• ނ. ވެލިދޫ

ވެލިދޫ ވަތަނީ ލަވަޔާމެދު އަޅުގަނޑުގެ ބަސް

      ޢަރަބިބަހުގެ އިބާރާތެއްގެ މާނައިގައި ވެއެވެ. '' ވަތަންދެކެ ލޯބިވުމަކި، އީމާންކަމުގެ ތެރެއިންވާ ކަމެކެވެ.'' މައި،ބަފައިވަންތަކަމުގެ ލޯތްބާ، ދަރިވަންތަކަމުގެ ލޯތްބާ، ޢާއިލީ ލޯތްބާ، ރަޙުމަތްތެރިކަމުގެ ލޯތްބާ، ޢިޝްގީލޯތްބާ، އަނބިފިރިކަމުގެ ލޯތްބ،ާ އަދި ޤައުމާ، ވަތަންދެކެވާ ލޯތްބަކީ ލޯބީގެ ބާވަތްތެރޭގައި ހިމެނޭ ލޯތްބެވެ.  މި ދެންނެވި ލޯބީގެތެރެއިން ވަތަންދެކެ ލޯބިވުމަކީ އީމާންކަމުގެތެރެއިންވާ ލޯތްބެކެެވެ.

     އާދޭހެވެ! ކޮންމެމީހަކުވެސް އެމީހަކު އުފަންވެ، އުޅިބޮޑުވާ ރަށަށް ނުވަތަ ޤައުމަށް ޚާއްސަ ލޯތްބެއް ހިތުގައި އޮވެއެވެ. އެގޮތުން އަޅުގަނޑުގެ އުފަންރަށް ވެލިދޫގެ މައްޗަށް އުފެދިފައިވާ ވަތަނީ ލޯތްބަކީ މައިވަންތަކަމުގެ ލޯބިފަދަ ލޯތްބެކެވެ. އެހެންކަމުން އަޅުގަނޑުގެ ލޮބުވެތިރަށުގެ ނިދާ ނުވަތަ އެދި ގޮވާގޮވުން އަޅުގަނޑު ޅެންބަހުން އެކުލަވާލާ އެލަވައިގެ ނަމަކަށް އަޅުގަނޑުދިންނަމަކީ '' ވެލިދޫ ވަތަނީލަވަ’’އެވެ. މިދެންނެވިލަވަ ހެދުމުގެ ޚިޔާލު އަޅުގަނޑުގެ ހިތުގައި އަށަގަތުމުގެ ސިއްރަކީ ވަތަންދެކެވާ ލޯތްބެވެ. އެޚިޔާލަށް ކާނާލިބި، އަޅުގަނޑުގެ ހިތުގައިވާ ޝުޢޫރުތައް  ލަވައެއްގެ ގޮތުގައި އެމުނިއެކުލެވުމުގައި އަޅުގަނޑު ސަމާލުކަންދިނީ  އަޅުގަނޑުފަދަ ވެލިދޫގެ ރައްޔިތުންގެ، ވެލިދޫގެ ތަސައްވަރާއި، މޮޓޯއަށެވެ. މި ލަވަ ވެލިދޫގެ އިޖުތިމާޢީ ކަންތައްތަކުގައްޔާއި، ވެލިދޫ ތަމްސީލުކުރާ ކަންކަމުގައި އިއްވުމަކީ ވަތަނީލޯބި  އާލާވެ، ވަތަނީ ރޫޙު އުފެދުމަށް މަގުފަހިވާނެކަމެކެވެ. އެހެންކަމުން '' ވެލިދޫ ވަތަނީ ލަވަ ''ވެލިދޫގެ ސިޔާސީ ޕާޓީތަކާއި، ސަރުކާރުގެ ބައެއް މުއައްސަސާތަކަށް ރެކޯޑްކޮށްފައިވާ ސީޑީ އެއް އަޅުގަނޑު ހަދިޔާކުރީމެވެ.

