• މަސްތުވާ ތަކެތީގެ މައްސަލައެއްގައި ވެލިދޫ ޕޮލިސް ސްޓޭޝަނުން އަތުލާފައި ހުރި ފައިސާތަކެއް

ވެލިދޫގައި ވައްކަމާއި ގޭންގް މާރާމާރީ މަދުވިއިރު މަސްތުވާތަކެތީގެ ވަބާ އިންތިހާ އަށް ބޮޑުވެފައި

ދެމަފިރިންގެ ދެމެދުގައި ޖެހުނު މައްސަލައެއްގައި ދަނބިދަރިފުޅު މަސްތުގެ ހާލުގައި މައިދައިތަގެ އުރަމައްޗަށް ވަޅި ހަރައި ޒަހަމް ކޮށްލި އެވެ. މައިދައިތަ އެ ހުރި ބާރުމިނުގައި އަނބުރާ ވަޅި ނައްޓާލުމަށް ފަހު އަދި ޖަހާބަލާށޭ ކިޔާފައި އަޑުގަދަކޮށް ހަޅޭއްލަވައި ގަތެވެ. އޭރު މޭމަތިންނާއި ވަޅިން ލޭތައް ފައިބަމުން ދިޔަ އެވެ. މިއީ މީގެ 15 ވަރަކަށް އަހަރު ކުރިން ވެލިދޫގެ އާންމު ހާލަތު ގޮސްފައިވާ ހިސާބެވެ.

ވެލިދޫގައި އޭރު ރަސްކަން ކުރަމުން ދިޔައީ މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ޒުވާނުންނާއި ގޭންގް ހަދައިން އުޅުން މީހުންނެވެ. ފަޅު ގެ އަކަށް ވަދެއްޖެ ނަމަ ކޯލާޓަރު ހުސްކުރި ފުޅި އެއް ނުފެންނަ ތަނެއް މަދުވާނެ އެވެ.

"މިކަމެއް ބޮޑުވެގެން ފިހާރަތަކުން ފެހި ކޯލާޓަރު ގެނައުން ވެސް ހުއްޓާލި. އޭރު އެންމެ އާންމުކޮށް ބޮޔެ އުޅުން އެކައްޗަކީއެ. ވަކި ހިސާބުތައް މަލޭ ގޮތަށް އޭރު އޮވޭ. އެއް ހިސާބާއި އަނެއް ހިސާބު މީހުން ތަޅާފޮޅާ އެރުން މަނާވާނެ. ދެން ބޭރު ރަށެއްގެ މީހަކު އަންހެން ކުއްޖަކު ކައިރިޔަށް ގޮސްފިއްޔާ ތަޅައިގަނެ މާރާމާރީ ހިންގުމަކީ އޭރު އާންމު ކަމެއް،" ވެލިދޫގެ އޭރުގެ ހާލަތު ނަންނުޖެހުމަށް އެދި މީހަކު ކިޔައިދިނެވެ.

އޭރު ވެލިދޫ އަށް އައުމަށް މީހުން ޖެހިލުންވެ އެވެ. ރަށުގައި އަންހެނުން ކައިރި އަށް ވަގަށް ވަނުމާއި، ނަހަލާލަށް މީހުން ވިހެއުމާއި ވައްކަންކުރުން ވަނީ އިންތިހާ އަށް އާންމުވެފަ އެވެ.

"ގިނަ ފަހަރަށް އެމީހުން އުޅެނީ ވެސް ވަލުގައި. ގެއަކަށް ނާދޭ. ކައްކާކައި ޒިނޭކޮށް ހަދަނީ ވަލުގައި،" ކުރިން ވާހަކަ ދެއްކި މީހާ ކިޔައިދިނެވެ.

ކުށުގެ ވެށީގައި ވެލިދޫ ރައްޔިތުން ބަންދެވިފައި ބިރުވެރިކަމުގައި އެތައް ދުވަހެއް ވަންދެން އުޅެން ޖެހުނެވެ. ނަމަވެސް މިކަމާ އަޑު އުފުލާ ރައްޔިތުން ނުކުމެ އެ ފަދަ ނޭއްގާނީ އަމަލު ހިންގި މީހުން ވަލުތެރެއިން ގެނެސް ބަރަހަނާ ހާލުގައި ރަށު އޮފީހު ދިދަ ދަނޑީގައި ބަނެވެ. އެެއަށް ފަހު ސަރުކާރުގެ ސަމާލުކަމަށް މިކަން އައިސް މަޑުމަޑުން ވެލިދޫގެ ހާލަތު ބަދަލުވަމުން ދިޔަ އެވެ. މިއީ 1900 އަހަރުތަކުގައި ވެލިދޫގެ ހަލާތެވެ.

