ހޮސްޕިޓަލަށް ދިއުމަކީ އަހަރެން ވަރަށް ފޫހިވާ ކަމެކެވެ. ތަނުގައި ދުވާ ވަހުންނާއި ހިދުމަތް ހޯދުމަށް ނަގާ ވަގުތު ދިގުކަމުންނެވެ. އާއިލާ މީހުން ވެސް އެންމެ ބޮޑު ޝަކުވާއަކީ ތިމާގެ މީހަކު ބަލިވިޔަސް ހޮސްޕިޓަލަށް ނުދާ ވާހަކަ އެވެ. އެތަނުގައި ގޮނޑިއަޅައިން ނީންނަ ވާހަކަ އެވެ. ފަހަރެއްގަައި އެ މީހުން ޝަކުވާތައް މުޅިއަކުން ގޯހެއް ނޫން ކަންނޭގެ އެވެ. ބަލިމަޑުކަމަކީ އެންމެނަށް ވެސް ޖެހިދާނެ ވަބާ...

ކިޔުމަށް

ވީހާވެސް ގިނަ ކުދިން ހޯދުމަކީ އޭރުގެ ސަގާފަތެކެވެ. ކިތަންމެ ފައިސާއަކާއި މުދަލެއް އޮތް ނަމަވެސް ހަސަންދީ ބޭނުންވީ ވަރަށް ކުޑަ އާއިލާ އެކެވެ. މައިފުށުން ލިބުން މުދަލާއި ބަފާފުށުން ލިބުން މުދަލާ އެކު ހަސަންދީ އަކީ ރަށުގެ އެންމެ އަތްމަތި ތަނަވަސް ގަދަރުވެރި އެއްބޭފުޅާ އެވެ. ހަސަންދީ އާއި އެއްބަފާ 6 ކުދިންނާއި އެއްބަނޑު ތިން ކުދިންނާއި އެއްބަނޑު އެއްބަފާ 5 ކުދިން ތިބެއެވެ....

ކިޔުމަށް

(ހުކުރު ދުވަހުގެ ބަޔާ ގުޅޭ 14-12-26) ދެ މީހުުން އިނދެގެން އުޅޭތާ އަދި މިވީ ކުޑަ ދުވަސްކޮޅެކެވެ. ރިފްގާ އާއި ޝާފިއު ކައިވެނިކޮށްގެން އަހަރެއް ނުވަނީސް އޭނާ ބަނޑުބޮޑުވެއްޖެ އެވެ. ދެމީހުންނަކީ ވަރަށް ލޯބިން އުޅޭ ދެމަފިރިންނެވެ. އަބަދު ވެސް އުޅެނީ އެއްކޮށެވެ. ޝާފިއު އުޅޭ ގޮތުން ބަައެއް ފަހަރު ރިފްގާ އަށް އުނދަގޫ ވެސްވެ އެވެ. މާބޮޑަށް ބަލައިގެން އުޅޭތީ އެވެ. ބަނޑުބޮޑުވި...

ކިޔުމަށް

(މިދިޔަ ހޯމަ ދުވަހުގެ ބަޔާ ގުޅޭ 14-12-23 ) "މިއަދު ނެތްތަ ކްރައިމް ހަބަރެއް؟" ހަމްދާން އޮފީހަށް ވަތްތަނުން އިބްރާހިމް އަހާލި އެވެ. އިއްބެ އަކީ ހަމްދާނާ އެކު މަސައްކަތްކުރާ ޖޫނިއަ ރިޕޯޓަރެކެވެ. "ނޫނޭ" "މަރުވި ޕާޓޭ އެއީ ގްރޫޕެއްގެ މީހެއް ދޯ؟" އިބްރާހިމް އަނެއްކާ ވެސް ސުވާލު ކޮށްލި އެވެ. "އާން! އަލިފާނުގެ ހާދިސާ އަށް ވީނުވީއެއް...

ކިޔުމަށް

ހުކުރު ދުވަހުގެ ބަޔާ ގުޅޭ (14-12-19) ސްކޫލް ނިންމާލި ފަހުން ދެ މީހުން ވެސް ކުޅިވަރާ ދުރުވުމުގެ ސަބަބުން ހަށިގަނޑު ބުރަވެ، މީހާގެ ސިފަ ގެއްލިދާނެ ކަމަށް ސައިފް އާއި ޔައި އަށް ގަބޫލް ކުރެވެ އެވެ. އެހެންވެ ކޮންމެ ދުވަހަކު ވެސް ދެ މީހުން ފަތިސް ދަޅަޔަށް ދުވަންދެ އެވެ. ދުވެ ނިންމާލާފައި ގާޑިޔާ ކައިރީ މަޑުކޮށްލައިން ދުފުމަކީ އާންމުކަމެކެވެ. "މިހާރު...

