• ލެމަން ޕުޑިން

ލުނބޮޔަކީ ދިވެހިންނަށް ވަރަށް ފަސޭހައިން ލިބޭ އެއްޗެކެވެ. މިގޮތުން ކެއުމުގައި ލުނބޮޔަކީ ދިވެހިން ވަރަށް އާންމުކޮށް ބޭނުންކުރާ އެޗެކެވެ. ލުނބޯ ކެއުމަށް ބޭނުން ކުރާއިރު ލުނބޮއިން ޕުޑިން ވެސް އެޅެއެވެ. މިއަދު ދުވަހުގެ ރެސިޕީގެ ގޮތުގައި މި ގެނެސްދެނީ ލެމަން ޕުޑިން އަޅާނެ ގޮތެވެ.

ބޭނުންވާ ތަކެތި:

60 ގުރާމު ބަޓަރު/މާޖިރީން

1 ލުނބޯ (ތޮށި ނަގާފައި)

2 ބިސް

¾ ޖޯޑު ސްކިމް މިލްކް

¼ ފުއް

½ ޖޯދު ކެސްޓަރ ޝުގަރ

ހައްދަވާނެ ގޮތް:

ފުރަތަމަ ބަޓަރު/މާޖިރީނާއި ކެސްޓަ ޝުގަރ ރަނގަޅަށް ގިރާލުމަށްފަހު، ބިސް، ފުއް އަދި ލުނބޯ ދިޔަ ފެލުމަށްފަހު ކްރީމް ގަޑަކަށް ވަންދެއް ގިރުއްވާ ލައްވާށެވެ. ގިރަމުންދާއިރު ކްރީމްގަނޑުގެ ތެރެޔަށް ލުނބޯ ތޮށިކޮޅުވެސް މުގުރާލުމަށްފަހު އަޅުއްވާށެއެވެ. އެޔަށްފަހު އަވަނުން ފިހެލާނީ އެވެ. ނުވަތަ އާވިން ކައްކައިވެސް ލެވިދާނެއެވެ.

 

ކިޔުންތެރިންގެ ކޮމެންޓް

މި ލިޔުމަށް ކޮމެންޓްކުރަށްވާ