ގޭންގްތައް މަދުވެ މާރާމާރީ މަދުވި ނަމަވެސް ވައްކަން ކުރުން އޭރު ވެސް އިންތިހާ އަށް އިތުރުވަމުން ދިޔަ އެވެ. ކޮންމެ ދެ ރެއިން އެއް ރޭ ކަހަލަގޮތަކަށް ކޮންމެ ވެސް ތަނެއް ފަޅާލައިގެން ވައްކަން ކުރެ އެވެ. އަދި ރަށްރަށް އައިސް ތިބޭ ވަޑިންގެ ސާމާނާއި ބޯޓު ފަހަރުގައި ހުރި އަގު ބޮޑު މުދާތައް ގެއްލުން އޭރު ވަނީ ވަރަށް ބޮޑަށް އާންމުވެފަ އެވެ.

އަތޮޅު ޕޮލިސް ސްޓޭޝަނުން ވެލިދޫގެ މައްސަލަތައް ބަލަންޖެހޭލެއް ގިނަވެ ފުލުހުންނަށް ހުށަހެޅޭ މައްސަލަތައް އޭރު ވަނީ ވަރަށް ބޮޑަށް ގިނަވެފަ އެވެ. ނަމަވެސް ވެލިދޫގައި ޕޮލިސް ސްޓޭޝަން 11 ޖެނުއަރީ 2003 ގައި ގާއިމުވި ހިސާބުން ވަށްކަމުގެ މައްސަލަތައް މަދުވެ ރަށުގެ ކުށުގެ ވެހި މަދުކުރުމަށް ސީދާ ރަށުން ފިށަވަޅުތަކެއް އެޅިގެން ދިޔަ އެވެ.

ނ.ވެލިދޫ ފަޅުގެއެެއްގެ ތެރޭގައި ބަނގުރާ ކައްކަމުން ދަނިކޮށް ފުލުހުން އަތުލައިގަނެފައި .--ފޮޓޯ/ޕޮލިސް ނ.ވެލިދޫ ފަޅުގެއެެއްގެ ތެރޭގައި ބަނގުރާ ކައްކަމުން ދަނިކޮށް ފުލުހުން އަތުލައިގަނެފައި .--ފޮޓޯ/ޕޮލިސް

ވައްކަމާއި އެހެންނިހެން މައްސަލަތައް މަދުވެ، ވެލިދޫގެ މުޖުތަމައު އަމާންވި ނަމަވެސް ރަށުގައި މަސްތުވާތަކެތީގެ ވަބާ ދިޔައީ މަޑުމަޑުން ފެތުރެމުންނެވެ. އަދި ސްކޫލް ކުދިންނާ ހިސާބަށް މަސްތުވާތަކެތި ފޯރާ އެ ވިޔަފާރީގެ ތެރެއަށް މަޑުމަޑުން ކުޑަކުދިން ވަދެ ވެލިދޫގެ ޒުވާން ޖީލު ހަލާކުވަމުން ދިޔަ އެވެ. ނަތީޖާ އެއްގެ ގޮތުން ބޮގަރު ކެއްކުމާއި  ރަށެއްގައި މަސްތުވާތަކެތި އެންމެ ބޮޑަށް ރޯލުވާ އެއް ރަށަށް ވެލިދޫ ވަނީ ވެފަ އެވެ. އެންމެ ފަހުން އިހަށް ދުވަހު ވެސް ބޯޓުން މަސްތުވާތަކެތި ގެނައި ކުޑަ ކުއްޖަކު އަތުލިއިރު ބޮގަރު ކައްކަނިކޮށް އެތައް ބަޔަކު ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެނެސްފަ އެވެ. އަދި ބޮގަރު ކައްކަނިކޮށް ފަޅުގެތަކުގައި އަލިފާނުގެ ހާދިސާތައް ހިނގާ މުދަލާއި ގެދޮރަށް ދަނީ ބޮޑެތި ގެއްލުންތައް ވަމުންނެވެ.

"މިހާރު މަގުމަތީގައި ބިއްޖެހިގެން ބޮއެގެން ކެނޑިފައި ތިބޭ މަންޒަރެއް ނުފެންނާނެ. މިހާރު މީހުން ބޮނީ އެއަށް ވުރެ ސްމާޓްކޮށް. ތެޔޮ ބޯ އަންހެން ކުދިން ވެސް މިހާރު ވެލިދޫގައި އުޅޭ،" ނަން ނުޖެހުމަށް އެދި ޒުވާނަކު ކިޔައިދިނެވެ.

