ރަށުގައި ގާއިމުކުރުމަށް ބޭނުންވާ ވަސީލަތްތައް ތަރުތީބުކުރާނަމަ ބޭންކެއްގެ ހިދުމަތަކީ ނ. ވެލިދޫ ރައްޔިތުން އަބަދު ވެސް އެދިގެން ތިބި މުހިއްމު ހިދުމަތަކެވެ. އަތޮޅުގެ އެންމެ އާބާދީ ބޮޑު، ތަފާތު އެންމެ ގިނަ ވިޔަފާރި ހަރަކާތްތައް ހިންގާ އެއްރަށަކީ ވެލިދޫ އެވެ. މި ނ. އަތޮޅުގައި ބޭންކެއްގެ ހިދުމަތް އެންމެ ބޮޑަށް ބޭނުންވާ ރަށަކީ ވެލިދޫ އެވެ. ނަމަވެސް އެކި ސަބަބުތަކާ ހުރެ މިހިދުމަތް ވެލިދޫ އަށް...

ކިޔުމަށް

އަހަރެން އާދައިގެ މަތިން ނިކުތީ ރަށުތެރެ ބަލައިލާ ބުރެއްޖަހާލާށެވެ. ހޮޅުއަށި ކައިރިއަށް ދިޔައިރު ތައްޚާނުބެ ވަރަށް ހިތްހަމަނުޖެހިގެން ދޮންފުތުބެއާއި ވާހަކަ ތަކެއްދައްކަ އެވެ. އަހަރެންފެނުމާއި އެކު ބުނީ މިދައްކާ ވާހަކަ އަޑު އެހުމަށެވެ. " ޕެންޝަން ފައިސާ އިން ހައްޖަށް ނުދެވުމަކީ ޤަބޫލުކުރެވޭނެކަމެއް ނޫން" ތައްޚާނުބެ ހިތްހަމަ ނުޖެހުމާއެކު ބުންޏެވެ. އަހަރެން ވެގެން އުޅޭ ގޮތެއް ސާފުކޮށް ކިޔާލަދިނުމަށް ބުނީމެވެ. ތައްޚާނުބެ ހާސަރުފަށާލި އެވެ.

ކިޔުމަށް

ނަމާދުން ފައިބައިގެން މަޑުކޮށްލައިގެންހުރީ ތައްޚާނުބޭ އާއި ދިމާނުވާތާ ގިނަދުވަސް ވީމަ އެވެ. ތައްޚާނުބެ ނަމާދުންފޭބި ގޮތަށް އަހަރެންނާދިމާލަށް އަތުވެއްޖެ އެވެ. ދިމާނުވެ ގިނަދުވަސް ވީމާ ތައްޚާނުބެ ހުރީ ވަރަށް އުފަލުންނެވެ. ތައްޚާނުބެ އަހަރެންނާ ސަލާންކޮށްލި އެވެ. އަދި އަތުގައި ހިފައިގެން ހޮޅުއަށްޓާ ދިމާލަށް ހިނގަންފެށި އެވެ. "މިރާއްޖޭގައި މިހާރު ޖީސީ ހަދާކުދިންނަށް ލިޔަންކިޔަން ނޭންގޭ ނޫންހޭ" ހިތްތަމަ ނުޖެހިފަ ހުރެ ތައްޚާނުބެ ބުންޏެވެ. ތައްޚާނުބޭގެ...

ކިޔުމަށް

  ނ. ވެލިދޫގެ  ހިއްކި ސަރަހައްދު މަލަމަތިން ފެންނަ ފިތުރޯނު ގަސްތައް ހަމަ ފެންނަ ކޮންމެ ފަހަރަކު ހިތަށް އުފާވެރިކަން އިހުސާސްކުރެވެ އެވެ. އެ ގަސްތަކުން އެތައް ބަޔަކު ހިޔާ ހޯދަ އެވެ. އެތައް ބަޔެއްގެ ހަނދާންތަކުގައި އެ ގަަސްތައް ރައްކާ ކޮށްފި އެވެ. އެތައް ފޮޓޯއަކުން އެގަސްތައް ޖާގަ ހޯދައިފި އެވެ. ދީނީ ދަރުސްތަކާއި ތަފާތު އެކި ހަރަކާތްތައް އެގަސްތަކުގެ ނިވަލުގައި ބާއްވައިފި އެވެ....

ކިޔުމަށް

ސ. މަރަދޫ ހުދުރިހި، އަހުމަދު މަފާޒު ނިޔާވެފައި ވަނީ އުމުރުން 27 އަހަރުގައި، ދެހާސް ސާދަވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ހަވަނަ ދުވަހުގެ ރޭ މެންދަމު މާލޭގައި ހިންގި މާރާމާރީއެއްގައި ވަޅި ހެރުމުން ލިބުނު ޒަހަމްތަކަށް ފަހު އެވެ. ބައެއް ފަރާތްތަކަށް އެނގިގެން ގޮސްފައިވާ ގޮތާ އަހަރެން މަފާޒު ދަންނަ ގޮތް ވަރަށް ވެސް ތަފާތެވެ. ކޮންމެ ބަޔަކު ކޮންމެ ގޮތަކަށް އޭނާ ސިފަކުރި ނަމަވެސް...

