• ފޮޓޯ: ކޮންކޯޑް ގުރޫޕް

ކޮންކޯޑް ކަސްޓަމަރުންނަށް ތަފާތު ރޯދަ ހަދިޔާއެއް!

ސިކްސް އޭ ކޮންކޯޑް އެންޓަރޕްރައިސަސް ނުވަތަ ކޮންކޯޑް ގުރޫޕްއޭ ބުނުމުން އެއީ ކޮންބައެއްކަން ނޭންގޭ ބޭފުލަކު އުޅޭނެ ހެނެއް ހިއެއްނުވެއެވެ. ސިކްސް އޭ ކޮންކޯޑް އެންޓަރޕުރައިސަސް އަކީ 2009 ވަނަ އަހަރުން ފެށިގެން ކުންފުންޏެއްގެ ގޮތުގައި  ރަޖިސްޓްރި ކުރެވި ނ.ވެލިދޫގައި ފުޅާދާއިރާއެއްގައި ވިޔަފާރިކުރަމުންދާ ކުންފުންޏެކެވެ.

 މާލެ އާއި ވެލިދުއާއި ދެމެދު ބޯޓު ދަތުރު ކުރުމާއި، އާންމު ފަރުދުންނަށް ބޭނުންވާ މުދާ ވިއްކުމާއި، ގެދޮރު އިމާރާތް ކުރުމަށް ބޭނުންވާ ސާމާނު ހެޔޮއަގުގައި ވިއްކުމާއި ޕިކަޕް ޓެކްސީ ކުރުމަކީ ފާހަގަ ކޮށްލެވޭ ކަންކަމެވެ. ކޮންކޯޑް ގާރބޭޖް ސާވިސް އަދި ހަމަ އެހެންމެ ޔޫތު ސްކޮޔެއަރގެ ނަމުގައި ހިންގަމުންދާ ރެސްޓޯރެންޓަކީވެސް ކޮންކޯޑު ކުންފުނީގެ ދަށުން ހިންގަމުންދާ ވިޔަފާރިއެކެވެ.

ވެލިދޫގެ އެންމެ ގިނަ ރައްޔިތުންނާއި އެންމެ ގާތުން ހިދުމަތްދޭ ބަޔަކީ ކޮންކޯޑް ކޮމްޕެނީ އޭ ބުނުމަކީ އެހެން ކުންފުނިތަކަށް ބުނާ ބަދުބަހަކަށްނުވާނެއެވެ.

ރޯދަމަސް ފެށުމަށް ވަގުތު ކުޑަތަންވަމުންދާއިރު މިއަހަރު ރޯދަމަހު ރޯދަ ހަދިޔާ އެއްގެ ގޮތުން ކޮންކޯޑު ގާރބޭޖް ސާވިސްގައި ރަޖިސްޓްރީ ކޮށްފައިވާ ހުރިހާ ގެއެއްގެ ރޯދަމަހުގެ ކުނި އުކާލުން ފުރީ ކޮށްދިނުމަށް އެކުންފުނިން ވަނީ ނިންމާފައެވެ.

ނޫނު ޑެއިލީއަށް މަޢުލޫމާތު ދެއްވަމުން ކޮންކޯޑް ގުރޫޕްގެ މެނޭޖިން ޑިރެކްޓަރ އަމްޖަދު ހުސައިން ވިދާލުވީ "މީ ފެށުމެއްކަމަށާ ކޮންމެ އަހަރަކުވެސް ރޯދަ ހަދިޔާގެ ގޮތުގައި ދެވޭ ހަދިޔާއަކީ ތަފާތު އަދި ކަސްޓަމަރުން ބަލައިގަންނަ ހަދިޔާ އަކަށް ވެގެންދާނެ ކަމަށް އުންމީދުކުރާކަމަށެވެ."

ކިޔުންތެރިންގެ ކޮމެންޓް

މި ލިޔުމަށް ކޮމެންޓްކުރަށްވާ

TEST