ލެޓިއުސް އަކީ ދިވެހިންގެ ތެރޭގައި ވަރަށް އާންމު އެއްޗެކެވެ. މިގޮތުން ލެޓިއުސް ފަދަ ފެހިކަން ގަދަ ފައިދާހުރި ގިނަ ބާވަތްތަށް ދިވެހިންގެ ތެރޭގައި ބޭނުންކުރުން މިއަދު މިވަނީ އާންމު ވެފައެވެ. ދިވެހިންނަކީ އަބަދުވެސް ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރާ ބައެވެކެވެ.

މިއަދު ދުވަހުގެ ރެސިޕީގެ ގޮތުގައި މި ގެނެސްދެނީ "ގްސީން ސެލެޑް" އެވެ.

ބޭނުންވާ ތަކެތި:

1 ބޮނޑި ލެޓިއުސް

1 ބޮޑު ކިއުކަންބާ

1 ފެހި އާފަލު

1 އަންނާރު

1 ލުނބޮއެ

ކުޑަ ލޮނުކޮޅެއް

އަސޭމިރުސް

އޮލިވްއޮއިލް ފޮދެއް

ހަދާނެ ގޮތް:

ލެޓިއުސް ފަތް  2 އިންޗި ބޮޑުމިނުގައި ކޮށާލާށެވެ. ކިއުކަންބާ މެދުން ފަޅާލާޅެވެ. އަދި އޮއްކޮޅު ނެގުމަށްފަހު ކުދިކޮށް ކިއުބް ކޮށް ކޮށާލާށެވެ. އަންނާރު ވެސް ފަޅާލުމަށްފަހު އޮއްކޮޅު ވަކިކޮށްލާށެވެ. ފެހި އާފަލުވެސް ކުދިކޮށް ކޮށާލާށެވެ. އެޔަށްފަހު ކުއުކަންބާ، ލެޓިއުސް، އަންނާރު އޮށް، އަސޭމިރުސް ރަހަލާވަރަށް ލޮނު އަދި އޮލިވް އޮއިލް އެޅުމަށްފަހު ބޮޑު ތައްޓެއްގައި ރަނގަޅަށް އެއްކޮށްލާށެވެ. ދެން ލުނބޮއެއްގެ ހުތް ފެލާލުމަށްފަހު އެއްކޮށްލާށެވެ.

މި ސެލްޑް އަކީ ވަކިންވެސް ނުވަތަ ސައިޑް ސެލެޑެއްގެ ގޮތުގައިވެސް ބޭނުންކުރަން ވަރަށް މީރު އެހާމެ ގިނަގުނަ ހިއްހީ ފައިދާތަކެއް ލިބިދޭ ސެލެޑްއެކެވެ.

ކިޔުންތެރިންގެ ކޮމެންޓް

  • Green SaladSunday 15th May 2016

    I like it. Keep up the good work writer.

މި ލިޔުމަށް ކޮމެންޓްކުރަށްވާ