ކިޔުމަށް

 (15-12-14) ހޯމަ ދުވަހުގެ ބަޔާ ގުޅޭ ކޮޓަރި އަށް ވަތް އިރު މުޅިތަނަށް ހުރީ އަންނައުނުތައް އުކާފަ އެވެ. ދާއެއްޗެހި އަޅާ ވަށިގަނޑު ފުރިބާރުވެގެން މުށިގަނޑުމަތީ ވެސް ހުރީ އަންނައުނެވެ. "ހަމް ކޮން އިރަކު އެންމެ ފަހުން އެއްޗެހި ދޮވުނީ؟" އަރޫ އަހާލި އެވެ. "އެންމެ ފަހުން އަރޫ އައިދުވަހު. ތިކަހަލަ ކަމެއް ކުރާނެ ޓައިމެއް ނުވޭ" އެގެ އަށް އަރޫ އެންމެ...

ކިޔުމަށް

(12.12.2014) ހުކުރު ދުވަހުގެ ބަޔާ ގުޅޭ *************************** މަސައްކަތް ނިންމާލުމަށް ފަހު ހަމްދާން ގެ އަށް ދާން އޮފީހުން ނިކުތެވެ. މަގުން މާދުރަށް ނުދެވެނީސް ތަންކޮޅެއް ކުރީގެ ރައްޓެއްސެއް ކަމަށްވާ ވިޖުދާން އާ ބައްދަލުވި އެވެ. "ހަމްޓީ މަޑުކޮށްބަލަ!" ވިޖުދާން ހަމްދާން އަށް ސްކޫލް އުޅުންއިރު ކިޔާނަމުން ގޮވާލި އެވެ. "ވިޖޫ! ކަލޭ ވާނެ ތިހެން ގޮވަން. މިތަނުން އޮފީސް މީހަކަށް ތި...

ކިޔުމަށް

(ހޯމަ ދުވަހުގެ ބަޔާ ގުޅޭ 08.12.2014 ) "ހަލޯ! ހަލޯ! ޕޮލިސް ސްޓޭޝަންތޯ؟ މި އުޅެނީ ހެންވޭރު ޒަރީން ގޭގައި ރޯވެގެން..." ބޫތު ތެރޭ ހުރެ ހަމްދާން ޕޮލިސް ސްޓޭޝަނަށް ގުޅި އެވެ. ކުޑައިރުކޮޅެއްތެރޭ އަލިފާން ނިތްވާ ލޮރީތަކާއި ފުލުހުން އެތަނަށް އައިސްފި އެވެ. މުޅިތަނަށް އޮތީ މީހުންގަނޑު އެއްވެފަ އެވެ. އޭރު ވެސް ޒަރީންގޭގައި ރޯވެފައިވާ އަލިފާންގަނޑު މައިތިރިނުވެ އެވެ. ކައިރި...

ކިޔުމަށް

ކޮންމެ ރެއަކު ވެސް ޝަކީލާ ނިދަނީ ގޭގެ ދޮރުތައް ވަރަށް ރަނގަޅަށް ބަންދު ކުރުމަށް ފަހު އެވެ. ވަގުންގެ އުނދަގޫ މާލޭގައި ބޮޑުވެފައިވާއިރު ދޮރެއް ހުޅުވާފައި ނިދުމަކީ ވަގުންނަށް މަރުހަބާ ކިއުން ކަހަލަ ކަމެކެވެ. ފިރިމިހާ ވަރިކޮށްފައި ދިޔަ ފަހުން ދެ ދަރިންނާ އެކީ ގޭގައި ދިރިއުޅެމުންދަނީ އޭނާ އެކަންޏެވެ. ****** ޝަކީލާ އަށް ނިދިޖެހުންތާ މާގިނައިރެއް ނުވެ ހޭލެވިއްޖެ އެވެ. އޭރު...

ކިޔުމަށް

     އުޑުމަތިސާފު، ހެޔޮވަރަކަށް ހުޅަނގުދެކުނުން ވައި ޖެހެމުންދިޔަދުވަހެކެވެ. ޖެހެމުން ދިޔަ ނަލަ ފިނިރޯޅިތައް ގަސްގަހުގެ ފަތްތަކާއި، ރުއްތަކުގެ ފަންތަކުގައި  ބީހެމުން މީސްތަކުންގެ ހިތްތަކަށް އުފާވެރިކަން އިޙްސާސް ކުރުވި އެވެެ. ވަގުތަކީ އިރުގެ ދޯދިތައް އިރުމަތިފަރާތު އުދަރެހުން ފާއްދަމުން ދުވަހުގެ އިރު އަރައިގެން އައި ވަގުތެވެ. އެވަގުތު މަދަރުސާގެ ޓީޗަރުންނާއި، ލީޑިންޓީޗަރުންނާ، ވެރިންނާ، އިދާރީ މުއައްޒަފުން ޙަރަކާތްތެރިވަމުން ދިޔައީ 2002 ވަނަ އަހަރުގެ ޓީޗަރުންގެ ދުވަހުގެ އުފަލުގައި...

ކިޔުމަށް
Page 1 of 2
TEST