     ޝައްކެއްނެތެވެ. ދުނިޔޭގެ އެހެނިހެން ޤައުމުތަކެކޭވެސް އެއްފަދައިން ދިވެހިރާއްޖޭގެ މާޒީގެ ތާރީޚުގައި އިޖުތިމާޢީ، ޤައުމީ ޙަރަކާތްތަކުގައި ޤައުމީ، ވަތަނީ ލަވައަދާކޮށްފައިވާދައުރު ވަރަށް މުހިންމެވެ. އެފަދަ ލަވަތައްއިވުމުން ޤައުމީ، ވަތަނީ ރޫޙު އާލާވެ ވަރަށްފޯރިޔާ ޖޯޝުގައި އިޖުތިމާޢީ ވަރަށް ގިނަ ގުނަ މަސައްކަތްތައް ކޮށްފާވައިކަން ދިވެހިރާއްޖޭގެ ކަންކޮޅުތަކުންވެސް މިހާރުވެސް ފެންނަން އެބަހުއްޓެވެ. އަޅުގަނޑުގެ އެދުމަކީ، ވެލިދޫގެ އިޖުތިމާޢީ، ޙަރަކާތްތަކުގައި ކުލަބް، ޖަމްޢިއްޔާ، ސިޔާސީ ޕާޓީތަކުންނާއި އަދި މުއައްސަސާތަކުން ވަތަނީ ކަމެއްގެގޮތުގައިދެކެ ''ވެލިދޫގެ ވަތަނީލަވަ '' ބޭނުންކުރަމުން ގެންދިޔުމެވެ.

ލަވަ އަޑު އެހުމަށް ފިއްތާލައްވާ!

ކިޔުންތެރިންގެ ކޮމެންޓް

  • ޫީޭުެޕޕTuesday 18th November 2014

    ހަބޭސް .......

  • އިބްރާހިމްTuesday 18th November 2014

    މިމްބަރަށް އަރާ ހުކުރު ކުރައްވާ ހައްދަވާ ބޭފުޅުން އަމްދުން ތައުލީމީ ދާއިރާގައި ހިދުމަތް ކުރައްވާ ޤްރުއާނާއި އިސްލާމް ފަދަ މާއްދާތައް ކިޔަވައިދެއްވާ އުސްތާޒަކު އިސްލާމް ދީނުގައި މިޔުޒިކް ހުއްދަ ނޫންކަން އެނގި ހުރެވެސް ތިފަދަ ކަންކަން ކުރާތީ ވަރަށް ހިތާމަ ކުރަން. އެލަވަ އެއްގޮތުން ޕޮރޮމޯޓް ނުވިއްޔާ އަނެއްގޮތުންވެސް ކުރެވޭތޯ ތި ބައްލަވަނީ. ވަތަން ދެކެ ލޯބި ވުމަކީ ލަވަޔާއި މިޒުކު ފެތުރުން ތޯ. ވަތަނަށް ލަވަހަދައިގެން ކިޔުންތޯ؟ހައިރާން ވާން ކަމަކީ އިސްލާމް ދީނުގެ ވާޙަކައިން މި ލިޔުން ފަށާފަ އިސްލާމް ދީނުގައި ހަރާމް ކަމެއް ކަން އެނގޭ ކަންކަން ޕްރޮމޯޓް ކޮށްފަ.

  • އާދަމް އިބްރާހީމްTuesday 18th November 2014

    ލަވަކިޔާފަވާ މީހަކީ ކާކުތޯ، ލަވަރެކޯޑްކޮފާވަނީކޮންތާކުންތޯ، އެއީ ސިޔާސީ ކޮންފިކުރެއްގެ ބައެއްތޯ، ތަނެއްތޯ ނުބައްލަވާ ލަވައިގެމާނަޔަށް ބެއްލެވުންއެދެން. ލަވައިގެ ޢިބާރާތުގައި ސިޔާސީ، އަދި ޒާތީ އެއްވެސް ވާހަކައެއްނޯންނާނެ! އެ، ލަވަ ރަނގަޅަށް އަޑުއެއްސެވީމާ، ވެލިދޫގެ ކޮންމެ ދަރިއެއގެ ހިތުގައި ތަޢައްސަބެއްނެތްނަމަ ވަތަނީ ރޫޙު އާލާވެގެންދާނެ! ތަޢައްސަބެއްނެތްނަމަ އެކަމަށް އެއްބަސްވެލައްވާނެ!

