ވޯލްޑް ޓްރެވަލް އެވޯޑްސްގެ ތާރީހުގައި ވެސް އެއް ފަހަރާ އެންމެ ގިނަ އެވޯޑް ލިބުނު ގައުމުގެ ޝަރަފް ރާއްޖެއަށް ލިބިއްޖެ އެވެ.
ސަން ސިޔާމް އިރުފުށީގައި ކުރިއަށްދިޔަ މިއަހަރުގެ ވޯލްޑް ޓްރެވަލް އެވޯޑްސް (ޑަބްލިއުޓީއޭ) ގެ ގްރޭންޑް ފިނާލީގައި ރާއްޖެއަށް ޖުމްލަ ބާރަ އެވޯޑް ލިބިފައިވެއެވެ. އެ އެވޯޑްތަކަކީ؛
- ވޯލްޑްސް ލީޑިންގް ބީޗް ޑެސްޓިނޭޝަން 2016
- ވޯލްޑްސް ލީޑިންގް ޑައިވް ޑެސްޓިނޭޝަން 2016
- ވޯލްޑްސް ބެސްޓް ސްޕާ ޑެސްޓިނޭޝަން 2016
- ވޯލްޑްސް ލީޑިންގް ބުޓީކް ކުރޫޒް އެވޯޑް: ފޯ ސީޒަންސް އެކްސްޕްލޮރަރ
- ވޯލްޑްސް ލީޑިންގް ބުޓީކް ވިލާ ރިސޯޓް އެވޯޑް: އަނަންތަރާ ވެލި ރިސޯޓް
- ވޯލްޑްސް ލީޑިންގް އެއާޕޯޓް ރިސޯޓް އެވޯޑް: ހުޅެލޭ އައިލެންޑް ހޮޓެލް
- ވޯލްޑްސް ލީޑިންގް ޑައިވް ރިސޯޓް އެވޯޑް: ކޮންސްޓެންސް މޫފުށި ރިސޯޓް
- ވޯލްޑްސް ލީޑިންގް ޕްރައިވެޓް އައިލެންޑް އެވޯޑް: ކޯމޯ ކޮކޯ އައިލެންޑް ރިސޯޓް
- ވޯލްޑްސް ލީޑިންގް ނިއު ރިސޯޓް އެވޯޑް: އާވީ ނޭޗާސް ޕެރަޑައިސް ރިސޯޓް
- ވޯލްޑްސް ލީޑިންގް އަންޑަވޯޓާ ރެސްޓޯރަންޓް އެވޯޑް: އަނަންތަރާ ކިހާވަށް ރިސޯޓުގެ ކަނޑުއަޑީގެ ރެސްޓޯރަންޓް
- ވޯލްޑްސް ލީޑިންގް ވޯޓާ ވިލާ ރިސޯޓް އެވޯޑް: ސަން އަކުއާ ވިލު ރީފް ރިސޯޓް
- ވޯލްޑްސް މޮސްޓް ރޮމޭންޓިކް ރިސޯޓް އެވޯޑް: ބަރޮސް މޯލްޑިވްސް ރިސޯޓް
ޖުމްލަ ތިރީސް އަށް ކެޓަގަރީއަކުން ފަސްދޮޅަސް އެއް ފަހަރު ރާއްޖޭގެ ރިސޯޓްތައް އެކި އެވޯޑްތަކަށް ނޮމިނޭޓްވެފައިވާއިރު މި އެވޯޑްތަކުގައި ރާއްޖެއާ ވާދަކުރި ގައުމުގެ ތެރޭގައި ނިއުޒިލެންޑް، ހަވާއީ، ތައިލެންޑް، މެކްސިކޯ، އޮސްޓްރޭލިއާ އަދި ސީޝެލްސްގެ އިތުރުން މޮރޮކޯ ހިމެނެ އެވެ.
ވޯލްޑް ޓްރެވަލް އެވޯޑްސް އެންމެ ފުރަތަމަ ދީފައި ވަނީ 1993 ވަނަ އަހަރު އެވެ. އަދި އަހަރަކު އެއްފަހަރު ދޭ މި އެވޯޑްތައް ފާހަގަ ކުރެވިފައިވަނީ ފަތުރުވެރިކަމުގެ ދާއިރާގައި ދޭ އެންމެ ޝަރަފްވެރި ބައިނަލްއަގްވާމީ އެވޯޑް އަދި މި ދާއިރާގެ އޮސްކާ އެވޯޑްގެ ގޮތުގައެވެ.
ކިޔުންތެރިންގެ ކޮމެންޓް