ވެލީދޫގެ އެކިސަރަހައްދުތަކުން ކަރަންޓު ކަނޑަމުންދަނީ.....

ފެނަކަ ވެލިދޫ ބުރާންޗްގައި ކަރަންޓުދިނުމަށް ބޭނުންކުރާ 300 ކިލޯ ވޯޓްގެ ޖަނޭޓަރަކަށް ދިމާވި މައްސަލައަކާ ގުޅިގެން މިޔަދު ހެނދުނުން ފެށިގެން ރަށުގެ އެކި ސަރަހައްދުން ކަރަންޓު ކަނޑަމުން އެބަގެންދެއެވެ. މިގޮތަށް ސަރަހައްދުތަކުން ކަރަންޓު ކަނޑަމުން ދަނީ ކޮންމެ ސަރަހައްދަކުންވެސް 1 ގަޑީރަށެވެ.

މިޔަދު ހެނދުނު ފެނަކަ ވެލިދޫ ބުރާންޗުން ދިން އެނުންސްމެންޓުގައި ވާގޮތުން މައްސަލަ ހައްލުވަންދެން ރަށުގެ އެކި ސަރަހައްދު ތަކުން ކަރަންޓު ކަނޑަމުންދާނެއެވެ. ނަމަވެސް ޖަނަރޭޓަށް ދިމާވެފައިވާ މައްސަލަ ހައްލުވާނެ ވަގުތެއް އެނގިފައެއް ނުވެއެވެ.

ނޫނު ޑެއިލީއަށް މައުލޫމާތު ލިބިފައިވާ ގޮތުން ޖަނެރޭޓަރަށް ދިމާވި މައްސަލަ ހައްލު ކުރެވެން އަންނަނީ މާލެއިންބައެއް އިކުއިޕްމެންޓްގެނެސްގެންނެވެ.

މައްސަލަ ހައްލު ނުވާނަމަ މިރޭވެސް އެކިސަރައްދު ތަކުން ކަރަންޓުދަނެއެވެ. މިކަމުގެ ސަބަބުން އާންމުނަނަށް ގިނަގުނަ ދަތިތަކެއްދިމާވަމުން ދާކަން ފާހަގަ ކުރަމެވެ.

ކިޔުންތެރިންގެ ކޮމެންޓް

  • KiyunteriyaaMonday 25th September 2017

    Dhivehi bahun liyuniyyaa faafaverivaneethka ?

މި ލިޔުމަށް ކޮމެންޓްކުރަށްވާ