ފިތުރު ޒަކާތް ވެލިދޫގައި ބަހަން ފަށައިފި

ނ.ވެލިދޫގައި ފިތުރު ޒަކާތް ބެހުން މިރޭ 8:30 އިން ފެށިގެން ކުރިޔަށް އެބަދެއެވެ. ފިތުރު ޒަކާތަކީ ތިމާއާއި ތިމާ ޙަރަދުދީ ބަލަހައްޓަން ޖެހިފައިވާ މީހުންނަށް ޢީދު ދުވަހާއި ޢީދު ވިލޭރެއަށް ބޭނުންވާ ކާބޯ ތަކެތި ހުރެ އިތުރު ވެއްޖެ ނަމަ ދޭންޖެހޭ އެއްޗެކެވެ. ފިތުރު ޒަކާތް ނެރެންޖެހޭ މިންވަރަކީ ޞާޢެއްގެ މިންވަރަށެވެ. އެއީ 2.4 ކިލޯ ގުރާމެވެ. ނުވަތަ އެއައްވާ ފައިސާއެވެ. ރައްޖޭގައި ފިތުރު ޒަކާތް ދައްކަމުން އަންނަނީ ދިވެހިންގެ މައިގަނޑު ކެއުން ކަމުގައިވާ ހަނޑުލުގެ އަގުންނެވެ.

ވެލިދޫގައި ފިތުރު ޒަކާތް ބަލައިގަންނަން ފެށީ ރަމަޟާން މަހުގެ 2 ވަނަ ދުވަހުއެވެ. ފިތުރު ޒަކާތުގެ ގޮތުގައި 22 ޖޫން 2017 ވަނަދުވަހުގެ ނިޔަލަށް 31،741.60 (ތިރީސް އެއްހާސް ހަތްސަތޭކަ އެއް ރުފިޔާ ފަސްދޮޅަސް ލާރި) ވެލިދޫ ކައުންސިލަށް ދެއްކިކަމަށް ކައުންސިލުން މައުލޫމަތު ދިނެވެ. ޖުމުލަ 1387 މީހުން ފިތުރު ޒަކަތް ވެލިދޫގައި ދެއްކިއިރު 76 މީހުން ފަގީރުންގެ ގޮތުގައި ލިސްޓްކުރެވުނު ކަމަށް ކައުންސިލްގެ ރައީސް އަސްމާ ހުސެއިން މައުލޫމާތު ދެއްވިއެވެ. އެގޮތުން ޒަކާރުގެ ގޮތުގައި ލިބުނު ފައިސާއިން ކޮންމެ ފަގީރެއްގެ ބޮލަކަށް ޖެހިފައިވަނީ 417.65 (ހަތަރު ސަތޭކަ ސަތާރަ ރުފިޔާ ފަސްދޮޅަސް ފަސްލާރި) އެވެ. މިހާރުވެސް ވެލިދޫ ކައުންސިލުން ފިތުރު ޒަކާތް ބަހަމުން ދެއެވެ.

ކިޔުންތެރިންގެ ކޮމެންޓް

މި ލިޔުމަށް ކޮމެންޓްކުރަށްވާ