• އިބްރާހިމް ގާސިމް

ވެލިދޫ ކައުންސިލްގެ ނައިބު ރައީސްކަން ގެންދާނެ ކަމަށް ބެލެވެނީ އިބްރާހިމް ގާސިމް!

ނ. ވެލިދޫ ކައުންސިލްގެ ހުސްވެފައިވާ ނައިބު ރައީސްގެ ގޮނޑި އަށް ސަރުކާރު ކޮލީޝަނުން ގެނައުމަށް ނިންމާފައި ވަނީ ޕީޕީއެމް އިބްރާހިމް ގާސިމްކަން ނޫނު ޑެއިލީ އަށް ކަށަވަރު ވެއްޖެ އެވެ.

ކައުންސިލްގެ ހުސްވެފައިވާ ގޮނޑި އިއްޔެ އެމްޑީއޭގެ މެމްބަރު އަލީ މުޖްތަބާ ކާމިޔާބު ކުރެއްވުމުން ސަރުކާރު ކޮލީޝަނަށް ވަނީ ކައުންސިލްގެ މެޖޯރިޓީ ގޮސްފަ އެވެ. އެހެންކަމުން ކައުންސިލްގެ ނައިބު ރައީސް ގޮނޑި ސަރުކާރު ކޮލީޝަނުން ނެރޭ ފަރާތަކަށް އެއް ވެސް ހުރަހެއް ނެތި ދާނެ އެވެ. މީގެ ކުރިން ވެސް އިބްރާހިމް ގާސިމް ވަނީ ނައިބު ރައީސް ކަމަށް ކުރިމަތި ލައްވާފަ އެވެ. ނަމަވެސް އޭރު އެއް ވެސް ބަޔަކަށް މެޖޯރިޓީ ނުލިބޭތީވެ، ވޯޓު ހަމަހަމަވުމުގެ ސަބަބުން ނައިބު ރައީސަކު ވަނީ ނުހޮވިފަ އެވެ.

އިތުބާރު ހުރި ގޮތަަކަށް އެންޑީ އަށް މައުލޫމާތި ލިބިފައިވާ ވަނީ އެމްޑީއޭ އިން ވެސް ވެލިދޫ ކައުންސިލްގެ ނައިބު ރައީސް ކަމަށް ނެރުމަށް ތާއިދު ކުރަނީ އިބްރާހިމް ގާސިމް އަށް ކަމަށެވެ.

ފަސް ކައުންސިލަރުން ހިމެނޭ ވެލިދޫ ކައުންސިލްގެ ނައިބު ރައީސްގެ ގޮނޑި ހުސްވީ އެމްޑީޕީގެ ޓިކެޓުގައި ނައިބު ރައީސްގެ މަގާމުގައި ހުންނެވި މުހައްމަދު އަލީ ޖޫން މަހު އިސްތިއުފާ ދެއްވުމުންނެވެ. ވެލިދޫ ކައުންސިލްގެ ރައީސް ކަމުގައި މިހާރު ހުންނަވަނީ އެމްޑީޕީ ކައުންސިލަރު އަސްމާ ހުސެއިންނެވެ.

މީގެ ކުރިން ތިން ފަހަރެއްގެ މަތިން ނައިބު ރައީސަކު ހޮވުމަށް އެޖެންޑާ ކުރި ނަމަވެސް އެކަން ވަނީ ފެއިލްވެފަ އެވެ.

ކިޔުންތެރިންގެ ކޮމެންޓް

 • މުއްމަދު އައްބާސްTuesday 23rd September 2014

  ޖުމޫ... އެކަން އެހެނެއް ވިޔަކަ ނުދޭނަން. އެމްޑީއޭގެ އަލީ އަށް ރައީސްކަން ދޭން ޖެހޭނީ. އެހެންނޫނީ އެއީ ކޯލީސަން ކެނޑިޑޭޓް އެއް ނޫން. އެއްބަސްވުން އޮތީ ވެވިފަ.

