ވެލިދޫ ހުޅަނގު ފަރާތު ގޮނޑު ދޮށުގައި ޕާކެއް ތަރައްގީ ކުރުމަށް ރެސްޓް ބްލޮކްސް އާ ހަވާލު ކޮށްފި.

 ނ. ވެލިދޫ އާޓިފިޝަލް ބީޗް ސަރަހައްދުގައި ޕާކެއް ތަރައްގީ ކުރުމަށް ރަށު ކައުންސިލުން ރެސްޓް ބްލޮކްސް (އާރްބީ) އާ އިއްޔެ ހަވާލު ކޮށްފި އެވެ.

ރެސްޓް ބްލޮކްސް އިން އެދިގެން ވެލިދޫ ކައުންސިލުން މި ސަރަހައްދު އެކުންފުންޏާ ހަވާލުކޮށްފައި ވަނީ ދެ އަހަރު ދުވަހުގެ މުއްދަކަށެވެ. ޕާކް ސަރަހައްދު ހަވާލުކުރުމުގެ އެއްބަސްވުމުގައި ވެލިދޫ ކައުންސިލްގެ ފަރާތުން ސޮއިކުރެެއްވީ ރައީސް އަސްމާ އެވެ. އާރްބީގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑައިރެކްޓަރ އަހުމަދު ރިޝާން އެވެ.

ސޮއިކުރުމުގެ ރަސްމިއްޔާތަށް ފަހު ރިޝާން ވިދާޅުވީ މިއީ އެކުންފުނީގެ އިޖްތިމާއީ ޒިންމާގެ ދަށުން މިހާތަނަށް ހިންގާ އެންމެ ބޮޑު ޕްރޮޖެކްޓް ކަމަށެވެ.

%de%84%de%84%de%84%de%84%de%84

"އަޅުގަނޑުމެން އެ ސަރަހައްދު ތަރައްގީ ކުރާނީ އަމިއްލަ ތަކެތީގައި. މިފަދަ ކަމެއް އަޅުގަނޑުމެން ކުރުމުގެ ބޭނުމަކީ އަޅުގަނޑުމެން ނަމޫނާ އަކަމަށް ބަލައިގެން ވެލިދޫ ހިތްގައިމު ކުރުމަށް އެހެން ކުންފުނިތައް ވެސް އިސްނަގައިގެން މިފަދަ ކަންކަން ކުރުން،" ރިޝާން ވިދާޅުވި އެވެ.

%de%84%de%84%de%84%de%84%de%84%de%84%de%84%de%84%de%84%de%84%de%84%de%84%de%84%de%84

. އާރްބީން ބުނީ ޕާކަކާ އެއްކޮށް އެ ސަރަހައްދު ތަރައްގީ ކުރާނީ މޫދަށްދާ މީހުންނަށް ފެންވަރާނެ ނިޒާމެއް ވެސް ހިމެނޭ ގޮތަށް ކަމަށެވެ. މީގެ އިތުރުން ބާބަކިއު ސަރަހައްދަކާއި ކުދިން އުނދޯލި ހެއްލާލާނެ ސަރަހައްދެއްގެ އިތުރުން ބީޗް ވޮލީ ކޯޓެއް ތަރައްގީ ކުރުމަށް ވެސް އެކުންފުނިން ނިންމާފައިވެ އެވެ.

%de%84%de%84%de%84%de%84

%de%84%de%84%de%84%de%84%de%84%de%84%de%84

 އާރުބީން މިހާރު ވެސް ވަނީ އެސަރަހައްދު ފެހިކުރުމުގެ މަސައްކަތް ފަށާފަ އެވެ. އަދި ޕާކުން ގޮނޑުދޮށަށް ފޭބެނެ ގޮތަށް ސިޑިތަކެއް ވެސް ވަނީ މިހާރު ހަދާފަ އެވެ. ރެސްޓް ބްލޮކްސް އިން ބުނީ މި ސަރަހައްދު ތަރައްގީކޮށް ނިމުމުން އެއީ ވެލިދޫގެ އެންމެ ހިތްގައިމު އެއް ސަރަހަދަށް ވެގެންދާނެ ކަމަށެވެ.

ކިޔުންތެރިންގެ ކޮމެންޓް

މި ލިޔުމަށް ކޮމެންޓްކުރަށްވާ