• ފޮޓޯ: ފޭސްބުކް

  • ފޮޓޯ: ފޭސްބުކް

  • ފޮޓޯ: ފޭސްބުކް

ރައްޔިތުމިހާގެ ޙާދިމުން ރައްޔިތުމީހާ އަށް އިހުމާލުވޭބާ ؟!!!

މިއަދު އަޅުގަނޑުމެން ލޯހުޅުވާލި ކޮންމެ ދިމާއަކުން ފެންނަނީ ޤައުމުގެ އިޖުތިމާއީ ފޭރާން ވީދި ހަފުސްވަމުންދާ މަންޒަރެވެ. ރަށްރަށުގެ ތަރައްޤީގެ ދުވެލި ބާރުކޮށްލާނަމޭ ހިތާ ގިޔަރު މައްޗަށްޖައްސާލާ ކޮންމެފަހަރަކު ޤައުމުގެ އަސާސީ ގުނަވަންތައް ބިންދަ ބިންދައިގެން ދާ މަންޒަރެވެ. ވެރި ކަމުގެ އެންމެ މަތީ ފަންތީންފެށިގެން ގޮސް އެންމެ ދަށުފަންތިއާއި ހަމަޔަށްވެސް ކަންހުރީ މިބީދައިންނެވެ.

އާދެ! އަޅުގަނޑުމެން މިބީދައިން ބަސްބުނާއިރު އެންމެގާތުން ފެންނަ ހުރި މަންޒަރަކީ އަޅުގަނޑުމެންގެ ރަށްރަށުގައި ތިއްބަވާ ކައުންސިލް ތަކުގެ ކައުންސިލަރުންވެސް އެބޭފުޅުންގެ އަމިއްލަ ޒިންމާއާއި މެދު އިހުމާލު ވަމުންދާ މަންޒަރެވެ. އަޅުގަނޑުމެން ދިރިއުޅެމުންދާ ނ.އަތޮޅު ވެލިދޫއަކީ އާބާދީގެ ނިސްބަތުން ނ. އަތޮޅުގައި އެންމެ އާބާދީ ބޮޑު ރަށެވެ. މިރަށުގައި ދިރިއުޅެމުންދާ އެކި ފަންތީގެ ރައްޔިތުން މިއަދު މިދަނީ ވޭނަކަށްފަހު ވޭނެއް ތަޙައްމަލު ކުރަމުންނެވެ. ރައްޔިތުންގެ އަސާސީ ހައްޤުތަކަށް އަރަމުންދާ ބުރޫތައް ފިލުވައިދިނުމަށް ވެލިދޫގެ ކައުންސިލުން ކޮށްދޭ ކަންކަމަކީ ކޮބައިކަމާއި މެދު ގައި ރައްޔިތުންގެ ހިތުގައި ސުވާލު އުފެދެއެވެ. މި ދުވަސް ވަރަކީ ވިއްސާރަދުވަސް  ކޮޅަކަށް ވެފައި ހުމާއި ތަފާތު ރޯގާތަކުން މި ވެލިދޫގެ ވެށިމިވަނީ ތަޤައްޔަތުވެފައެވެ. މި ގޮތުން ފާހަގަ ކޮށްލެވޭ އެއް ބައްޔަކީ ޑެންގޫ ހުމުގެ މައްސަލައެވެ. ކޮންމެ މީހަކަށްވެސް އެނގެނޭފައދައިން ޑެންގޫ ހުމަކީ މަދިރިއެއްގެ ޛަރީއާއިން ފެތުރެމުންދާ ނުރައްކާތެރި ހުމެކެވެ. ޞިއްހީ މާހިރުން ލަފާދޭގޮތުގައި ޑެންގޫ ކޮންޓުރޯލް ކުރެވޭނީ އެމަދިރި ކޮންޓުރޯލް ކުރެވިގެންނެވެ. އެހެން ކަމުން ފުރަތަމަ ފިޔަވަޅެއްގެ ގޮތުގައިވެސް ޑެންގޫ ހުންފަތުރާ އީޑީސް މަދިރި މަދުކުރަންޖެހެއެވެ. މި މަދަރިއަކީ ސާފުފެނަށް ބިސްއަޅާ މަދިރިއެއް ކަމަށް ވުމުން ވިއްސާރަވެހި ފެންހަރުލާ ގޮތަށް ހުންނަ ތަންތަން ނައްތާލަންޖެހެއެވެ.

