• ސޮއިކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތު

ދިރިއުޅުމަކީ  މިއީބާގެ އެޕިސޯޑް ތައް މި ރަމްޟާންމަހު ޗެނަލް 13އިން  ގެނެސްދިނުމަށް ހަމަޖައްސައިފިއެވެ.

Capture2މިކަމަށްޓަކައި ބްލޫބޭގައި ބޭއްވި  ރަސްމިއްޔާތެއްގައި ދެ އެއްބަސްވުމެއްގައި  ވަނީ ސޮއިކޮށްފައެވެ. އެގޮތުން ދިރިއުޅުމަކީ މިއީބާ ޗެނަލް ތޭރައިން ދެއްކުމުގެ އެއްބަސް ވުމުގައި ސޮއި ކުރައްވާފައިވަނީ ސްޓޭޝަން މެނޭޖަރ މުހައްމަދު ނިޔާޒް އާއި އަދި ދިރިއުޅުމަކީ މިއީބާގެ ޕްރޮޑިއުސަރ ޔޫސުފް ރަފީއުއާއި ދެބޭފުޅުންނެވެ.

ދެވަނައަށް ސޮއި ކޮށްފައިވަނީ އެ ޕްރޮގްރާމް ގެ  މެއިން ސްޕޮންސަރާއި ޗެނަލްތޭރައާއި ދެމެދުއެވެ. މި އެއްބަސްވުމުގައި  ޗެނަލް 13ގެ ފަރާތުން ސޮއި ކުރައްވާފައިވަނީ ޗެނަލްތޭރައިގެ ހެޑް އޮފް މާރކެޓިން އެންޑް ކޮމިއުނިކޭޝަން މުހައްމަދު އިގްނާޒް އަލީ އެވެ.

އަދި  މިޕްރޮގްރާމްގެ މެއިން ސްޕޮންސާ  އަދި ޓައިޓަލް ސްޕޮންސާރ ކަމުގައިވާ ފާރ ހޮރައިޒަން ގެ ފަރާތުން ސޮއިކުރައްވާފައިވަނީ ފާރ ހޮރައިޒަންގެ ޑިރެކްޓާރ އަހުމަދު އަދްލީއެވެ.

މިއެއްބަސްވުން ތަކުގައި ސޮއިކުރުމަށްފަހު  ވާހަކަ ދައްކަވަމުން ދިރިއުޅުމަކީ މިއީބާގެ ޕްރޮޑިއުސަރ ޔޫސުފް ރަފީއު ވިދާޅުވީ ހުއްޓާލުމެއްނެތި 36 އަހަރުވަންދެން ދިރިއުޅުމަކީ މިއީބާ  ގެނެސްދެވިފައިވާތީ ވަރަށް އުފާވާކަމަށެވެ.

އަދި މި އަހަރުގެ ރަމްޟާން މަހު ޗެނަލްތޭރައިން އެންމެ ފުރަމަތަ ދައްކަން ހަމަޖެހިފައިވާ އެޕިސޯޑަކީ ދިރިއުޅުމަކީ މިއީބާގެ 189 ވަނަ އެޕިސޯޑްކަމަށް ޔޫސުފު ވަނީ ވިދާޅުވެފައެވެ.

 މިއަހަރުގެ ރަމްޟާންމަހު ޗެނަލް ތޭރައިން ދިރިއުޅުމަކީ މިއީބާ ގެނެސްދިނުމަށް ހަމަޖެހިފައިވާއިރު، މިފަހަރު ބެލުންތެރިންނާހަމަޔަށް ގެނެސްދޭނީ މުޅިން އާ އެޕިސޯޑްތަކެއް ކަމަށް ޔޫސޭ ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ކޮމެންޓް

މި ލިޔުމަށް ކޮމެންޓްކުރަށްވާ

TEST