އެންޑީން ފޭސްބުކް މެދިވެރިކޮށް ލައިވް ކުރުން: ހަބަރު ފެތުރުމަށް ގިރާކުރި އިތުރު ހަރުފަތެއް

ނޫނު ޑެއިލީ ( އެންޑީ) އަކީ ނ. ވެލިދޫ އާއި އަތޮޅުގެ މައުލޫމާތު ވީހާ ވެސް ގާތުން ރައްޔިތުންނަށް ގެނެސްދިނުމަށްޓަކައި މަސައްކަތް ކުރަމުން އަންނަ ނޫހެކެވެ. މި ނޫސް ފުރަތަމަ އަޕްޑޭޓް ކުރަން ފަށާފައި ވަނީ 27 ޖޫން 2014 ވަނަ ދުވަހު އެވެ. އެއަށް ފަހު ކިއުންތެރިން ގަޔާވާ ފަދަ ތަފާތު ހަބަރާއި ވާހަކައާއި ތާރީހީ ގިނަ މައުލޫމާތުތަކެއް ކިއުންތެރިންނާ ހިސާބަށް މި ނޫހުން ވާނީ ގެނެސްދީފި އެވެ. އަދި މި ރެއަކީ ނޫހުގެ ކުރިމަގަށް އިތުރު ހަރުފަތެއް ގިރާ ކުރި އަދި އިތުރު ހިތްވަރަކާ އެކު އެންޑީގެ ޓީމުން މަސައްކަތްފެށި، ފަހުރުވެރި ރެ އެކެވެ. ނޫނު ޑެއިލީން ވަނީ މިރޭ ފުރަތަމަ ފަހަރަށް ނޫހުގެ ފޭސްބުކް ޕޭޖް މެދުވެރިކޮށް ލައިވްކޮށް ޖަލްސާއެއް ގެނެސްދީފަ އެވެ. ނ. ވެލިދޫ އާ ކައުންސިލުން ރައްޔިތުންނާ އަލަށް ބައްދަލުކުރި ޖަލްސާ ފޭސްބުކް ލައިވް މެދުވެރިކޮށް ގެނެސްދީފައި ވަނީ ނޫހުގެ މިހާރުގެ އެޑިޓަރު އަދި ނ. ވެލިދޫ ކުރީގެ ކައުންސިލްގެ ރައީސް އަލީ އަހުމީންގެ ވިސްނުމާ އެއްގޮތަށް ވަރަށް ފުރިހަމަކޮށެވެ. އެޑިޓަރުކަމާއި ހަވާލުވުމަށް ފަހު، އަހުމީންގެ ފަރާތުން ނޫހުގެ ކުރިމަގު އިތުރަށް އުޖަލާ ކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ. އެގޮތުން ކުރިޔަށް ވުރެ ބޮޑަށް ނޫހުގެ އާޓިކަލްތައް އިތުރުކޮށް، ނޫސް އަޕްޑޭޓް މިހާރު ވަނީ ކުރިޔަށް ވުރެ، އެތައް ގުނަ އަކަށް އިތުރުކޮށްފަ އެވެ. އަދި ފޭސް ބުކްލައިވް ކަވަރޭޖާއެކު ނޫހުގެ މަގުބޫލްކަން ސޯޝަލް މީޑިއާގައި ވެސް އިތުރުވެގެންދާނެ އެވެ. އެންޑީގެ ފުރަތަމަ ލައިވް އަށް ބަލާއިރު 400 އަށް ވުރެ ގިނަ ފަހަރު މިހާތަނަށް ލައިވް ފީޑް ވަނީ ބަލާފަ އެވެ. އަދި މި ޖަލްސާ 1600 އަކަށް ވުރެ ގިނަ މީހުންނާ ހިސާބަށް ފޭސްބުކް މެދުވެރިކޮށް ވަނީ ވާސިލްވެފަ އެވެ. މިއީ މި ނޫހުގެ ފުރަތަމަ ލައިވް ޖަލްސާއާ ބަލާއިރު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް ނޫނު ޑެއިލީގެ މެނޭޖްމެންޓުން ދެކެވެ. މިކަމަށްޓަކައި އަހްމީންނަށް މެނޭޖްމެންޓްގެ ފަރާތުން ހާއްސަ ޝުކުރެއް ރައްދު ކުރަމެވެ. މި އާ ފެށުމާއި އެކު ހަމައެކަނި އާޓިކަލްތަކެއްގެ ބަދަލުގައި ކުރިއަށް އޮތްތާ މުހިއްމު ގިނަ ކަންކަމެއް ނޫނު ޑެއިލީގެ އެފްބީ ޕޭޖް މެދުވެރިކޮށް ގެނެސްދޭނެކަމުގެ އުފާވެރި ހަބަރު އެންމެހާ ކިއުންތެރިންނަށާއި އަދި ބެލުންތެރިންނަށް ނޫހުގެ މެނޭޖްމަންޓުން ދެމެވެ. ކިއުންތެރިން ތިގޮތުގައި ނޫހާ އެކު ތިބޭކަމުގައިވާނަމަ މި ނޫސް ހިންގުމުގެ މަގުސަދު ހާސިލްވާނެކަމުގެ ޔަގީންކަން އެބައޮތެވެ. ކިއުންތެރިންނާ އަދި ބެލުންތެރިންނާއި ނުލައި މި ނޫސްގެ ކުރިމަގެއް ނެތެވެ. އެހެންވެ ކިއުންތެރިންނަށާއި އަދި ބެލުންތެރިނަށް ނޫހުގެ މެނޭޖްމަންޓްގެ ފަރާތުން ހާއްސަ ޝުކުރެއް ރައްދުކުރަމެވެ.

ކިޔުންތެރިންގެ ކޮމެންޓް

  • މުހައްމަދު އާނިސްSaturday 15th July 2017

    ވަރަށް ފުރިހަމަ އާޓިކަލްއެއް. ނޫނު ޑެއިލި ވަރަށް އަޕްޑޭޓް.

މި ލިޔުމަށް ކޮމެންޓްކުރަށްވާ