  • އަހުމަދުTuesday 18th November 2014

    މީ އިޝްތިހާރެއްތަ؟ ވާހަކައެއްތަ؟ ހަބަރެއްތަ؟ ރިޕޯޓެއްތަ؟ ނޫނީ އިޝްތިހާރެއްތަ؟ ނުހުގެ އަގު ހިފެހެއްޓުމުގައި މިންގަނޑެއް ގެންގުޅޭނެކަމަށް ދެކެން. އަދި މިއަށްވުރެ ފުރިހަމަކޮށް ތަފާތުކޮށް މިވާހަކަ ބުނެވިދާނެ ކަމަށް ދެކެން. އަމިއްލައަށް ހެދި ލަވައެއް ރަށުގެ އިޖްތިމާއި ލަވައެއްގެ ގޮތުގައި ބޭނުން ކުރާށޭ ސީދާ ބުނެލި ނަމަވެސް....

  • އަބޫ ޢަބްދުﷲTuesday 18th November 2014

    "ޢަރަބިބަހުގެ މުޙާވަރާއެއްގެ މާނައިގައި ވެއެވެ. '' ވަތަންދެކެ ލޯބިވުމަކި، އީމާންކަމުގެ ތެރެއިންވާ ކަމެކެވެ.'' : މިއީ ޢަރަބި މުޙާވަރާއެއްނޫނެވެ. މިއީ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ނިސްބަތްކޮށް ހަދާފައިވާ (ދޮގު) ޙަދީޘެކެވެ. އަލްބާނީ ރަޙިމަހުﷲ، އިބުނު ޙަޖަރު، ޝައުކާނީ ފަދަ ބޭފުޅުން މިއަށް ޙުކުމް ކުރައްވަމުން މިފަދައިން ބަޔާންކުރައްވާފައިވެއެވެ. (

  • އަލީTuesday 18th November 2014

    ޤަރީބު، އެމްޑީއޭ ލޯގޯ އޭނީ އެމީހުންް ލަވަ އަޕްލޯޑްކޮށްފަ އިން ސައިޓް ލިންކް ލާފަ އިނީމަ. އެއްގޮތަކަށް ވެސް ވަކި ބަޔަކު ޕްރޮމޯޓް ކުރުމެއް ނޫން އެއީ. އެއީ ލިއުންތެރިޔާގެ އެއްވެސް މައްސަލައެއް ނޫން

  • ނަޒީރާ އިބްރާހިމްTuesday 18th November 2014

    އަދަބީ ރޮގުން ތިފަދަ 2ވަނަ އެއްނުވާ އުސްތާޒެއް

  • ޤަރީބުTuesday 18th November 2014

    ލަވަ ވަރަށް ފުރިހަމަ، ނަމަވެސް ސައުންޑް ކްލައުޑްގައި ބޮޑުކޮށް އެމް.ޑީ.އޭގެ ލޯގޯ ޖަހައި "މާކެޓް" ކުރުމުން ތި ވިދާޅުވާ "ވަތަނީ ލޯބީގައި" ކުލައެއް ޖެހިގެން އެބަދެއެވެ. އަޅުގަނޑު ދެކޭ ގޮތުގައި ރަށެއް ނުވަތަ ޤައުމެއްގެ ވަތަނީ ލަވަ ވަކި ފަރާތަކަށް ޖެހިލައިގެން ނުވާނެެއެވެ.

  • އަހުމަދުTuesday 18th November 2014

    ވަރަށް ފުރިހަމަ ލަވައެއް. ވަރަށް ރީތި

މި ލިޔުމަށް ކޮމެންޓްކުރަށްވާ