އަލީ މޫސާ ކަލޭފާނު މެމޯރިއަލް ވެލިދޫ ސޮކަރ ކަޕް 2017ގެ ފައިނަލްގައި ބައްދަލު ކުރާނީ ކުލަބް އެމުނި އަދި ކުލަބް ސްޓިލްރެޑް

އަލީ މޫސާ ކަލޭފާނު މެމޯރިއަަލް ވެލިދޫ ސޮކަރ ކަޕް 2017ގެ ފައިންލްގައި މާދަމާ ހަވީރު ބައްދަލު ކުރާނީ ކުލަބް އެމުނި އަދި ކުލަބް ސްޓިލްރެޑްއެވެ. ކުލަބް ސްޓިލްރެޑް ފައިންލްގެ ޖާގަ ކަށަވަރު ކުރީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެން ޖުމްލަ 9 ޕޮއިންޓާއި އެކުގައެވެ. ކުލަބް އެމުނި ފައިނަލަށް ދިޔައީ ކުޅުނު 3 މެޗްގެ ތެރެއިން 2 މެޗް ކާމިޔާބްކޮށްގެން ޖުމުލަ 6 ޕޮއިންޓާއި އެކުގައެވެ. ކުލަބް އެމުނި ކުޅުނު 3 މެޗްގެ ތެރެއިން ބަލިވީ ކުލަބް ސްޓިލްރެޑްއާއި އެއްކޮށް ކުޅުނު މެޗުންނެވެ. މިމުބާރާތުގައި ކުޅުނު ހުސްއަލި ސްޕޯޓްސްއަށް 3 ޕޮއިންޓް ލިބުނުއިރު ލީޑްސްޓާރ ސްޕޯޓްސް ކުލަބަށް އެއްވެސް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.

މިމުބާރާތަކީ ބައޮކަލޯއާއި ޔަންގް ވިސްޑަމް އަދި ވެލިދޫ ޕޮލިސް ގުޅިގެން އިންތިޒާމް ކުރާ މުބާރާތެކެވެ. މިމުބާރާތުގެ ޗެމްޕިއަން ޓީމަށް 20000 ރުފިޔަ އަދި ރަނަރަޕް ޓީމަށް 10000 ރުފިޔާ ދިނުމަށް ހަމަޖެހިފައިވާކަމަށް މުބާރާތް އިންތިޒާމް ކުރާ ފަރާތުން މައުލޫމާތް ދިނެވެ.

ކިޔުންތެރިންގެ ކޮމެންޓް

މި ލިޔުމަށް ކޮމެންޓްކުރަށްވާ