 • ޖުމޫTuesday 23rd September 2014

  އެމްޑީއޭ އަކައް ކައުންސިލްގެ ނައިބްރައީސް ކަން ދޭކައް ޕީޕީއެމް އަކުން ބޭނުމެއް ނުވޭ.

 • މުހައްމަދު އައްބާސްSunday 21st September 2014

  އަސްމާޔާ އަލީއާ އަޅުވާ ކިޔާިރު އަލީ މާ ތައުލީމީ ވާނެ. ޓްކޮނޮލޮޖީ ވާނެ. އަސްމާޔަށް ކައުންސިލްގަ ކުރަންދަންނަނީ އެންމެ ކަމެއް. އެއީ އިބުރާހިމް އަލީއާ އެކީ ޕީޕަލް ހައުސް އިން ކޮފީ ބުޔުން. އެހުރީ ޑިއުޓީ އަދާވެފަ.

 • އަދުރޭSunday 21st September 2014

  އަސްމާގެ ގޮނޑި ގެއްލުވަން މަސައްކަތްނުކޮށް ގުޅިގެން މަސައްކަތް ކުރީޔާ މާ ތާހިރުވާނެ. އަސްމާޔާ މުޖްތަބާ އަޅުވާ ކިޔޭނެތަ އަސްްމާއަކީ މާ ތައުމީ މީހެއް.

 • މުހައްމަދު އައްބާސްSunday 21st September 2014

  ޕީޕީއެމް ނުނިކުތަސް އެމްޑީއޭ ކާމިޔާބު ކުރާނެ. އެމްޑީއޭ އަކީ ވެލިދޫގެ މެޖޯރިޓީ. އަހަރުމެން ނަގާނީ ކައުންސިލް ރައީސް އަކަށް އަލީ މުޖުތަބާ. އެމްޑީއޭގެ މެމްބަރ.

 • ޕެޗޯSunday 21st September 2014

  މިހާރުވެސް ބަހުސް ކުރެވެމުންދަނީ ހަމަތިކަމާ އަދި ވަކި މީހެއް ނުނިންމަން އަޅުގަނޑުމެން ރައްޔިތުންނަށް ހަގީގަތް އޮޅޭ ގޮތަށް ވާހަކަ ނުދައްކަވާ.

 • އަލީSunday 21st September 2014

  ކޮންމެ ކަމެއް ވެސް އިނގޭނީ ވަގުތު އައިސް ޖެހުނީމަ... ޕީޕީއެމް އިން ކުރިމަތިލިނަމަ މި އިންތިހާބުގައި އެމްޑީއޭ ނުހޮވޭނެ. ޕީޕީއެމްގެ ތާއިދުތި. ނިމިދިޔަ އިންތިހބުގައި ވެސް އެމްޑީއޭ ނުނިކުމެ މަޑުކުރިނަމަ ގިނަ ގޮނޑިތަކެއް ސަރުކާރަށް ލިބުނީސް

 • ވެލިދޫ ކުއްޖާSunday 21st September 2014

  އިބުރާހިމް ގާސިމް ނެރެން އައްބާސް ހިއްޕުޅާ ވާނެބާ އަނެއްކާ. ތިކަން ވެސް ވާނީ ބޮޑު ހައިޖާމަކަށް. އައްބާސް ބޭނުންވާނީ ސިޔާމުއަށް ދައްކަންވެސް އަލީ ތި މަގާމަށް ލާން. އެހެން ނޫނީ އަނެއްކާ އައްބާހަށް ދީފަ ހުރި އިންޖީނާ އެއްޗިހި ސިޔާމު އަތުލަފާނެ ކަމުގެ ބިރައްވެސް އެކަން އޭނާ ކުރާނީ އެގޮތަށް ކަމަށް މިސޮރަށް ހީވަނީ. #ސުކުރިއްޔާވެލިދޫ

މި ލިޔުމަށް ކޮމެންޓްކުރަށްވާ

TEST