ވެލިދޫ ކަނޑުތޮށި ފެހިކުރުމަށް ރެސްޓް ބްލޮކްސް އިން ފިތުރޯނު ގަސް އިންދައިފި

ނ. ވެލިދޫ ބަނދަރުގައި ހިމެނޭ ކަނޑުތޮށި ފެހި ކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ރެސްޓް ބްލޮކްސް ޕްރައިވެޓް ލިމިޓެޑް ( އާރްބީ) އިން އެ ސަރަހައްދުގައި ފިތުރޯނު ގަސް އިންދައިފި އެވެ.. އާރްބީން ބުނީ ކަނޑު ތޮށި ފެހިކުރުމުގެ ގޮތުން ރުއް ޖަހާފައިވާއިރު ކޮންމެ ދެ ރުކެއް ދޭތެރޭ ދެ ފިތުރޯނު ގަސް އިންދާފައިވާ ކަމަށެބެ. މީގެ ކުރިން އެކުންފުނިން ވަނީ ކަނޑު ތޮށީގައި މެދު ސައިޒުގެ ފަސް ރުއް އިންދާފަ އެވެ. ނަމަވެސް އެ ފަސް ރުކުން ދެ ރުކުގެ ކުރިގަނޑު ވަނީ މިހާރު ހަލާކުވެފަ އެވެ. އާރްބީން ބުނީ ވެލިދޫ ކައުންސިލް މެދުވެރިވެ، އެމްޓީސީސީގައި އެދިގެން ހަލާުކުވެފައިވާ ދެ ރުއް ނެގުމަށް އެދިފައިވާނެ ކަމަށެވެ. އަދި އެދެރުއް ނެގުމުން އެތަނުގައި އާ ދެ ރުއް އިންދާނެ ކަމަށް ވެސް އާރްބީން މައުލޫމާތުދެ އެވެ. އާރްބީން ބުނީ ގަސް ޖެހުމުގެ މަސައްކަތް މިހާރު ނިމިފައިވާއިރު، ގަސްތައް ހެދެންދެން އާރްބީން ފެން ދިނުމުގެ މަސައްކަތް ކުރިޔަށް ގެންދާނެ ކަމަށެވެ. އާރްބީން ވަނީ 2014 ވަނަ އަހަރުގެ ފަހު ކޮޅު ވެލިދޫ ފަސް ގަނޑު ފެހިކުރުމުުގެ މަސައްކަތް ވެސް ފަށާފަ އެވެ. އެގޮތުން މިހާރު ވަނީ އެ ސަރަހައްދުގައި ގަހާ ރުއް އިންދާ ކާމިޔާބު ޕްރޮޖެކްޓަކަށް ހަދާފަ އެވެ.

ކިޔުންތެރިންގެ ކޮމެންޓް

މި ލިޔުމަށް ކޮމެންޓްކުރަށްވާ