• ޑެންދޫ ފަތުރާ އީޑީޒް މަދިރި

ޑެންގޫ ހުން ޖެހިގެން ހަތް މަހުގެ ތުއްތު ކުއްޖަކު ނިޔާ ވެއްޖެ

ރާއްޖޭގައި ބާރު މިނެއްގައި ފެތުރެމުން އަންނަ ޑެންގޫ ހުން ޖެހިގެން މިއަދު މެންދުރު އައިޖީއެމްއެޗް ގައި ހަތް މަހުގެ ތުއްތު ކުއްޖަކު ނިޔާވެއްޖެއެވެ.

 ނޫނު ޑެއިލީއަސް މައުލޫމާތު ލިބިފައިވާ ގޮތުގައި މި ކުއްޖާ މާލެ ގެނެސްފައިވަނީ ފާފު އަތޮޅު ހޮސްޕިޓަލުން ފަރުވާ ދިނުމަށްފަހު އިތުރު ފަރުވާ ހޯދުމަށް ކަމުގައެވެ. މި ކުއްޖާ އައިޖީއެންއެޗް އަށް ގެނެސްފައިވަނީ މިމަހުގެ 3 ވަނަ ދުވަހުއެވެ. މާލެ ގެނައިއިރުވެސް ކުއްޖާގެ ހާލު ސީރިއަސް ވެފައިވާ ކަމުގައި އައިޖީއެމްއެޗް އިން މައުލޫމާތު ދިނެވެ. ނިޔާވި ތުއްތު ކުއްޖާ އަކީ ދ.މީދޫ ކުއްޖެކެވެ.

ހެލްތު މިނިސްޓްރީ އިން ބުނި ގޮތުގައި ރާއްޖޭގައި ޑެންގޫ ހުން ވަނީ ވަރަށް ބޮޑަށް ފެތުރިފައެވެ. މިދިޔަ 2015 ވަނަ އަހަރުގެ ފަސް މަސް ދުވަހާއި އަޅާ ބަލާއިރު މި 2016 ވަނަ އަހަރުގެ ފަސް މަސް ދުވަހުގެ ތެރޭގައި ޑެންގޫ ހުން ޖެހިގެން ރިޕޯޓު ކޮށްފައިވާ މީހުންގެ އަދަދު ގިނަ ކަމުގައި މިނިސްޓްރީއިން މައުލޫމާތު ދެއްވައެވެ. މިއަހަރުގެ މިހާ ތަނަށް 44 ކޭސް ވަނީ ރިޕޯޓު ކުރެވިފައި ކަމުގައިވެސް މިނިސްޓްރީ އިން މައުލޫމާތު ދެއްވައެވެ.

ޑެންގޫ ހުން އެންމެ ބާރު މިނެއްގައި ފެތުރެމުންދާކަމަށް ފާހަގަ ކޮށްފައިވަނީ މާލެ، ހުޅުމާލެ، ކ.ކާށިދޫ އަދި ހދ. އިހަވަންދޫއެވެ. މޫސުމަށް އަންނަ ބަދަލާއިއެކު ޑެންގޫ ހުން ވަނީ އާންމު ވެފައެވެ. އެހެންކަމުން ހުރިހާ ފަރާތްތަކެއްވެސް ޑެންގޫ ހުމަށް ސަމާލުވެ ލަސް ނުކުރައްވާ ފަރުވާހޯދުމަކީ އެންމެ މުހިންމު ކަންތަކެވެ.

ކިޔުންތެރިންގެ ކޮމެންޓް

މި ލިޔުމަށް ކޮމެންޓްކުރަށްވާ

TEST