާގެ އަސަރުގަދަ ލޯބީގެ  ފިލްމު "ބޮސް" 9 ނޮވެމްބަރ 2017 ވަނަދުވަހުގެރޭ (މިރޭ) ނ.ވެލިދޫގައި ދެއްކުމަށް ވަނީ ހަމަޖެހިފައެވެ. ނ.ވެލިދޫގައި މިފިލްމު ދެއްކުމަށް ހަމަޖެހިފައި ވަނީ ނޮވެމްބަރު މަހުގެ 9، 10 ގައި ނ.ވެލިދޫ މަގޭ ސިނަމާގައެވެ.

ވެލިދޫގައި 2 ޝޮވް ދެއްކުމަށް ހަމަޖެހިފައިވާއިރު މިރޭގެ ޝޯވް ވަނީ ފުލްވެފައެވެ. ވެލިދޫއަކީ މިފިލްމު ނ.އަތޮޅުން ދައްކާ ފުރަތަމަ ރަށްކަން ފާހަގަކުރަމެވެ. މިފިލްމު ވެލިދޫގައި ދައްކަނީ މިފަހަކަށް އައިސް ދިވެހި ފިލްމު ވެލިދޫގައި ދައްކަމުން އަންނަ ބައޮކަލޯ ޖަމުއިއްޔާއިންނެވެ. މީގެ ކުރިން ބައޮކަލޯ ޖަމުއިއްޔާގެ ފަރާތުން ވަނީ "4426" އަދި "ހައްދު" ފިލްމު ވެލިދޫގައި ކާމިޔާބް ކަމާއިއެކު އަޅުވާފައެވެ.

ކިޔުންތެރިންގެ ކޮމެންޓް

  • ބޮކިThursday 9th November 2017

    ބޮސް ރަނގަޅޭ ބުނީ ޞޯދުބެ

މި ލިޔުމަށް ކޮމެންޓްކުރަށްވާ