ނ. އަތޮޅު ތަޢުލީމީ މަރުކަޒްގެ 2016 ވަނަ އަހަރުގެ އިނާމް ދިނުމުގެ ޖަލްސާ ބާއްވައިފި!

2016  ވަނަ އަހަރުގެ އިނާމް ދިނުމުގެ ޖަލްސާ ނ.އަތޮޅު ތަޢުލީމީ މަރުކަޒްގައި ބާއްވައިފިއެވެ. މިޖަލްސާ ބާއްވާފައިވަނީ18 އޯގަސްޓް 2017 ވީ  ހުކުރު ދުވަހުގެ ރޭ ނ.އަތޮޅު ތަޢުލީމީ މަރުކަޒްގެ ރިހިމާލަމްގައެވެ. މިޖަލްސާގެ ޝަރަފްވެރި މެޚްމާނަކީ ޑިޕާޓްމެންޓް އޮފް ހަޔަރ އެޑިޔުކޭޝަންގެ ޑިރެކްޓަރ ޖެނެރަލް ޑރ. އަބްދުއްރަޚްމާން ހަސަންއެވެ.

މިޖަލްސާގައި  ކްލާސް ޕްރައިޒް، ކްލާސް ޕްރޮގްރެސް ޕްރައިޒް ، ސަބްޖެކްޓް ޕްރައިޒް ، އޮނަރލިސްޓެޑް އެވޯޑް އަދި މިދިޔަ އަހަރު އޯލްވެލް އިމްތިޚާނުން ގަދަ 5 އެއް ހޮވާ އިނާމް ދެއްވިއެވެ. މީގެ އިތުރު ޕީޓީއޭގެ ފަރާތުން ދެއްވާ 65 އިންސައްތައަށް ވުރެ މަތިން ފާސް ކޮށްދެއްވާ މުދައްރިސުންނަށް ދެއްވާ އެވޯޑާ ޑިސްޓިންކްޝަން ހޯދާ ދަރިވަރުންނަށް ދެއްވާ އެވޯޑް ދެއްވިއެވެ.

ވޭތުވެ ދިޔަ އަހަރު ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް ހޮވިފައިވަނީ މިދިޔަ އަހަރު ގްރޭޑް 10 އޭ ގެ ދަރިވަރު ނ. ވެލިދޫ އިވްނިންގ ފްލާވަރ މުޙައްމަދު ޔާނިއު ލަތީފެވެ. ޔާނިޢު ވަނީ ރާއްޖޭގެ ގަދަ ދެވަނައިގައިވެސް ހިމެނިފައެވެ. އަދި މީގެ އިތުރުން މުޅި ދުނިޔޭން ކޮމާސް މާއްދާއިން 4 ވަނަ ވެސް ޔާނިޢުވަނީ  ހޯދާފައެވެ.

މިޖަލްސާގައި ނ. އަތޮޅު ތަޢުލީމީ މަރުކަޒްގެ ޕްރިންސިޕަލް ދެއްކެވި ވާހަކަފުޅުގައި ކިޔެވުމުގެ މުހިންމުކަމާ ދަރިވަރުން ކިޔެވުމަށް ދެއްވަންވީ ސަމާލުކަމުގެ މައްޗަށް އަލި އަޅުވާލައްވާ ވާހަކަފުޅު ދެއްކެވިއެވެ. މީގެ އިތުރު  ތަޢުލީމުދޭ މުއައްސަސާއަކަށް ބެލެނިވެރިންނާއި މުޖުތަމަޢުގެ ދައުރުގެ މުހިންމު ކަމުގެ މައްޗަށް އަލި އަޅުވާލައްވާ ވާހަކަފުޅު ދެއްކެވިއެވެ.

ޖަލްސާގެ ޝަރަފްވެރި މެޚްމާންގެ ވާހަކަފުޅުގައި މިދިޔަ އަހަރު ނ.އަތޮޅު ތަޢުލީމީ މަރުކަޒުން ފަސް މާއްދާއިން ފާސްވި ނިސްބަތް 100 އިންސައްތަ ހޯދާފައިވާތީ މަރުޚަބާ ދެންނެވިއެވެ. މީގެ އިތުރުން 100 އިންސައްތަ ދެމެހެއްޓުމާއި އެކަމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލައްވާ ވާހަކަފުޅު ދެއްކެވިއެވެ. އަދި މިއަހަރު 100 އިންސައްތައިގައި ނުހިފެހެއްޓި ފަހަރުގައި ހިނގައިދާނެ ކަމަށާއި އެއީ އެއްގޮތަކަށްވެސް މި މަރުކަޒް ބޮޑުތަނުން ދަށްވީކަމަށް ނުދެކުމަށް ހަދާންކޮށްދެއްވިއެވެ.

ކިޔުންތެރިންގެ ކޮމެންޓް

މި ލިޔުމަށް ކޮމެންޓްކުރަށްވާ