މަސްތުވާތަކެެއްޗަކީ ވެލިދޫގައި ބަޔަކު ކުރާ ބޮޑު ވަގު ވިޔަފާރި އަކަށްވާއިރު މީގެ ތެރެ އަށް ކުޑަކުދިންނާއި ޒުވާނުން ވެއްދުމަކީ އެމީހުންގެ ވިޔަފާރި ފުޅާކުރުމަށް ކެނޑިނޭޅި ކުރާ މަސައްކަތުގެ ނަތީޖާ އެވެ.

ރާއްޖޭގެ ޕޯސްޓަށް ބަލާއިރު ރަށެއްގައި ހުރި ޕޯސްޓަކުން އެންމެ ގިނަ އަދަދަކަށް ފައިސާ މާލެ އަށް ފޮނުވާ އެއް ރަށަކީ ވެލިދޫ އެވެ.

"ވެލިދޫން ކީއްވެތަ އެހާ ގިނަ ލާރި ފޮނުވަނީ؟ ރަށަކަށް އެންމެ ގިނައިން ފައިސާ ފޮނުވާ އެއް ރަށަކީ ތި ރަށް،" މާލެ ޕޯސްޓްގައި މަސައްކަތްކުރާ މީހަކު ބުންޏެވެ.

މަސްތުވާތަކެތި ވިއްކުމަށް ސީދާ މާލެއިން އެކި މީހުން ވެލިދޫ އަށް އައުން ވަނީ އާންމުވެފަ އެވެ. ރަނގަޅު މާކެޓް އޮވެފައި ކުޑަ ދުވަސްކޮޅެއް ތެރޭގައި ބޮޑު ފައިދާ އެއް ނެރެވޭތީ އެވެ.

ކުށް މަދުކުރުމަށް ފުލުހުން ބުރަ މަސައްކަތްތަކެއް ކުރަމުން ދިޔަ ނަމަވެސް މިއަދު ވެލިދޫ ފުލުހުންނަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ މަސްތުވާތަކެތީގެ ވިޔަފާރިތައް ހުއްޓުވުމަށް ބުރަ މަސައްކަތްތަކެއް ކުރުމެވެ. އަދި ބެލެނިވެރިންނާއި ސްކޫލް ގުޅިގެން އަންނަން އޮތް ޖީލުތައް މިކަމުން ދުރުކުރުމަށް ދުރާލާ ފިޔަވަޅު އެޅުމަށް މިއަދު މި ވަނީ މަޖުބޫރުވެފަ އެވެ.

ކިޔުންތެރިންގެ ކޮމެންޓް

 • އަލީWednesday 11th March 2015

  އަހުމަދުމެންގެ ވިސްނުން ގޯހީ ކަމުގެ ހަގީގަތް ބުނެދިނީމަ ވެސް ީޑވީ.

 • އަޙްމަދުWednesday 11th March 2015

  ރިޝާން ވެލިދޫ މަޝްހޫރު ކޮށްލަ ދިމީތޯ؟ ވަރަށް މަސްތުވާ ތަކެތީގެ ވިޔަފާރި ރަނގަޅޭ ކިޔާފަ. ރަނގަޅު މާކެޓް އޮވެފައި ކުޑަ ދުވަސްކޮޅެއް ތެރޭގައި ބޮޑު ފައިދާ އެއް ނެރެވޭތީ އެވެ. ހާދަ ޑީ އޭ ދޯ

 • އަލީWednesday 3rd December 2014

  މިވާހަކަ ލިއުމަކީ މައްސަލައެއް ނޫން. މިކަން ކަމަށް ބޭނުންވަނީ ހައްލެއް. މި ވާހަކަ ދައްކައިން މިކަންވާނީ

 • ަްއަލިކޮއެTuesday 2nd December 2014

  ރިސާނު ތިކަހަލަ ވިޔާނުދާ އެއްޗިހި ލިޔާކައް ނުވާނެ އެެއްނުން. ޢަލިކޮބެއައް މިތާ އެއްޗެއް ނެއްކަން އެނގޭއިރު ރިސާނު އައް ނޭންގުނީތީ ދެރަވެ ހިތާމަ ކުރަން. ސުކުރިއްޔާ.

 • ހުސެންބެTuesday 2nd December 2014

  ކޮޢްކޯ ތިކަހަލަ ވާހަކަ ލިޔާކަން ނުވާނެއްނު...

