ދިރާގު 5 ގަޑިއިރު ކުރިން ދިރާގުން 4ޖީ އެލްޓީއީ ހިދުމަތް މުޅި ރާއްޖެއަށް ފުޅާކުރަނީ

ދިރާގުގެ 4ޖީ އެލްޓީއީގެ ހިދުމަތް މުޅި ރާއްޖެއަށް ފުޅާކުރުމުގެ މަސައްކަތް ފަށައިފި އެވެ. މިހާރުވެސް އެންމެ ފުޅާ ދާއިރާއެއްގައި 4ޖީ ނެޓްވޯކް ދޭ މުއާސަލާތީ ކުންފުންޏަކީ ދިރާގެވެ.

ދިރާގުން ބުނީ މި ހިދުމަތް ފޯރުކޮށްދިނުމަށް ބޭނުންވާ ސިސްޓަމްތަކާއި އެހެނިހެން އާލާތްތައް ހޯދުމަށް އެންމެ ފުންނާބު އުސް ދެކުންފުންޏަކާއި އެކު މިހާރު އެއްބަސްވެފައިވާ ކަމަށެވެ. ދިރާގުން މިހާރުވެސް ރާއްޖޭގެ އާބާދީގެ 60 ޕަސެންޓަށް 4ޖީ އެލްޓީއީގެ ހިދުމަތް ފޯރުކޮށްދެ އެވެ. އަދި ދިރާގުން މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ބްރޯޑްބޭންޑުގެ ހިދުމަތް ފޯރުކޮށްދީ ފުރިހަމަ 3ޖީ ނެޓްވޯކެއް މުޅި ރާއްޖޭގައި ވަނީ ގާއިމްކޮށްފަ އެވެ.

ދިރާގުން ބުނީ މިޕްރޮޖެކްޓު އަންނަ އަހަރު ނިމުމުގެ ކުރިން ނިންމާނެ ކަމަށެވެ. އަދި މި ހިދުމަތް ގާއިމްކުރެވުމުން އަތޮޅުތެރޭގައިވެސް ހޯމް ބްރޯޑްބޭންޑުގެ ހިދުމަތް އެތައްގުނައެއް ހަލުއިވެ ފުރިހަމަ ވެގެންދާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

މި ހިދުމަތަކީ ރައްޔިތުންގެ ދިރިއުޅުމާއި ގުޅުންހުރި ކަންކަމަށް ވުމުން ޑިޖިޓަލް ހިދުމަތްތައް މެދުވެރިކޮށް ކުންފުނީގެ ހިދުމަތްތަކަށް އިތުރު ފުރިހަމަކަމެއް ގެންސްދިނުމަށް ފޯރުކޮށްދޭ ހިދުމަތެއް ކަމަށްވެސް ދިރާގުން ބުންޏެވެ. މި ހިދުމަތް ފޯރުކޮށްދިނުމަށް ރާއްޖޭގެ އުތުރާއި ދެކުނުން އެންމެ ޒަމާނީ ފައިބާ އޮޕްޓިކް ސަބްމެރީން ކޭބަލް ސިސްޓަމެއް ވެސް ދިރާގުންވަނީ ގާއިމްކޮށްފަ އެވެ.

ރާއްޖެއަށް 4ޖީގެ ހިދުމަތް ތައާރަފުކުރުމުގެ ގޮތުން މިހާރު ވަނީ ހއ. ދިއްދޫ، އައްޑޫ ސިޓީ، ޏ، ފުވައްމުލައް، ގއ. ވިލިނގިލި، ގދ ތިނަދޫ، ޅ. ނައިފަރު، ޅ.ހިއްނަވަރު، ރ.ދުވާފަރު، ލ.މަތިމަރަދޫ، ލ.ތުންޑި، ނ.ވެލިދޫ، ދ.ކުޑަހުވަދޫ އަދި ހދ. ކުޅުދުއްފުށީގައިވެސް މިޚިދުމަތް ރަސްމީކޮށް އިފްތިތާހުކޮށްފަ އެވެ.

ދިރާގުން ވަނީ މިދިޔަ އަހަރުގެ ނިޔަލަށް މީހުންދިރިއުޅޭ ހުރިހާ ރަށަކަށް 3ޖީ ފޯރުކޮށްދޭން ފަށާފަ އެވެ.

ކިޔުންތެރިންގެ ކޮމެންޓް

މި ލިޔުމަށް ކޮމެންޓްކުރަށްވާ