ކިޔުމަށް

ރާއްޖޭގެ ބާރުތަކަށް ބަލާއިރު ދިވެހި ރާއްޖެގައި މި އޮތް ނިޒާމަކީ ރިޔާސީ ނިޒާމެއްގައި ބަރުލަމާނީގެ ސިފަތައް ވެސް އެކުލެވިގެން އުފެދިފައިވާ ނިޒާމެކެވެ. ގައުމު ހަމައަކަށް ނޭޅުމުގައި މަސްހުނި ނިޒާމުގެ ދައުރު ވެސް ކުޑައެއް ނޫނެވެ. މިހާރު މި އޮތް ނިޒާމަކީ ރާއްޖެއަށް އެންމެ ފައިދާކުރާ ނިޒާމެއް ނޫންކަން ގައުމުގެ ކަން މިދާ ގޮތުން ބުނުމުގެ ޖާގާ މިވަނީ މަގުފަހިވެފަ އެވެ. ހައްގާއި ގާނޫނާއި ގަވާއިދުގެ ވާހަކައަކީ...

ކިޔުމަށް

 ވިލިޔަމް އަލިފު ދިވެހި ރާއްޖޭގައި ސިޔާސީ ޕާޓީ 2005 ވަނަ އަހަރު އުފަންވުމަކީ ސިޔާސީ ނަޒަރަކުން ބަލާއިރު ޤައުމަކަށް ލިބޭނެ އެންެމެ ބޮޑު އެއްކުރިއެރުމެވެ. އެންމެ ބޮޑު އެއްފައިދާ އެވެ. ސިޔާސީ ޕާޓީ އުފެދިގެން އައީ ރާއްޖޭގެ އެތައްބަޔަކު ކުރި ބުރަ މިންނަތް މަސައްކަތުންނެވެ. ނަމަވެސް ސިޔާސީ ޕާޓީ ތައްއުފެދުމާއި އެކު ޤަޢުމު ހަލަބޮލި ކަމަކަށް ދިޔަ އެވެ. އެކުވެރިންނާއި...

ކިޔުމަށް

އަޅުގަނޑު އިއްޔެ ވެސް، މިއަދު ވެސް އަދި މާދަމާ ވެސް ފަޙުރުވެރިކަމާ އެކު އަޅުގަނޑުގެ އުފަން ރަށަކީ ނ. ވެލިދޫ އެވެ ބުނަން ކެރެ އެވެ. ކެރޭނެ އެވެ. އެކަމުގައި އަޅުގަނޑުގެ ފަސްޖެހުމެއް، މަޑުޖެހުމެއް، ލަތުވެތިކަމެއް ދުވަހަކު ނޯވެ އެވެ. އަޅުގަނޑުގެ ޤަބޫލުކުރާ ގޮތާއި އުސޫލު މިހެން އޮތް ނަމަވެސް، މިފަހަކަށް އައިސް ވެލިދޫއަށް އުފަން އަޅުގަނޑު ދަންނަ ބައެއް ތަޢުލީމީ ޒުވާނުންނާއި، ރަށުން...

ކިޔުމަށް

ސިޔާސަތަކީ އޭގެ ޒާތުގައި ރަނގަޅު އެއްޗަކަށް ވީނަމަވެސް، އޭގެ ވަށައިގެން ހިނގަމުންދާ ކަންކަމަކީ އެންމެ ރަނގަޅުކަންކަމަށް ނުވެދާނެ އެވެ. ކޮންމެ ކަމެއްގައިވެސް އެކަމެއްގެ ރަނގަޅާއި ނުބައި އޮންނަ ފަދައިން ސިޔާސަތަކީ ވެސް ރަނގަޅާއި ނުބައި އޮންނަ އެއްޗެކެވެ. ސިޔާސަތު ހިންގަނީ ނުވަތަ އެކަމުގައި ޢަމަލީ ގޮތުން އުޅެނީ، ސިޔާސީ ވެރިންނެވެ. ނުވަތަ ރައްޔިތުންގެ ތެރެއިން ކަންކަމުގައި ބަސްކިޔާ، ބޮޑުވާން އުޅޭ މީހުންނެވެ. މީގެ...

ކިޔުމަށް

ވެރިކަމުގެ ނިޒާމެއްގެ ތެރެއިން ރައްޔިތުން ބޭނުންވަނީ ކޮންކަމެއްތޯ އެވެ؟ ރައްޔިތުން ވެރިޔަކު ހޮވަނީ ކީއްކުރަންތޯ އެވެ؟ މި ދެ ސުވާލުގެ ޖަވާބު ގުޅި ލާމެހިފައި ވަނީ، ހެޔޮވެރިކަމެވެ. ރައްޔިތުން ވެރިޔަކު ހޮވަނީ، ރައްޔިތުންގެ އަސާސީ ހައްޤުތައް ތަރުތީބުކޮށް، ފަހިކުރުމަށެވެ. ރައްޔިތުންގެ ބޭނުންތައް ފުއްދުމުގެ ނިޒާމެއް އެކަށައެޅުމަށެވެ. ތާރީޚުގެ ދިގު މާޒީއަށް ބަލާލާއިރު، ރައްޔިތުންގެ އަސާސީ ޚިދުމަތްތައް ތަރައްޤީކުރުމަށް ޓަކައި، ރައްޔިތުންގެ މާބޮޑު ތެދުވުމެއް ވާތަނެއް ނުފެނެވެ....

ކިޔުމަށް
Page 1 of 1