އާދޭ! ފަރުދީ ހައިސިއްޔަތުން ކޮންމެގެއެއްގައިވާ މިފަދަ ތަންތަން ނައަތާލެވިދާނެއެވެ. ނަމަވެސް މެންދުރުގެ އިރުފަދައިން ރަށުގެ ކައުންސިލް ޒިންމާވާންޖެހޭ މިފަދަ ކޮންމެ ތަނެއްހުރީ ހާމައަށް ފެންނާށެވެ. ހަމައެކަނި ރަށުގެ އިރު ދެކުނު ފަރާތުގައި ހެދާފައިވާ ކުނި ކޮށްޓަށް ނަޒަރު ހިންގާލުމުންވެސް މިކަމުގެ ސާބިތު ހެކިލިބި އިތުރުވެއެވެ. މަގުކޮޅުތަކާއި އިޖުތުމާއީ ސަރަހައްދު ތައް ބަލާ ސާފުކުރާއިރު ހޭޅިފަށުގައިވާ ދަޅާފުޅިތަށް ހުރީ ހުރިގޮތަށެވެ. މި ފަދަ އެއްވެސް ކަމަކަށް ކައުންސިލުން ސަމާލުކަން ނުދޭކަމަކީ ކައުންސިލުން ރައްޔިތުންނަށް އިހުމާލު ވަމުންދާ ކަމުގެ ފުރިހަމަ ނިޝާން ތަކެވެ. ކޮންމެ ކަމެއްވެ އެކަމުގައި ވާނެ ހައެތި ވެނިމުމުން  ކަމުގެ ހައްލު ހޯދަން އުޅުމީ ކައުންސިލްގެ ދޯދިޔާ ސިޔާސަތުކަން ރައްޔިތުންނަށް ސާބިތުވެއެވެ. ދައުލަތުގެ މާލިިއްޔަތުން މުސާނަގައިގެން ރައްޔިތުން ދިންވޯޓުން އިންތިޙާބު ވީ ރައްޔިތުންގެ މިފަދަ އިހުސާސްތަކަސް ގަދަރު ކުރުމަށް ކަމަށްވާއިރު ރައްޔިތުންނަށް ދިމާވާ މިފަދަ ކޮންމެ ކަމެއްގައި ކައުންސިލް ފެނިގެން ދަނީ ހަރަށްވަދެ ބޮނދަން މަސައްކަތް ކުރާކަމެވެ. ހަމަ އެކަނި ކައުންސިލްގެ އިދާރާގައި ވާ ތާޅަފިލިން ބައްޔަށް ރައްކައުތެރިވާން ގޮވުމަކީ ޑެންގީ ނައްތާލެވިދާނެ ކަމެއް ނޫންކަން ހުދު އެބޭފުޅުންވެސް ޤަބޫލްކުރާނެއެވެ. ރައްޔިތުންގެ ލޮލުގައި އަދުން އަޅުވާފައި ކޮފީތަށިހިފައިގެން އުނދޯލިތަށް ހޫނުކުރުމަކީ ހަމަ އެކަނި މި މައްސަލަ އަށް އޮތް ހައްލުކަމުގައި ގަބޫލު ކުރެވިއްޖެ ނަމަ އެ ވެވެނީ ތިބޭފުޅުންގެ ހުވަޔާއި ޚިލާފެވެ. އެ ވެވެނީ ވޯޓު ދިން ރައްޔިތުންނަށާއި ހިދުމަތް ކުރުމަށް ހުވާ ކުރި ރައްޔިތުންނަށް އިހުމާލެވެ.

ކޮންމެ ކަމެއްގެ ހައްލު ހޯދުމަށް ރައްޔިތުން ނުކުމެ މުޒާހަރާ ކުރައްވެއްޖެ ނަމަ ހައްތާވެސް ބޭލޭނީ ތިބޭފުޅުން އަންނަ ފޮތިގަނޑެވެ. އޭގެ ބަދަލުގައި އަމިއްލަ އަށް ޒިންމާތަށް ހަދާންކޮށް ރަށުގައި ވާ މިފަދަ ކަންކަމަށް ފިޔަވަޅުއަޅައި ހައްލު ކުރުމަށް ގޮވާލަމެވެ!

 

ކިޔުންތެރިންގެ ކޮމެންޓް

މި ލިޔުމަށް ކޮމެންޓްކުރަށްވާ

TEST