• ފޮޓޯ: ހަވީރު އޮންލައިން

މާލޭގައި ފެންބޮޑުވުމުގެ މައްސަލަޔަށް އަވަސް ހައްލެއް ބޭނުން

މާލޭއަށް ދިމާވަމުން އަންނަ ފެން ބޮޑުވުމުގެ މައްލަސަ އަށް ހައްލެއް އަންނާނެ ދުވަހަކީ މާލޭ ގައި ދިރިއުޅޭ ކޮންމެ ރައްޔިތެއްވެސް ދެކެން ބޭނުންވާނެ ދުވަހެކެވެ. ކުރިއަށް އޮތީ ވިއްސާރަ މޫސުންކަމުން މި މައްސަލައަށް ހައްލެއް ނާންނަ ނަމަ މާލޭގައި ދިރުއުޅޭ ރައްޔިތުން އެތަކެއް ދަތި ތަކަކާއި ކުރިމަތިލާންޖެހޭނެއެވެ.

މާލޭގައި ދިރިއުލޭ ބައެއް ފަރާތްތަކާއި ވާހަކަ ދައްކާލުމުންވެސް އެނގިގެން ދަނީ މިހާރު އެބޭފުޅުންގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ މާލެއަށް ދިމާވެފައިވާ ފެން ބޮޑުވުމުގެ މއްސަލަޔަށް ހައްލެއް ނައުން ކަމުގައެވެ. ވިއްސާރަވެހޭ ކޮންމެ ދުވަހަކު މާލޭގައި ދިރިއުލޭ ރައްޔިތުން ދަނީ އެތައް އުނދަގުލަކާއި ކުރިމަތި ލަމުންނެވެ. އެގޮތުން ސުކޫލަށް ކުދިން ގެންދިއުންފަދަ ކޮންމެހެން ކުރަންޖެހޭ ކަންކަމަށް އެތައް ބުރުލެއް އަރައެވެ. ޓެކްސީއެއް ނުލިބި ސުކޫލަށްދާ ގަޑި ޖެހިގެންދާއިރުވެސް ގޭގައި ނުވަތަ ޓެކްސީ ސެންޓަރެއްގައި ތިބެން ޖެހެއެވެ.

މިކަމާއި ގުޅިގެން ހައުސިން މިނިސްޓްރީގެ އޮފިސަލެއް އެންޑީ އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މާލޭގައި ފެންބޮޑުވުމުގެ މައްސަލަ ހައްލު ކުރުމަށް އެތަކެއް މަސައްކަތެއް ކުރަމުން އަންނަ ކަމަށެވެ. އަދި ރައްޔިތުންނަށް ދިމާވާ މިފަދަ އުނދަގޫތަކުން އެ ރައްޔިތުން މިންޖު ކުރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާ ކަމުގައެވެ.

މިނިސްޓްރީއިން މިހިން ވިދާޅުވި ނަމަވެސް ފެންނަމުން ދަނީ މަގުތަކުގެ ހާލަތު ދައްވެ، ދުއްވާ އެއްޗިއްސަށް ބޮޑެތި ގެއްލުން ލިބި ކުރިއެރުމެއް ނެތް ފަސްޖެހުމެއްގައި ތިބެން ޖެހިފައި ވީ ތަނެވެ. މާލޭގައި ފެން ބޮޑުވުމުގެ މައްސަލައަށް ހައްލެއް އަންނާނެ ދުވަހެއްގެ އިންތިޒާރުގައި ތިބި މާލޭގައި ދިރިއުޅޭ ރައްޔިތުންގެ އުންމީދަކީ ފެންބޮޑުވުމުގެ މައްސަލަޔަށް ވީ އެންމެ އަވަހަކަށް އެދެވޭ ރަނގަޅު ހައްލެއް ލިބިގެން ދިއުމެވެ.

ކިޔުންތެރިންގެ ކޮމެންޓް

  • Ingey meehaMonday 16th May 2016

    Imlaa kuhthah ginakan faahagakuran

  • EdverdMonday 16th May 2016

    Rangalhu vaahaka eh. Sarukaarun eba jehey mikamah halleh hoadhan.

މި ލިޔުމަށް ކޮމެންޓްކުރަށްވާ