މާލޭގައި ހިނގި މާރާމާރީއެއްގައި ވެލިދޫ 2 ޒުވާނަކު ޒަހަމް ވެއްޖެ

މާރާމާރީއެއް ހިންގައި ދެ ޒުވާނަކު ޒަހަމް ކޮށްލައިފިއެވެ. ބުރާސްފަތި ދުވަހުގެ ރޭގަނޑު ހިންގި މާރާމާރީ ހިނގާފައިވަނީ ހެންވޭރު ދަނޑު ކައިރިން ނެވެ. މަންޒަރު ދުށް މީހަކު އެންޑީއަށް ކިޔައިދިން ގޮތުގައި މާރާމާރީ ހިންގާފައި ވަނީ ސައިކަލުގައި އައި ތިން މީހެކެވެ. އެ ތިން މީހުން ސައިކަލުން ފޭބުމަށްފަހު އެސަރަހައްދުގައި ހުރި މީހެއްގެ ގައިގައި ތަޅައިގަނެ މާރާމާރީ ހިންގާފައިވާ ކަމަށް މައުލޫމާތު ދިން މީހާ ބުންޏެވެ.

ފުލުހުން ވަނީ މިރޭ މާލޭގައި މާރާ މާރީއެއް ހިނގިކަން ކަށަވަރުކޮށްދީފައެވެ. އަނިޔާ ލިބުނު ފަރާތްތަކަށް ސީރިއަސް އަނިޔާތަކެއް ލިބިފައި ނުވާކަމުގައި ފުލުހުން ބުންޏެވެ.ނަމަވެސް އެންޑީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެކެއްގެ ބުރަކަށިން އެއް ތަނަކަށް ވަޅި ޖަހާފައި ވެއެވެ. އަދި ދެވަނަ މީހާގެ ބުރަކަށިން ހަތަރު ތަނަކަށް ވަޅި ޖަހާފައިވާ ކަމަށްވެސް މައުލޫމާތު ލިބެއެވެ. މި މާރާމާރީ އަކީ މިރޭ މާލޭގައި ބޭއްވި ޝޯ ގެ ތެރެއިން ދިމާވި ކަމެއްގެ ތެރެއިން ހިނގައިދިޔަ ކަމެއް ކަމުގައި އެންޑީއަށް ވަނީ މައުލޫމާތު ލިބިފައެވެ.

މާރާމާރީ ގައި ޒަހަމްވެފައި ވަނީ ނ.ވެލިދޫ 2 ޒުވާނުންނަށް ކަން އެންޑީއަށް ވަނީ ކަށަވަރުވެފައެވެ.

ކިޔުންތެރިންގެ ކޮމެންޓް

މި ލިޔުމަށް ކޮމެންޓްކުރަށްވާ

TEST