 • ައަށްބާސްTuesday 2nd December 2014

  މެރިއަކަސް ހަށްލެއް ނުލިބޭނެ. އީތުރުބަޔަކު ނުކުމެ ކުރަން ފަށަާނެ..ވިކާމީހާ މަރަންޔާ މަާދަމާ މަރާލަން ޖެހޭނީ ތިމާގެ ދަރިފުޅު ކަމުގެ ޔަގީން ކަމެއް ތިބާ އަށް އެބަ އޮތްބާ..؟ ރާއްޖެ އެތެރެވާ ގޮތް ބަލާ އެތެރެ ކުރާ މީހާ މަރަންވީނުންތޯ..މިހާރު ރާއްޖޭގައި އެކަން އެންމެ ފުޅާ ދާއިރާ އެއްގާ ކުރަނީ ރާއްޖޭގެ ރައީސް އަކަށް ހުރި މީހާގެ އެންމެ އަރިސް މީހާ އަދީބް އެވެ. މިވެރިން މަރަން ވީނުން.. ނޫނީ ހަމަ ޔަގީން ވެލިދޫގަވެސް އެކަން ކުރާނެ. ރާއްޖެ އަކުން ވެސް ނުފޮހެވޭނެ. ވެލިދޫ ގަ ވިއްކާ މީހާ މަރަންޔާ ތިބާގެ ދަރިޔާ ވެލިދޫގެ ދަރިފަސްކޮޅުވެސް މަރާހާ ވާނީ... ދޯ..

 • އާދަމް Monday 1st December 2014

  ޙައްލަކީ، ރައީސެއްނޫން. ޙައްލަކީ ހޯމްމިނިސްޓަރެއްނޫން. ޙައްލަކީ ފުލުހުންނެއްނޫން. ޙައްލަކީ ކުއްތާއެއްނޫން. ޙައްލަކީ ވިއްކާ، އެތެރެކުރާ މީހުން މެރުން. އަވަހަށް ޤާނޫނު ފާސްކޯސް ޢަމަލުކުރުން ޙައްލަކީ!

 • އެޑަމްMonday 1st December 2014

  ޙައްލަކީ މަސްތުވާތަކެތި ގަނެވިއްކާ މީހުން މެރުން. ސަބަބަކީ، ކުއްތާ ވަޅުގަ ބާއްވައިގެން ފެންގަޑު ތަޣައްޔަރު ވެފާ ވަނިކޮށް ކިތައްމެވަރަށް ދިޔަ ހިއްކިޔަސް ފެންގަނޑު ތާހިރެއްނުވާނެ ފަދައިން މަސްތުވާތަކެތި ވިއްކާ، މީހުންނަށް މަރުގެ އަދަބުދީގެން މެނުވީ ޙައްލެއްނުވާނެ! ވެލިދޫގެ މާޙައުލު މަސްތުވާތަކެތިން ތަޣައްޔަރުވެފާވާފަދައިން ދިވެހިރާއްޖޭގެ ހުރިހާ ރަށެއްވެސް ވަނީ އެޙާލަތުގަ. ޙައްލަކީ ވިއްކާމީހުންމެރުން!

 • އަބްދުﷲMonday 1st December 2014

  ވެލިދޫގައި ވެލިދޫ ފުލުހުންތިބެ އެކަމަށް އެއްބާރުލުންދީ މަސްތުވާތަކެތި ބޯޓުން ގެނެސްދިނުމަށް އެހީވެދީ އެ ގަނެގެން ވިއްކާކުދިން އަތުން ބޮއެ ހަދާންޏާ ތިޔަަކަން ވެލިދޫ ފުހުންނަށް ހުއްޓޔވޭނީ ކިހިނެތް؟ މިހެން މި ދަންނަވަނީ ފުހުން ނަކީ އެކަމާ ހަވާލުވެ ތިބޭ ބަޔަކަށްވެފައި އެމީހުންނަށް ބޯޓުން އަންނަ ތަކެއްޗާ މީހުންނާ ބެހޭ ރިޕޯޓުތަށް ކުރުމުން ރިޕޯޓު ކުރާ މީހާ ނުހިފާއްޓާ ނޫނީ ޗެކެއް ނުކުރުރެ. ދެން އެ ރިޕޯޓު ހުށހެށިމީހާ ފެންނަނީ ކޮންމެސް ގުރޫޕަކުން ތަޅައިގަނެގެން އުޅެނިކޮށް. މިއީ ފުލުހުންގެ އިހުމާލު ނޫންތޯ؟؟؟<؟؟

 • ހަސަންMonday 1st December 2014

  ވަރަށް ރަނގަޅު ވާހަކައެއް މިހާރު މިކަމާ ވިސްނާ ކުދިން މިކަމަށް ދިޔަ ނުދިނުމަށް މަސައްކަތްކުރަންޖެހޭ. މިހާރު ވެލިދޫގައި މަސްތުވާތަކެތި ނުވަންނަ ގެއެއްނެތް

މި ލިޔުމަށް ކޮމެންޓްކުރަށްވާ

TEST